loader image
22 May 2025, Thu

އަޟްހާ ޢީދުގެ މުނާސަބަތުގައި ވޮލީ މެޗެއްކުޅެފި

ބަލާފައިވަނީ: 394
ކިޔުމަށް ހޭދަވާނީ:29 ސިކުންތު

މިއަހަރުގެ އަޟްހާ ޢީދާއި ގުޅުވައިގެން ފޯރިގަދަ ވޮލީމެޗެއް މިއަދު ހަވީރުކުޅެފިއެވެ. މިމެޗުގައި ބައްދަލުކުރީ ކަނޑުމަތި ޓީމާއި އެއްގަމު ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންތިޔަ މި މެޗް4 ސެޓް1 ސެޓުން ކާމިޔާބުކުރީ ކަނޑުމަތި ޓީމެވެ. ކަނޑުމަތި ޓީމްގައި ހިމެނެނީ މާއުނގޫދޫގެ ދޯނިތަކުން މަހަށްދާ ފަރާތްތަކެވެ. އެއްގަމު ޓީމްގައި ހިމެނެނީ ރަށުގައި ޤާއިމްވެތިބި ފަރާތްތަކެވެ.

އެއްގަމު ޓީމް
ކަނޑުމަތި ޓީމް

ނުވަދިހައިގެ ކުރީކޮޅު މާއުނގޫދޫގެ ނަން އެންމެ ބޮޑަށް ރާއްޖޭގައި މަސްހޫރުވެފައިވަނީ ވޮލީ ބޯޅަ ކުޅުމަށް ނަންވިދާލި ޒުވާނުންތަކަކާއި އެކު ވޮލީ ބޯޅަ ކުރިއެރުވުމަށް މަރުދިން ރައްޔިތުންތަކެއް ދިރި އުޅުނު ރަށެއްގެ ގޮތުގައެވެ. ޒަމާންތަކަކަށްފަހު އަނެއްކާވެސް ވޮލީގެ ފޯރި މިވަނީ ވަރަށްބޮޑަށް ގަދަވެގެންގޮސްފައެވެ. ވޮލީގެ ފޯރި މިހާރު ހުރިގޮތުން ފޯރިގަދަ މުބާރާތްތައް ކައިރި މުސްތަޤުބަލެއްގައި ފެނިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *