loader image
22 May 2025, Thu

މިނިވަން ދުވަހުގެ މުނާސަބަތުގައި ޙާއްޞަ ވޮލީމެޗެއް ކުޅެނީ

ބަލާފައިވަނީ: 311
ކިޔުމަށް ހޭދަވާނީ:36 ސިކުންތު

ދިވެހިރާއްޖޭގެ 56 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ޙާއްޞަ ވޮލީމެޗެއް ކުޅުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މިއަދު ހަވީރު 4:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގައި ބައްދަލުކުރާނީ ކަނޑުމަތި އަދި އެއްގަން ޓީމްކަމަށް މިމެޗް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތުދެއެވެ.
މިއަހަރުގެ އަޟްހާ ޢީދާއި ގުޅުވައިގެން ވެސް މި ދެޓީމުގެ ދެމެދުގައި ވޮލީ މެޗެއް ކުޅެވުނެވެ. ފޯރިގަދަ ކުޅުމަކަށްފަހު އެމެޗު 4 ސެޓް1 ސެޓުން ކާމިޔާބުކުރީ ކަނޑުމަތި ޓީމެވެ. ކަނޑުމަތި ޓީމްގައި ހިމެނެނީ މާއުނގޫދޫގެ ދޯނިތަކުން މަހަށްދާ ފަރާތްތަކެވެ. އެއްގަމު ޓީމްގައި ހިމެނެނީ ރަށުގައި ޤާއިމްވެތިބި ފަރާތްތަކެވެ.

 

މިމެޗު ކުޅުމަށްޓަކައި މިހާރު ބޭނުންކުރެވެމުންދާ ވަގުތީ ވޮލީކޯޓްވަނީ އިތުރައް މަރާމާތުކުރެވި ފެންވަރު ރަންގަޅު ކުރެވިފައެވެ.
ނުވަދިހައިގެ ކުރީކޮޅު މާއުނގޫދޫގެ ނަން އެންމެ ބޮޑަށް ރާއްޖޭގައި މަސްހޫރުވެފައިވަނީ ވޮލީ ބޯޅަ ކުޅުމަށް ނަންވިދާލި ޒުވާނުންތަކަކާއި އެކު ވޮލީ ބޯޅަ ކުރިއެރުވުމަށް މަރުދިން ރައްޔިތުންތަކެއް ދިރި އުޅުނު ރަށެއްގެ ގޮތުގައެވެ. ޒަމާންތަކަކަށްފަހު އަނެއްކާވެސް ވޮލީގެ ފޯރި މިވަނީ ވަރަށްބޮޑަށް ގަދަވެގެންގޮސްފައެވެ.

 

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *