ފެނަކަ ކޯޕަރޭޝަން އިން މާއުނގޫދޫ ގައި އިމާރާތް ކުރުމަށް މަސައްކަތް ކުރަމުންދާ އައު އިންޖީނުގޭގެ މަސައްކަތައް ކޮންޓްރެކްޓް މުވައްޒަފުން ހޯދުމަށް މިއަދު އިޢުލާން ކޮށްފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ވާގޮތުން މާއުނގޫދޫގެ އައު އިންޖީނުގެ މަސައްކަތަށް ކޮންޓުރެކްޓް އުސޫލުން 20 މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ. އޭގެތެރޭގައި ހިމެނެނީ ސުކިލްޑު 10 ލޭބަރުންނާއި ނޮން ސުކިލްޑު 10 ލޭބަރުން ހޯދުމަށެވެ.
ސުކިލްޑު ލޭބަރުން ނަށް މުސާރައިގެ ގޮތުގައި – /5550 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. އޭގެ އިތުރުން ސާރވިސް އެލަވެސްގެ ގޮތުގައި މުސާރައިގެ %45 އާއި ހާޒިރީ އެލަވެސްގެ ގޮތުގައި މުސާރައިގެ %35 އަދި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މުސާރައިގެ %20 ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާންގައިވެއެވެ.އެހެން ކަމުން މިވަޒީފާތަކަށް ހޮވޭ މުވައްޒަފުންނަށް ޖުމްލަ ގާތް ގަނޑަކަށް – /11000 ރުފިޔާ ލިބޭނެއެވެ.
ނޮންސުކިލްޑު ލޭބަރުން ނަށް މުސާރައިގެ ގޮތުގައި – /4650 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. އޭގެ އިތުރުން ސާރވިސް އެލަވެސްގެ ގޮތުގައި މުސާރައިގެ %45 އާއި ހާޒިރީ އެލަވެސްގެ ގޮތުގައި މުސާރައިގެ %35 އަދި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މުސާރައިގެ %20 ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާންގައިވެއެވެ. އެހެން ކަމުން މިވަޒީފާތަކަށް ހޮވޭ މުވައްޒަފުންނަށް ޖުމްލަ ގާތް ގަނޑަކަށް – /9300 ރުފިޔާ ލިބޭނެއެވެ.
މިވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން 14 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި، ސީވީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި 3 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން jobs@fenaka.mv އަށް ހިއްސާ ކުރުމަށް އެ އިޢުލާނުގައި ވެއެވެ.
shod5t
e7c4xa
I find myself at a loss for words to describe how deeply this resonated with me. It’s not every day that a piece of writing moves beyond the surface to touch something profound and unspoken. You’ve managed to do exactly that — to reach beyond the usual layers of thought and offer something that feels real, true, and deeply meaningful.