loader image
22 May 2025, Thu

މާއުނގޫދޫ ކައުންސިލުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒާއި ބައްދަލުކުރައްވައިފި

ބަލާފައިވަނީ: 276
ކިޔުމަށް ހޭދަވާނީ:1 މިނެޓް, 1 ސިކުންތު

މާއުނގޫދޫ ގެ ތަރައްޤީގެ މަސައްކަތްތަކާއި ކުރިއަށް ރޭވިފަހުރި ކަންކަމާއި ރަށަށް ދިމާވެފައިވާ އެކި ކަންކަމާއިމެދު މަޝްވަރާކުރުމަށް މިވަގުތު މާލޭގައިވި ކައުންސިލްގެ ވަފުދުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ބައްދަލުކުރައްވައިފިއެވެ.

 

މާއުނގޫދޫ ކައުންސިލުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒާއި ބައްދަލުކުރެއްވުމުގެ ތެރެއިން ފޮޓޯ:އިސްލާމިކް އެފެއާޒް އެފްބީ

މިއަދު މެންދުރުފަހު 1:00 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގައި ކުރިއަށްދިޔަ ބައްދަލުވުމުގައި މާއުނގޫދޫ ކައުންސިލްގެ ވަފުދުގެ ބޭފުޅުންނާއި އިސްލާމިކް އެފެއާޒް ގެ އޮފިޝަލުންގެ އިތުރުން ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރ މުޙައްމަދު ޝާހިދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިބައްދަލުވުމުގައި މާއުނގޫދޫ ގެ ހުކުރުމިސްކިތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ގުޅޭގޮތުންނާއި، މާއުނގޫދޫ ގައި އަލަށް މިސްކިތެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާކުރެ އެދެވޭ ހައްލުތަކެއް ހޯދުމަށް މަގުފަހިވެގެން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

މާއުނގޫދޫ ކައުންސިލުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒާއި ބައްދަލުކުރެއްވުމުގެ ތެރެއިން ފޮޓޯ:އިސްލާމިކް އެފެއާޒް އެފްބީ

މާއުނގޫދޫ ގައި އެންމެ ފަހުން މިސްކިތެއް އިމާރާތް ކޮށްފައިވަނީ މީގެ 23 އަހަރު ކުރިންނެވެ. ރަށުގައި ޒަމާނީ އާ މިސްކިތެއް އިމާރާތް ކުރުމަކީ މިވަގުތު މާއުނގޫދޫ ކައުންސިލްގެ މެޖޯރިޓީ ޙިއްޞާ ކުރަމުންދާ އެމް.ޑީ.ޕީ މެންބަރުންގެ މެނިފެސްޓޯގައިވާކަމެކެވެ. ކައުންސިލުން މިނިސްޓްރީ ތަކާއި ބައްދަލު ކުރުމަށް ފަށާފައިވާ ދަތުރުގެ އެންމެ ފުރަތަމަ ބައްދަލުވުން އިސްލާމިކް މިނިސްޓްރީ އާއި އެކު ބޭއްވިގެން ދިއުމަކީ ކައުންސިލުން އިސްލާމީ ކަންކަމަށް އަހައްމިއްޔަތުކަންދޭ މިންވަރު ހާމަވެގެން ދިޔަ ކަމެއްކަމަށް މާއުނގޫދޫގެ ގިނަ ރައްޔިތުން ފާހަގަ ކުރެއެވެ. އަދި މިކައުންސިލަކީ މާއުނގޫދޫ ގެ ތަރައްޤީ ބަދަލުކޮށްލާނެ އުންމީދީ ކައުންސިލެއްކަން މިހާރުވެސް ސާބިތު ކޮށްދެއްވާފައިވަކަން ގިނަ ރައްޔިތުން ފާހަގަ ކުރެއެވެ.

 

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
3
One thought on “މާއުނގޫދޫ ކައުންސިލުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒާއި ބައްދަލުކުރައްވައިފި”
  1. ބޫރުމެން ކައުންސިލްގައި ތިބެގެން މެންބަރު މީހާއާ ގުޅިގެން ބަފަޔާ ދެމީހުން ބަޖެޓް ބަނޑު އެޅުން ނޫން އެހެންކަމެއް ނުކުރޭދޯ

Leave a Reply to މުދިމު ހިޔާލު ކެންސަލްކުރުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *