ބަލާފައިވަނީ: 590 ޔޫތް ސެންޓަރ މަރާމާތު ކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި – maaungoodhoo.com
loader image

ޔޫތް ސެންޓަރ މަރާމާތު ކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި

      މާއުނގޫދޫ ކައުންސިލުން ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ޔޫތު ސެންޓަރުގެ މަރާމާތު މަސައްކަތު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އިބްރާހިމް އިންވެސްޓްމަންޓާއެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު މެންދުރުފަހު މާއުނގޫދޫ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އިބްރާހިމް އިންވެސްޓްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ އިބްރާހިމް ހުސައިން އެވެ. މާއުނގޫދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ނައިބްރައީސް މޫސާ ޙަސަން އެވެ. މިއަދު ސޮއި ކުރެވުނު އެއްބަސްވުމައެކު ޔޫތް ސެންޓަރު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އިމާރާތް…

By.

min read

IMG-20220309-WA0031

ކިޔުމަށް ހޭދަވާނީ:37 ސިކުންތު

މާއުނގޫދޫ ކައުންސިލުން ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ޔޫތު ސެންޓަރުގެ މަރާމާތު މަސައްކަތު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ އިބްރާހިމް އިންވެސްޓްމަންޓާއެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު މެންދުރުފަހު މާއުނގޫދޫ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އިބްރާހިމް އިންވެސްޓްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ އިބްރާހިމް ހުސައިން އެވެ. މާއުނގޫދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ނައިބްރައީސް މޫސާ ޙަސަން އެވެ.
މިއަދު ސޮއި ކުރެވުނު އެއްބަސްވުމައެކު ޔޫތް ސެންޓަރު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އިމާރާތް (ކުރީގެ ޕުރީސުކޫލް) ގެ ވަށާ ފާރު މަރާމާތުކޮށް ކުލަބަދަލު ކުރުމާއި، ގުދަނެއް އިމާރާތް ކުރުމާއި، އޮފީސް އިމާރާތެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން މިހާރު ހުރި އިމާރާތުގެ ކުލަ ބަދަލުކުރުންވެސް ހިމެނެއެވެ.
މިމަސައްކަތް އިބްރާހިމް އިންވެސްޓްމަންޓާއި ހަވާލު ކޮށްފައިވަނީ 75000 ރުފިޔާއަށް 20 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މާއުނގޫދޫގައި ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަ ޔޫތުސެންޓަރެއް ބިނާކުރުމަކީ އެމް.ޑީ.ޕީ ޓިކެޓް ގައި މިދައުރުގެ ކައުންސިލަށް ހޮވިފައި ތިއްބެވި ކައުންސިލަރުންގެ އިންތިޙާބީ ވަޢުދެކެވެ.

މި ލިޔުން ކިޔާލުމުން
+1
1
+1
0
+1
0
+1
2

One response to “ޔޫތް ސެންޓަރ މަރާމާތު ކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި”

  1. Andres Avatar

    I adore your way of writing. Thanks for sharing your interesting and insightful thoughts.

Leave a Reply to Andres Cancel reply

Your email address will not be published. Required fields are marked *