މާއުނގޫދޫ ގެ ތަރައްޤީގެ މަސައްކަތްތަކާއި ކުރިއަށް ރޭވިފަހުރި ކަންކަމާއި ރަށަށް ދިމާވެފައިވާ އެކި ކަންކަމާއިމެދު މަޝްވަރާކުރުމަށް މިވަގުތު މާލޭގައިވި ކައުންސިލްގެ ވަފުދުން މިނިސްޓަރ އޮފް ޔޫތު، ސުޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަޙްމަދު މަހުލޫފާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރު 11:00 ގައި މިނިސްޓްރީ އޮފް މިނިސްޓްރީ އޮފް ޔޫތު، ސުޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް ގައި ކުރިއަށްދިޔަ ބައްދަލުވުމުގައި މާއުނގޫދޫ ކައުންސިލްގެ ވަފުދުގެ ބޭފުޅުންނާއި ޔޫތު މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރ މުޙައްމަދު ޝާހިދު ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިބައްދަލުވުމުގައި މާއުނގޫދޫގެ ފުޓްސަލްދަނޑުގެ މަރާމާތުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މާއުނގޫދޫ ގައި ޔޫތުސެންޓަރެއް ގާއިމްކުރުމަށް މިނިސްޓްރީއާއި ހަވާލުކުރެވިފައިވާ އިމާރާތް އިތުރަށް ތަރައްޤީ ކޮށް ވަޞީލަތްތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެއިތުރުން އިންޑޯރޖިމް މަރާމާތުކޮށް އީގޭމިން ސެންޓަރެއް ގާޢިމްކުރުމުގެ މަޝްވަރާތައް ކުރެވި އެކަން ކަމަށް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ދެއްވާނެކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާ ފައެވެ.
މާއުނގޫދޫ ކައުންސިލުން މިނިސްޓަރ އޮފް ޔޫތު، ސުޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓާއި ބައްދަލުކުރައްވައިފި

Comments
One response to “މާއުނގޫދޫ ކައުންސިލުން މިނިސްޓަރ އޮފް ޔޫތު، ސުޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓާއި ބައްދަލުކުރައްވައިފި”
-
This post is invaluable. How can I find out more?
xnxx
Leave a Reply