loader image
22 May 2025, Thu

ޔޫތް ސެންޓަރ މަރާމާތު ކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި

ބަލާފައިވަނީ: 931
ކިޔުމަށް ހޭދަވާނީ:37 ސިކުންތު

މާއުނގޫދޫ ކައުންސިލުން ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ޔޫތު ސެންޓަރުގެ މަރާމާތު މަސައްކަތު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ އިބްރާހިމް އިންވެސްޓްމަންޓާއެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު މެންދުރުފަހު މާއުނގޫދޫ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އިބްރާހިމް އިންވެސްޓްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ އިބްރާހިމް ހުސައިން އެވެ. މާއުނގޫދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ނައިބްރައީސް މޫސާ ޙަސަން އެވެ.
މިއަދު ސޮއި ކުރެވުނު އެއްބަސްވުމައެކު ޔޫތް ސެންޓަރު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އިމާރާތް (ކުރީގެ ޕުރީސުކޫލް) ގެ ވަށާ ފާރު މަރާމާތުކޮށް ކުލަބަދަލު ކުރުމާއި، ގުދަނެއް އިމާރާތް ކުރުމާއި، އޮފީސް އިމާރާތެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން މިހާރު ހުރި އިމާރާތުގެ ކުލަ ބަދަލުކުރުންވެސް ހިމެނެއެވެ.
މިމަސައްކަތް އިބްރާހިމް އިންވެސްޓްމަންޓާއި ހަވާލު ކޮށްފައިވަނީ 75000 ރުފިޔާއަށް 20 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މާއުނގޫދޫގައި ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަ ޔޫތުސެންޓަރެއް ބިނާކުރުމަކީ އެމް.ޑީ.ޕީ ޓިކެޓް ގައި މިދައުރުގެ ކައުންސިލަށް ހޮވިފައި ތިއްބެވި ކައުންސިލަރުންގެ އިންތިޙާބީ ވަޢުދެކެވެ.

މި ލިޔުން ކިޔާލުމުން
+1
1
+1
0
+1
0
+1
2
2 thoughts on “ޔޫތް ސެންޓަރ މަރާމާތު ކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި”

Leave a Reply to 🔩 + 0.75380532 BTC.GET - https://graph.org/GET-BITCOIN-TRANSFER-02-23-2?hs=412d6dafc7503be328458f81a8230c55& 🔩 ހިޔާލު ކެންސަލްކުރުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *