މިނިވަންދުވަހުގެ މުނާސަބަތުގައި މާދަމާ އަންހެންވެރިންގެ ޙާއްޞަ މެޗެއް

މިނިވަން ދުވަހުގެ މުނާސަބަތުގައި އަންހެންކަބަލުން ޙާއްޞަ

ހޭންޑްބޯލް މެޗެއް ކުޅުމަށްހަމަޖެހިއްޖެ. މެޗުކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި މާއުނގޫދޫ ފުޓްސަލް ދަނޑުގައެވެ. މެޗުގައި ބައްދަލުކުރަނީ މީހުނާއި އިނދެގެން އުޅޭ ޓީމް (އިންނަ) އަދި މީހުންނާއި ނީންދެ އުޅޭ ޓީމް (ނީންނަ) ކަަމަށް އިތުބާރުހުރި މަސްދަރުތަކުން މިނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އަންހެނުންގެ ކުޅިވަރެއްގެ ގޮތުގައި މިރަށުގައި އާންމުކޮށް ކުޅެއުޅެނީ ބަށިބޯޅައެވެ. ނަމަވެސް ޒަމާނަނަށް އައި ބަދަލާއިގުޅިގެން މިރަށުގެ އަންހެން ކަނބަލުންވެސް ބޭނުންވަނީ އިދިކޮޅު ޓީމާއި ކުރިމަތި ލައިގެން ކުޅޭ ކުޅިވަރެއް ކުޅުމަށެވެ. އެހެންކަމުން ކައިރި މުސްތަޤުބަލެއްގައި ޤައުމީފެންވަރުގެ ހޭންޑްބޯލް ކުޅުންތެރިންތަކެއް މިރަށުން ފެނުމަކީ ދުރުގައިވާ ކަމެއްނޫނެވެ.

މާއުނގޫދޫ ކައުންސިލުންވެސް އަންހެންކަބަލުންނަށް ޙާއްޞަ އިސްކަމެއް ދެއްވައިގެން ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނޫހަށް ވަނީ ވަރަށް މުޢުތަބަރުކޮށް ޙަބަރުލިބިފައެވެ.

Comments

Leave a Reply

Your email address will not be published. Required fields are marked *