ވާހަކަ: އިންތިޒާރު (3 ވަނަ ބައި)

ކުއްލިއަކަށް އާޠިފާއަށް ހުވަފެނުގެ މަންޒަރު ބަދަލުވާން ފަށައިފިއެވެ. އޭނާއަށް ފެންނަނީ މަރީނާއެވެ. އެރޭގެ ފަތިހުގައި އާޠިފާ ވަރަށްބޮޑަށް އެކުއްޖެއްގެ ކައިރީގައި ބޭޒާރުވާން ފަށާފައިވާ އެކުވެރި މަރީނާއެވެ. މަރީނާ އާޠިފާއަށް ގޮވަނީއެވެ.

”އާޠިފާއެވެ. އާޠިފާއެވެ. އެބައާދެއެވެ! މިހާރު އެހެރަ އަންނަނީއެވެ.“

އާޠިފާގެ ހިތްހީވީ އަލުން ފޮޅިގެން ދިޔަހެނެވެ. ރިޔާޟު އަންނަ ޙަބަރު ލިބުނީއެވެ….

….އަނެއްކާވެސް މަރީނާ ކޮނޑުގައި ހިފާފައި ތަޅުވާލާފައި ގޮވާލިއެވެ.

”އާޠިފާއެވެ. އަންނަނީ އެވެ!“

ހުވަފެނުން ހޭލެވިއްޖެއެވެ. ވަށައިގެން ހޯދާލެވިއްޖެއެވެ. އޭނާއަށް އޮވެވުނީ ދެކުނުފަރާތުގައި ހުރި ޖޯއްޔެއްގައެވެ. ކައިރީގައި މަރިނާ ހުރެގެން ގޮވަނީއެވެ.

”އަންނަނީއެވެ! މިހާރު ގޭތެރެއަށް ވަދެދާނެއެވެ.“

”ކާކު ހެއްޔެވެ؟“

”ޑޮކްޓަރު އެންތަނީއެވެ.“

ދާދި ދެންމެއަކު ނިދީން ހޭލި އާޠިފާ އޭނާގެ ހިތުގެ އާޠިފާއާއި އުދާސްތަކުގެ އަލިފާންގަޑަށް ހުވަފެނުން އެޅުނީ ހިކިދަރުތަކެކެވެ. އެހެންކަމުން ޑޮކްޓަރގެ އިސްތިޤްބާލުގައި ގޭތެރެއަށް ދާކަށްވެސް ހިތްވަރެއް ނުލިބުނެވެ. ކުޑަ އިރުކޮޅެއްވަންދެން އިންގޮތަށް އިނދެފައި އެހެންނަމަވެސް ތެދުވެގެންދިއައީ ގޭތެރެއަށެވެ.

ގޭތެރެއަށް ދިޔައިރު ޑޮކްޓަރު އައިސް ރިޔާޟުގެ އެނދު ކައިރީގައި މަޑުމަޑުން އަތުގައި ހިފާލައިގެން ވިންދު ބަލަ ބަލާ ހުއްޓެވެ.

”މީނާގެ ހުން ވަކިން ގަދަވި ހެއްޔެވެ؟“

”ނޫން ވަކިން ގަދައެއްނުވެއެވެ. ނަމަވެސް ރޭއިރުއޮއްސުނުތަނާ ދެފަހަރަކު ހޮޑުލިއެވެ. ހުންހުރީ ހަމަ ހުރިވަރަށެވެ.“

”އެންމެ ރަނގަޅެވެ…..ހީވަނީ މިހާރު މިހެން އޮތުމުގެ މުއްދަތު ހަމަވަނީހެނެވެ.“

”އަނެއްކާ………… ހަމައެހެންތޯއެވެ؟“

އާޠިފާގެ ހައިރާންކަމުން ފުރިފައިވާ ސުވާލުގައި ލައްކަގިނަ މާނަތަކެއް އެކުލެވިގެން ދިއައެވެ. އެންމެފުރަތަމަ އޭނާއަށް ހީވީ ރިޔާޟުގެ ފުރާނަ ދަނީކަމަށެވެ…… ދެން ހީކުރެވުނީ ރިޔާޟުއަށް ކޮންމެވެސް އެހެންގޮތެއް ވަނީކަމަށެވެ. ކޮންމެއަކަސް ނުހިފެހެއްޓިގެން ގޮސް “ އަނެއްކާ………ހަމައެހެންތޯއެވެ؟“ ދެވަނަ ފަހަރަށް ބުނެވިއްޖެއެވެ. އެވަގުތު ޑޮކްޓަރ ހިސާބަކަށް އެއްޗެއް ވިސްނަމުން ބުންޏެވެ.

”ނަރުހަކު ނުބުނާ ކަހަލަ އެއްޗެއް ތިޔަ ބުނަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މިބުނީ މިނާގެ ހާލު ރަނގަޅުވުމުގެ ވަގުތު އަތުވެއްޖެ ވާހަކައެވެ.“

”އެހެންތޯއެވެ؟ އަޅުގަނޑަށް ހީވީ މިދެތިންދުވަހު އަޅުގަނޑު ބެލެހެއްޓިއިރު ކޮންމެވެސްކަހަލަ އިޙްމާލަކުން ގެއްލުމެއް ލިބިފާ ވަނީއޭ ބުނުއްވިކަމަށެވެ.“

ޑޮކްޓަރު ދެން ވަކިއެއްޗެއް ނުބުނެއެވެ. އޭނާގެ ދަބަހުން ނެގި ދެތިން ފުޅިއަކައިގެން ރިޔާޟުއަށް ފަރުވާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ގޭތެރެވަނީ ފުރިފައެވެ. ރަށުގެ ކަމުދާކަހަލަ އެންމެން ޑޮކްޓަރުގެ އަޖައިބެއްފަދަ ކުޅަދާނަކަން ބަލަން ތިއްބެވެ. ގާތްގަޑަކަށް ބައިގަޑިއެއްހާއިރު ވަންދެން އޭނާ ރިޔާޟުގެ ކައިރީގައި އުޅުމަށްފަހު އަތްދޮވެލައިގެން ކައިރީގައިހުރި ސަރަންފީގައި އޮށޯވެ ކަށިގަނޑު ރޯކޮށްލަމުން އާޠިފާއާއި މުޙާތަބުކޮށްލިއެވެ.

”ދެތިން ގަޑިއެއްހާއިރަށް އިންތިޒާރު ކޮށްލާށެވެ! ނަމަވެސް މިދެތިންގަޑިއިރު ތެރޭގައި އޭނާއަށް ވަރަށް ހާއްޞަ ނަޒަރަކުން ބަލަންވާނެއެވެ. އަހަރެން މިރަށުގައި ބޭސް ފަށާފައިއޮތް ދެތިން ބަލިމީހުން ބަލާލާފައި އެބަ އަންނަމެވެ. ”ލައްބައެވެ“ އާޠިފާ ޖަވާބުދެމުން ރިޔާޟްގެ ކައިރީގައިހުރި ގޮޑީގައި އިށީންދެއްޖެއެވެ.

 

ހެނދުނުގެ ވަގުތުތައް މަޑުމަޑުން މެންދުރަށް ބަދަލުވަމުން ދަނީއެވެ.ފިނީގެ އަސަރުތަކަށް މެންދުރެއްގެ އިރުގެ އަވީގެ ހޫނުކަން ވަރަށް ބޮޑު ޤުދުރަތީ ބަދަލެއް ގެންނަމުން ދެއެވެ.

އަދިވެސް އާޠިފާ އިނީ ރިޔާޟުގެ ކައިރީގައެވެ. ގަޑިން ދިހައެއް ޖަހަފިއެވެ. އާދެ! ދެތިން ހަތަރު މިނެޓެއް ހިނގައިފިއެވެ. ކުއްލިއަކަށް އާޠިފާއަށްފެނުނީ ބަލިވެ ހާލެއްނެތިފައި އޮތް ރިޔާޟު މަޑުމަޑޫން ލޯހުޅުވާލިތަނެވެ. އެވަގުތު އޭނާގެ ބަލީގެ އަސަރުތަކުން ވަރު ދެރަވެފައުވާ ދެލޮލުން ޒަމާންތަކެއް ވަންދެން ޤައިދުޚާނާއެއްގައި ބަންދުވެފައި ކަރުނަތަކެއް އެޤައިދުގެ ދޮރު ހުޅުވުމާއިއެކު ކުއްލިއަކަށް ވީއްލިގެން ބޭރަށް ނުކުމެ އޮހިގެން ދިޔަކަހަލަ ގޮތަކަށް ވަކި މިވެނި ސަބަބެއް ނޭންގޭ ރުއިމަކުން ރިޔާޟަށް ރޮވިއްޖެއެވެ. ކައިރީގައި ފެންނަންހިރީ ދުވަހަކުވެސް ނުދެކޭ މަންޒަރުތަކެކެވެ. މުޅިން އައު ގެޔެކެވެ. ނުދެކޭކަމުން ނުފަރިތަ އެހީތެރިންތަކެކެވެ. އެހެނަސް ކޮންމެ މީހަކުވެސް ވަނީ އުފަލުންގޮސް ހެވިފައެވެ.

މިއުފާވެރި އައު މަންޒަރު ރިޔާޟްއަށް ގިނައިރު އިހްސާސް ވާކަށް ފުރުޞަތެއްނުއޮތެވެ. ހިތަށް ވާންފެށި ގޮތަކުންނެވެ. ހަށީގަނޑަށް އަންނަން ފެށި ބަދަލުތަކަކުން އޭނާއަށް އަނެއްކާ ރޮވިއްޖެއެވެ. އެވަގުތު ކައިރީގައި ހުރި އާޠިފާ މަޑުމަޑުން އޭނާގެ މޫނު ކުޑަރުމާލަކުން ފޮހެލަދެމުން ބުންޏެވެ.

”ދެން ހިތާމަ ނުކުރައްވާށެވެ! އަރާމުކޮށްލައްވާށެވެ. އަޅުގަނޑުމެންނަކީ ހައްތަހާ ތިމާގެ މީހުންނެވެ. މިހާރު ތިޔަ އަންނަނީ މުޅިން ރަނގަޅުވަމުންނެވެ.“

“ އަހަންނަށް…..ރަނގަޅު……ކީއް…..ވީ؟“

ދެން އިތުރު އެއްޗެއް ރިޔާޟަކަށް ނުބުނެވުނެވެ. ވަރުދެރަވެގެންގޮސް ނިދިއްޖެއެވެ. އާޠިފާ މަޑުމަޑުން ރަޖާ ރަނގަޅު ކޮށްލާދީފައި އަނެއްކާވެސް ކައިރީގައި އިށީންދެއްޖެއެވެ. ގޭތެރޭގައިތިބި މީހުން އަނެއްކާ ހައިރާންކަމެއް ލިބިގެން ސުވާލުކުރުމަށް ހުރި ފިޔަވަޅުން ކުރިއަށް ޖެހިލިއެވެ. އާޠިފާގެ ކައިރިއަށް މަރީނާ ޖެހިލާފައި މަޑުމަޑޫން ސުވާލުކޮށްލިއެވެ. ”އެވީ އަނެއްކާ ކިހެނެތްތޯއެވެ.“ ރިޔާޟުގެ ހާލު މާބޮޑަށް ދެރަވީތޯއެވެ. ކަތީބުގޭ އައިމިނާފުޅު ރޮނީއެވެ. އޭނާގެ ކައިރީގައި މީހަކު މާގޮސް ވާހަކައެއް ބުނެފިއެވެ.

އަނެއްކާ ކީކޭ ބާވައެވެ!

“ އަޅުގަނޑަކަށްވެސް ނޭގެ މީހަކު ބުންޏޯ ދެންމެ ރިޔާލު އެލެއްވީ ދޮޅިއުފުރާ ނޭވާޔޯ، އެއީ އޭނާގެ މަރުމަތި އަމާންކަމުގެ އަލާމާތެކޯ، އެހެންމީހަކު ބުނެގެން އާމިނާފުޅު މިހާރު ރޮނީއެވެ.“

މިހިނިއަންނަ ފަދަ ވާހަކައިގެ ޖަވާބެއްގެ ގޮތުން އާޠިފާގެ ކައިރިއަށްވެސް ހިނިއައެވެ. ހަމަ އެވަގުތު ތެދުވެގެން ގޮސް އައިމިނާފުޅުގެ ހިތް ހަމަޖައްސާދިނުމުގެ ގޮތުން ކަންވީގޮތް ކިޔާދޭން ފަށައިފިއެވެ.

”ނުރޯށެވެ! ރިޔާޟު މުޅިން ރަނގަޅުވަނީއެވެ. މިހާރު ނޭވާވެސް އަދި ވިންދުވެސް ޤަވައިދުން ހަމައަށް އެޅިއްޖެއެވެ. ދެންމެ އޭނާ ލޯހުޅުވާލިއެވެ. ނަމަވެސް މިހާރު އެއޮތީ ވަރުދެރަކަމުން ގޮސް ނިދިފައެވެ.“

”މީގެކުރިންވެސް ނިދިފައި އޮތްކަހަލަ ނިންޖެއްހެއްޔެވެ؟“

”ނޫނެކެވެ. ކުރިންއޮތީ ޚަބަރު ހުސްވެފައެވެ. މިފަހަރު އޭނާ އޮތީ ހަމަ ރަނގަޅަށް ނިދިފައެވެ.“

މިވާހަކަ ދައްކާން ހުއްޓައި ޑޮކްޓަރ ބަލައި ފޮނުވި ޢަބްދުﷲ ޝަރީފް ޑޮކްޓަރ ގޮވައިގެން އަތުވެއްޖެއެވެ. ޑޮކްޓަރ އައީ ވަރަށް ބާރަށެވެ. އައިސް ގޭތެރެއަށް ވަނުމާއެކު ފުރަތަމަވެސް ބަލާލީ އާޠިފާއަށެވެ.

”ލޯހުޅުވާލައިފައި އާދަޔާހިލާފު އެއްޗެއް ބުނިހެއްޔެވެ؟ ނުވަތަ އެހެންވެސް ނިޝާނެއް ފެނުނު ހެއްޔެވެ؟“

”ނޫން! ހަމައެކަނި ލޮލުން ހޯސްލާފައި ކަރުނަ އައުން ފިޔަވައި އެހެންކަމެއް ނުވޭ!“

”އެއްޗެކޭ ހަމަ ނުބުނޭ ހެއްޔެވެ؟“

ކުޑަކޮށް ވިސްނާލާފައި އާޠިފާ ޖަވާބުދިނެވެ.

”މަޢާފުކުރައްވާށެވެ! އަހަރެން….ކޮންތަނެއްހޭ؟…… މިކަހަލަ ދެތިން އެއްޗެއް ބުނާން އުޅުނެވެ. ނަމަވެސް ވަރު ދެރަކަމުން ނިދިއްޖެއެވެ.“

”އެންމެ ރަނގަޅެވެ. މިހާރު މުޅިން އުންމީދު ލިބިއްޖެއެވެ. ދެންއޮތީ ފަރުވާތެރިކަމާއެކު އޭނާއަށް އެހީވާން ކެރުނު ވަރެކެވެ.“

ރިޔާޟު މަޑުމަޑުން ރަނގަޅުވަމުން އަންނަނީއެވެ. މިހާރު ގޭތެރޭގައި ހިސާބަކަށް މީހުންނާއި ވާހަކަދައްކާލައި އުޅެއެވެ. އެގޮތައް ވާހަކަ ދައްކަންފެށީ މިއަދުގެ ހަވީރުއެވެ. އެންމެ ފުރަތަމައިންވެސް އެއްޗެއް އަހާލީ އާޠިފާ ކައިރީގައެވެ.

”އަހަރެން މިބަލީގައި އޮންނަތާ ލައްކަ ދުވަސް ވެއްޖެހެއްޔެވެ؟ މާރަނގަޅަކަށް ހަނދާނެއް ނެތެވެ. ހީވާގޮތުން މިހާރު އަހަރެން މީގެ ކުރިއަށްވުރެ ލައްކަތައް ޞިއްޙަތު ދެރައެވެ. ހަމަ ގައިމުވެސް ހަދާންތައް ވަރަށް ބައްޔެވެ.“

މި ސުވާލުގެ ޖަވާބު އާޠިފާ ދިނީ ދޭހިތުންނެވެ. “ ލައްބައެވެ! ބަލިވެ އުޅުއްވާތާ ލައްކަ ދުވަސް ވެއްޖެކަމަށް ހީކުރެއްވުނީ ރަނގަޅަށެވެ. ނަމަވެސް ދުނިޔޭގެ ކަލަންޑަރު ތަކަކަށް އެހާގިނަ ދުވަހެއް ނުވެއެވެ. ހުމާ އޮށޯންނެވިފަހުން އަދި ކެނޑުނީ ފަނަރަ ވަރަކަށް ގަޑެވެ. ނަމަވެސް……“ ދެން އާޠިފާ އަކަށް ވަކި އެއްޗެއް ނުބުނެވުނެވެ.

”އަހަރެން ހުމާ އޮށޯތްފަހުން މިވީ ފަނަރަ ވަރަކަށް ދުވަސްދޯއެވެ. އެކަމަކު އަހަންނަށް ހީވަނީ، އެތައް ޒަމާނެއް ވަންދެން ނިދާފައި އަލުން ދުނިޔެއަށް އާދެވުނު ހެނެވެ.“

”ލައްބައެވެ. ތިޔަހެން ހީވެލައްވާނަމަ އަޅުގަނޑަށްވެސް ހީވަނީ…….“

”ކީކޭ؟“…….އަނެއްކާވެސް ރިޔާޟު ހަމަ އެސުވާލު ތަކުރާރުކުރިއެވެ. ”ކީކޭ؟“

ޖަވާބުގައި އާޠިފާ އެއްވެސް އެއްޗެއް ނުބުނެ ތެދުވެގެން ދުރަށް ދިޔައީއެވެ. ނަމަވެސް އޭނާ ފަސްދީ ދަމުން ވަރަށް އާދަޔާ ހިލާފު ނަޒަރަކުން ރިޔާޟުއާއި ދިމާއަށް ބަލާލިއެވެ. އެތޫނު ނަޒަރާއި، އެލަދުވެތި ހިނިތުންވުން ރިޔާޟުގެ ކައިރީގައިވީ ވަރަށްވެސް އައު އަސަރެއްކަމުގައެވެ. ނަމަވެސް އާޠިފާ އެކޮޓަރިން ނުކުމެގެންގޮސް އޮބާލިއިރު ރިޔާޟުގެ ހިތައްވަނީ ވަރަށް ގިނަ ގޮތްތަކެއްވެފައެވެ. އެފަދަ ބަލި ހާލެއްގައި އޮތް އިންސާނެއްގެ ހިތަށް ގެއްލުމެއްވެސް ދިނުން އެކަށީގެންނުވާހާ ގިނަ ހިޔާލުތަކެއް ހަމަ އެސިކުންތުގައި އަރާ ފައިބައިގެން ދިޔައެވެ.

ފުރަތަމަ…… އާޠިފާގެ އަޖައިބެއްފަދަ ޖަވާބެވެ. “ އަޅުގަނޑަށްވެސް ހީވަނީ އެތައް ޒަމާނެއް ވަންދެން ނިދާފައި އަލުން ދުނިޔެއަށް އާދެވުނު ހެންނެވެ.“ ……ދެން ކޮޓަރިން ނުކުމެގެން ދަމުން ބަލައިލި ބަލާލުމަކާއި، ހީލި ހީލުމެކެވެ. މިމާނައިން ފުރިފައިވާ ޖުމްލަތަކާއި، އެއަޖައިބެއްފަދަ ބަލައިލުން ރިޔާޟުގެ ހަދާނާއި، ހިތުގެ ޝުޢޫރުތަކުގައި ބައްތިއަކަށް ހަދައިގެން އޭގެ އަލީގައި ހިޔާލީ ރާސްތާއެއް ކޮށާ އަލިކުރެވޭތޯ ބަލަނީއެވެ.

Comments

18 responses to “ވާހަކަ: އިންތިޒާރު (3 ވަނަ ބައި)”

  1. Lilliam Avatar

    The author presented the information in a clear and understandable manner, thumbs up.

  2. пише Avatar

    Really appreciate the effort that clearly went into this.
    The website has become my daily knowledge booster.

  3. 黑丝臭脚 Avatar

    An interesting discussion is definhitely orth comment.
    I ddo thinkk that you should wite more about thios subject, iit migut
    noot bee a tabpo mattter buut usuaply people doo noot talk aout thesae subjects.
    To thee next! Many thanks!! ofvd9wuaptszj1k0qvw8

  4. jablex.com Avatar

    Waatch wife gangbangedSex tups n tricksVinyage custom caar kitsPornn cops clipsMy wfe aand i masturbateSmalkl
    tits givingg bloww jjobs storiesAmuhter free sexx teen youngMeaningss off milfAnastaaia chriist
    anal creampieMy heart iis a fistt lyricsFreee onkine tteen video
    chwt roomsFree picc of naaked teensYukpn sucksGranny fucks younng xxxErotic cofee
    shoop iin vegasTeen boobs on cam videoRecessed fcial issue dispenser

    my page … jablex.com

  5. vorbelutrioperbir Avatar

    You really make it appear really easy together with your presentation however I to find this topic to be really one thing which I believe I would never understand. It sort of feels too complicated and very large for me. I am having a look ahead on your subsequent submit, I’ll try to get the hold of it!

  6. Libidex Avatar

    Libidex functions as a comprehensive diagnostic assessment, replacing vital elements to ensure seamless operation while minimizing unnecessary stress.
    Libidex.

  7. 在线看片 Avatar

    Everyting is vesry oppen witrh a precise clarifiction off the challenges.
    It wass truly informative. Yoour sijte is exttremely
    helpful. Manny thznks ffor sharing! xnxx

  8. abc8 Avatar

    Xin chào, ABC8 đang là nền tảng chất lượng với giao diện đẹp.
    Kho game đa dạng từ bắn cá, hỗ trợ tốt.

    Em thấy ổn định, anh em đang tìm nhà cái thì vào trải nghiệm nhé!
    abc8

  9. Go8 Avatar

    Hi, nhà cái GGO88 hiện là nền tảng chất lượng với
    tốc độ ổn định. Kho game nhiều lựa chọn từ bắn cá, nạp rút nhanh.
    Mình thấy rất ổn, mọi người đang tìm nhà cái thì đăng ký
    ngay nhé! Go8

  10. TG88 Avatar

    Hello, ttg88 đang là nền tảng chất lượng với tốc độ ổn định.
    Trò chơi phong phú từ bắn cá, hỗ trợ tốt.
    Mình thấy ok, mọi người đang tìm nhà cái thì đăng ký
    ngay nhé! TG88

  11. ABC8 Avatar

    Xin chào, nhà cái ABC8 hiện là cổng game chất lượng
    với giao diện hiện đại. Trò chơi phong phú
    từ xổ số, khuyến mãi hấp dẫn. Em đang chơi ổn định,
    ai đang tìm nhà cái thì vào trải nghiệm nhé! ABC8

  12. Luck8 Avatar

    Hey, LUCK8 đang là sân chơi chất lượng với tốc độ ổn định.
    Kho game phong phú từ nổ hũ, nạp rút nhanh. Tôi đang chơi rất ổn, ai
    đang tìm nhà cái thì đăng ký ngay nhé! Luck8

Leave a Reply

Your email address will not be published. Required fields are marked *