އެއްގަމު ޓީމަށް މިފަހަރުވެސް ކަނޑުމަތި އަތްދަށުން ސަލާމަތެއް ނުވެވުން

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ކުޅެވުނު ޙާއްޞަ ވޮލީމެޗު ކަނޑުމަތި ޓީމުން ކާމިޔާބު ކޮށްފި.

މިއަދު ހަވީރު ކުޅެވުނު މެޗު ކަނޑުމަތި ޓީމުން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ސެޓްތައް ކަނޑުމަތި ޓީމުން ގެންދިޔައީ ވަރަށް ފޯރިގަދަ ކުޅުމަކަށްފަހުއެވެ. ދެޓީމުގެ ފަރާތުންވެސް ދާދިހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ސެޓްތައް ކާމިޔާބުކުރީ ވަރަށް ފަރަގު ކުޑަ ސުކޯއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނޑުމަތި ޓީމްގެ މުޙައްމަދު އިރުޝާދުއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުޙައްމަދު އިރުޝާދު ފޮޓޯ: މުޙައްމަދު ނަޢީމް

އަޟްހާ ޢީދާއި ގުޅުވައިގެން މިދެޓީމްގެ މެދުގައި ކުޅެވުނު މެޗުވެސް ކާމިޔާބުކުރީ ކަނޑުމަތި ޓިމުންނެވެ. އެފަހަރު މެޗު ކާމިޔާބުކުރީ 4 ސެޓް 1 ސެޓުންނެވެ. ކަނޑުމަތި ޓީމްގައި ހިމެނެނީ މާއުނގޫދޫގެ ދޯނިތަކުން މަހަށްދާ ފަރާތްތަކެވެ. އެއްގަމު ޓީމްގައި ހިމެނެނީ ރަށުގައި ޤާއިމްވެތިބި ފަރާތްތަކެވެ.

 

ނުވަދިހައިގެ ކުރީކޮޅު މާއުނގޫދޫގެ ނަން އެންމެ ބޮޑަށް ރާއްޖޭގައި މަސްހޫރުވެފައިވަނީ ވޮލީ ބޯޅަ ކުޅުމަށް ނަންވިދާލި ޒުވާނުންތަކަކާއި އެކު ވޮލީ ބޯޅަ ކުރިއެރުވުމަށް މަރުދިން ރައްޔިތުންތަކެއް ދިރި އުޅުނު ރަށެއްގެ ގޮތުގައެވެ. ޒަމާންތަކަކަށްފަހު އަނެއްކާވެސް ވޮލީގެ ފޯރި މިވަނީ ވަރަށްބޮޑަށް ގަދަވެގެންގޮސްފައެވެ.

Comments

Leave a Reply

Your email address will not be published. Required fields are marked *