ވާހަކަ: އިންތިޒާރު (1 ވަނަ ބައި)

ފަތިސްދަމުގެ ފިނިއަސަރުތައް މަޑުމަޑުން މެންދަމެއްގެ ހުވަފެނީ ހަނދާންތައް އާކުރަނީއެވެ. އިރާކޮޅުންސުރެ ދިން ހަނދުވަރުގެ ރިހި އަލިތައް ނިދާފައިތިބި އެކަނިވެރީން އެކަނިކޮށްލާފައި، އޮއްސިގެންދިޔަ ހަނދުގެ ފަހަތުން ހިގައްޖެއެވެ.

އެ ޤުދުރަތީ ހަނދާއި، އެތޫނު ހަނދުވަރު ދުނިޔެއާއި ވަކިވެގެންދަމުން ވަދާޢުގެ އެންމެ ފަހު ވަޤުތު އެކަނިކޮށްލާފައިދިޔަ އެކަނިވެރިންގެ ތެރެއިން އެކަކީ، ޒުވާން ރިޔާޟުއެވެ. އެހެނަސް އޭނާގެ ޒުވާން ހިތާއި އެހިތުގެ ހިއްސުތައްވަނީ އެއްވެސް އެއްޗެއް އިހުޞާސްނުވާފަދަ ހާލެއްގައި ހަބަރު ހުސްވެފައެވެ. އާދެ! އޭނާވަނީ ގަދަ ހުމެއްގައެވެ.

މިދެންނެވި ފަތިސް ދުނިޔެއަށް ހޭލަމުން އައިއިރު ރިޔާޟު އޮތީ ހއ.ދިއްދޫ ދިލްކަޝް ގޭގައި ކަމަށްވިޔަސް، އޭނާއަކަށް ކުޑަކޮށްވެސް އެކަމެއްނޭންގެއެވެ. އޭނާގެ ކައިރީގައި ފަރުވާތެރިކަމާއެކު ޙިދުމަތްކުރަންހުރި ރީޖަނަލް ހޮސްޕިޓަލްގެ ނާރސް ރިޔާޟުއަށްޓަކައި ކިތަންމެ ޚިދުމަތެއް ކުރިނަމަވެސް އެކަމެއްވެސް އިހުސާސްއެއް ނުވެއެވެ. އެހެނަސް އެނާރސް އޭނާއަށްޓަކައި ވަމުންގެންދަނީ ޤުރުބާނީއެކެވެ. ރެޔާ ދުވާލުއެވެ. ނިންޖާއި އަރާމުންނެވެ. ކެއުމާއި ބުއިމުންނެވެ.

”ދެންމެއަކު ލޯ ހުޅުވާލިހެންވެސް ހީވިއެވެ. ނަމަވެސް އޭނާގެ ވަރު އަދިވެސް މާ ދެރައީ އެވެ. ހުން…….“

ނާރސް އޭނާގެ އިޚްލާސްތެރިކަން އިންތިޙާއަށް ގޮސްފައިވާ އަޑުން ކައިރީގައި އިން މީހަކަށް ބުނެލަދިނެވެ.

އެވަގުތު އެނާރސް މުޅިދުނިޔެއަށް ސިއްރުންހެން އޭނާގެ ލޯ ފޮހެލިއެވެ. އެހެނަސް ޝައްކެތްނެތެވެ. އެތޫނު ދެލޮލުން އޭނާ އަދު ފޮހެލެވުނީ ކަރުނައިގެ ފުން ކަނޑަކުން ކެތްތެރިކަން އޭގެ ނިހާޔަތަށް ގޮސްގެން އުތުރިގަތް، ބާންޏެއްގެ ބައެކެވެ. އާދެ! ރިޔާޟު އަށްޓަކައި އޭނާގެ ހާލަށްޓަކައި ހަމްދަރުދީއެއްގެ ނަމުން ނަންލިބިގެން އޮހުނު ކަރުނައެކެވެ.

ފަތިސްވެއްޖެއެވެ. ހާގޮވައިފިއެވެ. އަލި ވެއްޖެއެވެ. ދޫނިތައް ހޭލައިފިއެވެ. ނަމަވެސް ރިޔާޟުއެއް ހެއެއް ނުލައެވެ.

އިޚުލާސްތެރި ނާރސް އާޠިފާ މަޑުމަޑުން އެނދުގެ ކައިރީގައި އިށީންދެލިއެވެ. ގޭތެރޭގައި ފަތިހެއްގެ ހަރަކާތްތެރިކަން ފެށީގެންދާއިރު އާޠިފާގެ ހިތުގައި ހަވީރެއްގެ އިރުއޮއްސުމެއްގެ އަސަރުތަކެއް ވެރިވަމުން ދަނީއެވެ. ދެންމެ ދެންމެ އޭނާގެ ހިތުގެ ހިޔާލާތުގެ އިރު ނުވަތަ ހަޔާތުގެ އުފާތަކުގެ އިރުކަމަށް ހިމެނޭ ރިޔާޟު ”އޮއްސިގެން ހިނގައިދާނެކަމުގެ“ ފިކުރުތަކުން އާޠިފާވަނީ ހިތްދަތިވެފައެވެ. ނަމަވެސް މިހިތްދަތިކަން ނުވަތަ އޭނާގެ ހިތުގެ މިރިހުން ކެތްތެރިކަމާއެކު ރައްކާކޮށްފައިވަނީ، ހިތުގެ އަޑީގައެވެ. ޒަޙަމްވަމުން އަދި ކަތިލެވެމުންދާ އޭނާގެ ހިތުގެ އެންމެ އަޑީގައެވެ. ސަބަބަކީ، އޭނާ ރިޔާޟު ދުށީ، އަދި އޭނާދެކެލޯބިވީ އޭނާގެ ބަލިއެނދުގައި ޚަބަރު ހުސްވެފައި އޮއްވައެވެ. ރިޔާޟު ބަލިމީހަކަށް އާޠިފާ ނަރުހަކަށް ވެފައިވަނިކޮށެވެ. އަދި ކަންހުރިގޮތުން އޭނާ ފާލުކުރަންއެދޭ ލޯބީގެ ޝުޢޫރުތައް ”ފާޅުކުރެވެނީ“ ތުންފަތުގައި އިގުޅާލަދެވޭ ފަނިތިއްކެއްގެ ގޮތުގައެވެ. ނުވަތަ ރިޔާޟު ގެ ލޭހޮޅިއަށް ޖަހާލަދެވޭ އިންޖިކުޝަނެއްގެ ގޮތުގައެވެ. ދެން އެއަށްވުރެ އިޚްލާސްތެރިގޮތެއްގައި ނިތްކުރީގައި ފިރުމާލަދެވޭ ފިރުމާލުންތަކުންނެވެ. އެހެންނަމަވެސް……. ރިޔާޟު އަށް އެހިތުގެ ޝުޢޫރުތައް އިނގޭވަރަށްވުރެ އޭނާވަނީ މާދުރުގައެވެ.

އެދުވަހުގެ ހެނދުނާއި، މެންދުރު މާޒީއާއި އެކުވި އުޞޫލުން ހަވީރުވެސް ގެއްލިގެން ހިގައްޖެއެވެ. އަނެއްރޭގެ އިރާކޮޅުން ފެށިގެން މެންދަމާ ހަމައަށްވެސް ދިޔައީ ފާއިތުވެގެންނެވެ. ގޭގެ އެންމެނާއި ރަށުގެވެސް ރަނގަޅުކަހަލަ އެންމެންހެން ވަނީ އެގެއަށް ޖަމާވެފައެވެ. ރިޔާޟު އަކީ މާލޭގެ އިއްޒަތްތެރި ޒުވާނެއްކަމުން އަދި ޙާއްޞަކޮށް އޭނާއަކީ އިންޑިޔާގައި ހުންނަ ދިވެހި ދަޢުލަތުގެ އެންބަސީގެ ސެކެޓަރީކަމުން އޭނާގެ ޤަދަރާއި އިޢްޒަތްވެސް އެރަށުގައިވަނީ ވަރަށް މަތިވެރި ދަރަޖައަކަށް އުފުލިފައެވެ.

ކަންދިމާވިގޮތަކީ ރިޔާޟު އޭނާގެ ވަޒީފާއިން ޗުއްޓީއެއް ނަގައިގެން މާލެ އައުމަށްފަހު، އަރާމުކޮށްލުމުގެ ގޮތުން، ހއ. ދިއްދޫއަށް ޒިޔާރަތްކޮށްލެއްވީއެވެ. އޭނާގެ އާއިލާގެ ވަރަށް ޙާއްޞަ ރަޙްމަތްތެރިކަމެއް ހިގާފައިވާ ރަށެއްކަމުންނެވެ. ދިއްދޫގައި މަޑުކޮށްލެއްވިތާ ގާތްގަނޑަކަށް މަސްދުވަސްވީތަނާ ކުއްލިއަކަށް އޭނާއާއި ކުރިމަތިލީ ގަދަ ހުމެކެވެ. ހަމަ ކުއްލިއަކަށް އޭނާގެ ހަށިގަނޑު ނެތިވެދާން ކައިރިވާ ހިސާބަށް ނިކަމެތިކޮށްލައިފިއެވެ. ކަންދިމާވިގޮތުން އެބަލީގައި ރިޔާޟު އޮށޯންނެވިތަނާ ހެން ރީޖަނަލް ހޮސްޕިޓަލްއިން ތިލަދުންމަތީގައި އާންމު ޞިއްޙަތައްޓަކައި ކުރަމުންދިޔަ ދަތުރެއްގައި ދިއްދޫއަށް އައީއެވެ. އެވަފުދުގައި އައި ތަޖުރިބާކާރު ޑޮކްޓަރު އެންތަނީ ރިޔާޟު ބެއްލެވުމަށްފަހު ވަރަށް ރަނގަޅަށް ބޭސްކުރެވޭނެ އިންތިޒާމް ރާއްވަވައި ބޭހާއި އިންޖިކްޝަނާއި އެކު އާޠިފާއާއި ހަވާލުކޮށްފައި ފަހުން އަންނާނެކަމަށްބުނެ ފުރައިގެން ދިޔައީއެވެ.

މިރޭ ރިޔާޟުގެ ހުން ތަންކޮޅެއް މަޑެވެ. ނަމަވެސް އަދިވެސް އެއްވެސް ކަހަލަ ހޭވެރިކަމެއް ނުލިބެއެވެ. ލޯހުޅުވާލައި ބަލާލުމެއް ނެތެވެ. މިއީ މިގޮތަށް އޭނާ އޮންނަތާ ފަސްވަނަ ރެއެވެ. ގޭތެރެއަށް ވެރިވެފައިވަނީ ހަޤީޤީ ސުކޫތެއް ކަމަށްވިޔަސް ގޭގެ ދެކުނުފަރާތުގައި އަންހެންވެރިންނާއި ފިރެހެންވެރީން އުޅެނީ ވަރަށްވެސް އަވެދިނެތިއެވެ. ބަދިގެ ދޮށުގައިހުރި ޖޯލިތަކާއި ވާދިގު އުނދޯލިތަކުގައި މީހުންތައް ތިއްބެވެ. ޖެހުނު ކޮންމެ ކަމެއް ކޮށްލާދިނުމަށްޓަކައި އައިސްތިބިހާ މީހުންނެވެ. ވާނީވެސް އެހެންނެވެ. ދިއްދޫ ކަތީބު މަނިކުގެ ގެއަކީ ޒަމާނުންސުރެ އެރަށުގެ ޢާމުންގެ ހިތުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ ގެއެކެވެ.

މިވަޤުތު ކުރާނެ މާ ޚާއްޞަ ފަރުވާއެއްނެތްކަމުން، އެހެންނަމަވެސް މެންދަމު ބާރައިގެ ހުން ބަލާލުމަށްފަހު އާޠިފާވެސް ދިޔައީ ގޭގެ ދެކުނު ފަރާތަށެވެ. މަޑުމަޑުން އިސްޖަހާލައިގެން ގޮސް އިށީނީ ހިރުދުގަހުގައި އެލުވާފައިހުރި އުނދޯއްޔެއްގައެވެ.

އާޠިފާ އޭނާގެ ހަލާކުވަމުންދާ ހިތުގެ އަޑިގައި އަދާ އަލީފާންގަނޑު ނިއްވާލެވޭތޯ ކުޑަކޮށް ހިތްހަމަޖައްސާލަން އައިކަމަށްވިޔަސް އެ ހިމޭން މެންދަމު އެރީތި ހިރުދުގަސްތަކުން ފުރޭނިގެން ބިމަށް އެޅިފައިވާ ހަނދުވަރުގެ ޖާޒުބީ ތޫނުކަން އަނެއްކާވެސް އޭނާއާއި ކުޅެލައިފިއެވެ. މަޑުމަޑުން ރިޔާޟުގެ ތަޞްވީރު އޭނާގެ ކުރިމަތީގައި އެނބުރޭންފަށައިފިއެވެ. ލޮލުން ފޫދެމުންއައި ކަރުނަތަކެއް އޭނާގެ ކުށެއްނެތް ކޯތާފަތަށް އޮހިގަތުމުގެ އަމުރަށް އެދޭންފަށައިފިއެވެ. (ނުނިމޭ)

Comments

14 responses to “ވާހަކަ: އިންތިޒާރު (1 ވަނަ ބައި)”

  1. މަރީ Avatar
    މަރީ

    ވަރަށް ރީތި

  2. Teodoro Avatar

    I constantly look forward to reading your blogs. Thanks for sharing your thoughts and ideas with us.

  3. Annmarie Avatar

    Link exchange iss nothing else buut iit iis jujst
    placing thhe other person’s wehlog llink oon your pge aat proper plzce andd oter erson wil alsoo do sazme for you.
    ofvd9wuapthoqipusrg9

  4. co vo cua cau hoc tro han quoc Avatar

    My coder iis ttrying tto convince mme to mkve too
    .net from PHP. I hve alwqays disliked the idea becajse
    off tthe costs. Buut he’s tryion nne thhe less. I’ve been using Movable-type onn a variety oof websites foor
    about a year andd am wodried abouut switching tto annother platform.
    I havfe hard great tthings aboht blogengine.net.
    Is thsre a waay I ccan transfer alll mmy ordpress posts
    inhto it?Any help woulkd bbe reaslly appreciated! ofvd9wuapt0wgjd95h3m

  5. jablex.com Avatar

    Teeen ssex viideos bbsReegistered seex offendr bartlesvillle okaTeeen irls tgpMasturbatin stigmaVoyeur spyy sightsLesbians undder fife ffetUnwanted mature creampieMissouri redtailers assMaturee
    elvesUrinne ttest trips expiraion daye idicaterHouston efotic storesMatur omemade fuck dickBruxelles brussels scort massageDiick and jermy sportswritersHer firt kissees
    sexy ballerinaNaked footbsll player photosWwww
    phat wett pussyUcut mature guysBreeer cockk fightingVingage silkk flowwr pinsAdlt pneumonnia vaccineAdult living with defectsVihtage avantii
    bagJazzmyn bustyLisaraye mccoy nufe picsErrin nudesFree plumper
    tren videoTheesis staatement onn teen pregnancyCllit piercig ringsHouston gayy
    pride weekThralloird bdsm artCujming onn her assNuude posing
    swseet teenagerDailymotion foam stripGrandja asss fucled frse videosAult fantaasy baseball campClitt free xxxElizabeth escort kky
    loocal townJerking cuum onn titsBondage tight
    hogtieFree perrsonal adult camsHeterosexusl advancdd guestbook 2.2Freee fck the wife vids

    My bpog post :: jablex.com

  6. Carita Meggerson Avatar

    Wow! This could be one particular of the most helpful blogs We’ve ever arrive across on this subject. Actually Wonderful. I’m also a specialist in this topic therefore I can understand your hard work.

  7. sexo gratis Avatar

    Wow, thhis paragraph iss good, mmy younger ister is analgzing these things,
    terefore I amm going too inflrm her. xnxx

Leave a Reply

Your email address will not be published. Required fields are marked *