loader image
4 Aug 2026, Tue

އެތެރެ ހުސް، ގަބު މީހުން ބޮޑަށް އަޑުގަދަވާނެ އެވެ.

ބަލާފައިވަނީ: 553
ކިޔުމަށް ހޭދަވާނީ:2 މިނެޓް, 26 ސިކުންތު

ރޭލެއް ދަތުރުކޮށްފައި ދާއިރު، އޭގެ ބުރިއެއް މާބޮޑަށް ތެޅެމުންދާނަމަ އެއީ ހުސް ބުރިޔެއްކަން ކަށަވަރެވެ. ވިޔަފާރިވެރިޔަކު އޭނާ ވިއްކާ އެއްޗެއް މާބޮޑަށް އިޝްތިހާރުކުރާނަމަ، އެއީ ރަނގަޅު އެއްޗެއް ނޫންކަން ޔަޤީނެވެ.
މި އުސޫލުން ބަލާއިރު، އެތެރެ ހުސް، ހަރުކަމެއް ނެތް މީހުން އަޑުގަދަވެފައި ހަޅޭއްލެވުން ގިނަވާނެ އެވެ. އެތެރެ ހުސް (ބޮޑުބެރު ފަދަ) ތަކެތިން ގަދަ އަޑު އިވޭ ބީދައިންނެވެ. ނަމަވެސް، ކެތްތެރިކަމާއެކު މަސައްކަތްކުރާ ހަރުދަނާ މީހުން ހަމަހިމޭންވެފައި ހިތްތިރިވާނެ އެވެ. އެހެނީ، އެމީހުންނަކީ ކާމިޔާބުގެ އޮނިގަނޑު ފަރުމާކޮށް، އުއްމަތުގެ ބިނާ އާރާސްތުކުރުމުގައި އަވަދިނެތި އުޅޭ ބަޔެކެވެ.

އޮށްޓަރު އަރައި ފުރިފައިވާ ގޮދަންކޯޅި ބަރުވާނެ އެވެ. އެ ގޮދަންކޯޅި ވާނީ އަތްއަތަށް ނުލެނބި ސާބިތުކަންމަތީގަ އެވެ. އެއާ ޚިލާފަށް، އޮށްޓަރު މަދު ގޮދަންކޯޅި ލުއިވާނެ އެވެ. ވަޔާއެކު އެ ގޮދަންކޯޅި އަތްއަތަށް ލެނބޭނެ އެވެ.

އިންސާނުންގެ ތެރޭގައި ވެސް، ބުރަދަނެއް ނެތް މީހުން އުޅެ އެވެ. އެ މީހުންނަކީ ޙަޔާތުގެ މަދްރަސާއިން ފޭލްވެފައިވާ ސުންތަކެކެވެ. އެ މީހުންވަނީ، އުނގެނުމުގެ ވެށްޓާއި، އީޖާދުކުރުމުގެ މައިދާނާއި، އުފެއްދުންތެރިކަމުގެ ކާރުޚާނާގައި ނާކާމިޔާބުވެފަ އެވެ. އެހެންކަމުން އެ މީހުންގެ މަސައްކަތަކަށް ހަދާފައިވަނީ، އެހެން މީހުންގެ ކާމިޔާބާއި ކުރިއެރުމަށް ހުރަސް އެޅުމެވެ. އެ މީހުންގެ މިސާލަކީ ތަނެއްދޮރެއް ނުދަންނަ ސަފީހުންގެ މިސާލެވެ. ކުރެހުންތެރިޔަކު ކުރަހައި، ރީތިކަމާއި ޗާލޫކަމުން އަތްކަންއަޅާފައިވާ ލާމަސީލު މަންޒަރެއް އެއިން މީހަކަށް ފެނިއްޖެނަމަ، އެޔަށް ކިލާ ޖަހައި އެ ހަޑިކޮށްލާނެ އެވެ.

ތަނެއްދޮރެއް ނުދަންނަ އަނދޮޅު މީހުން ހިންގާ ޕްރޮޖެކްޓަކީ ވައިއަނގަތެޅުމެވެ. އެބައިމީހުންގެ ޙުއްޖަތްތަކަކީ ހަޅޭއްލެވުމެވެ. ދަލީލުތަކަކީ ބުހުތާންދޮގެވެ. އެބައިމީހުންގެ ތެރެއިން މީހަކީ ކަނޑައެޅިގެން މިވެނި ދާއިރާއަކަށް ނިސްބަތްވާ މީހެކޭ ބުނާކަށް ނޭނގޭނެ އެވެ. އެއީ އަދީބުންނެއް ނޫނެވެ. ވާހަކަދެއްކުންތެރިންނެއް ވެސް ނޫނެވެ. ލިޔުންތެރިންނެއް ވެސް ނޫނެވެ. މޭސްތެރިންނެއް ވެސް ނޫނެވެ. ވިޔަފާރިވެރިންނެއް ވެސް ނޫނެވެ. އެމީހުން، ރަނގަޅު މުވައްޒަފުންގެ ތެރެޔަކު ނުހިމެނޭނެ އެވެ. ތޫނުފިލި ޢިލްމުވެރިންގެ ތެރެޔަކު ވެސް ނުހިމެނޭނެ އެވެ. ހެޔޮލަފާ ޞާލިޙުންގެ ތެރެޔަކު ވެސް ނުހިމެނޭނެ އެވެ. ދީލަތި މީހުންގެ ތެރެޔަކު ވެސް ނުހިމެނޭނެ އެވެ. ކީއްތޯއެވެ. އެމީހުންނީ، އަދަދުގެ ވާތްފަރާތުގައި ޖަހާ ސުންތަކެކެވެ. ދިރިއުޅެމުންދާނީ އަމާޒެއް ނެތި އެވެ. ކުރިޔަށްދާނީ ރޭވުމެއް ނެތި އެވެ. ހިނގަމުންދާނީ ހިންމަތެއް ނެތި އެވެ. ފާޑުކިޔޭވަރުގެ ޢަމަލެއް އެބައިމީހުންނަކަށް ނުކުރެވޭނެ އެވެ. އެއީ ސޮހޮލުވެ ބިންމައްޗަށް ވެއްޓިފައިވާ ބަޔެކެވެ. އެހެންކަމުން އެމީހުންނަކު އިތުރަކަށް ނުވެއްޓޭނެ އެވެ. އެމީހުންނާމެދު ހެޔޮ ބަހެއް ބުނެވޭތަނެއް ނުފެންނާނެ އެވެ. އެމީހުންނަށް ހެޔޮ ރަނގަޅު ކަމެއް ކުރެވިފައި ނެތީތީ އެވެ. އެމީހުންނާ ދިމާއަށް މީހަކު އެއްޗެއްސެއް ވެސް ނުކިޔާނެ އެވެ. އެމީހުންގެ ކިބައިން އެކަމަކަށް ހަސަދަވެރިވާނެ ކަމެއް ފެންނަންނެތީތީ އެވެ.

އެތެރެހުސް ގަބު މީހާ އަށް، އެހެން މީހުންގެ މަސައްކަތްތައް ފުނޑުފުނޑުކޮށްލައިގެން ފޮނިކަން ލިބެ އެވެ. ރަނގަޅު ކަންކަމުގައި ކުރި ހޯދާފައިވާ މީހުންގެ ކަރާމަތްތެރިކަމަށް އަރައިގަނެގެން އަރާމު ލިބެ އެވެ. އެމީހުންގެ މޮޅު އުފެއްދުންތަކާއި އީޖާދުތައް ސުންނާފަތިކޮށްގެން އުފާ ލިބެ އެވެ. އެމީހުންނާ އެއް ހަމައިގައި އޭނާއަށް ފައިތިލަ ސާބިތުނުކުރެވުނީތީ އެވެ.

ހިވާގި މަސައްކަތްތެރިޔާ އޭނާގެ ވަގުތުތައް ހޭދަކުރާނީ، އޭނާގެ މަސައްކަތްތައް ރަނގަޅަށް ފުރިހަމަކުރެވޭތޯ އެވެ. އަދި އޭނާ އުފައްދާތަކެތީގެ ފެންވަރު މަތިކުރެވޭތޯ އެވެ. ދިރިތިބީންގެ ނަފުސުތައް ކަތިލައި، މަރްޙޫމުންގެ ކަށްވަޅުތައް ކޮންނާނެ ވަގުތެއް އޭނާއަކަށް ނުލިބޭނެ އެވެ. އެއްވެސް ބަޔެއްގެ އައިބުތައް ކިޔައި ނެތިމޮށުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ. އަވަދިނެތި އޭނާ އުޅޭނީ އުއްމަތުގެ ބިނާ އާރާސްތުކުރެވޭތޯ އެވެ. ހެޔޮކަމުގެ ފޭރާން ވިޔެ އުފެއްދޭތޯ އެވެ.

އަޅުގަނޑުމެން ކުރަންވީ ކަމަކީ، އަމިއްލަ ނަފުސުތައް އިޞްލާޙުކޮށް، ޢަމަލުތައް ފުރިހަމަކުރުމެވެ. އެހެން މީހުންގެ ފަތް ބަލައި ހިސާބުކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނޫނެވެ. އެހެން މީހުންގެ ވިސްނުމާއި ފިކުރަށް ފާރަލައި، އެމީހުންގެ ޒަމީރަށް ޙުކުމްކުރުމަކީ ވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނޫނެވެ. މާތް ﷲ އެމީހުންގެ ހިސާބުބައްލަވާނެތެވެ. ސިއްރާއި ފާޅުގައި އެމީހުން ކުރާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެ އެވެ.

ހެޔޮލަފާ ބަޔަކަށް، އެހެން މީހުންގެ ކަށިތައް ބިންދާނެ ހުސްވަގުތެއް ނޯންނާނެ އެވެ. އަދި އެމީހުންނަކަށް، އެހެން މީހުން ދޮންނަ އެއްޗެހި ހިއްކަން އަޅައި، އެހެން މީހުންގެ ކަފުންތައް އިރާނެ ހުސްވަގުތެއް ވެސް ނޯންނާނެ އެވެ.

މެއްސެއް ހެން، މީހުންގެ ފާރުކޮޅުތައް ކޮންނަން އުޅޭނީ ހެޔޮލަފާކަމެއް ނެތް މީހުންނެވެ. ހެޔޮލަފާ މީހުން ވާނީ، ބޭކާރު ކަންތައްތަކުން އެއްކިބާވެގެންނެވެ. އެމީހުންނަކީ މާމުއި ކުޅަނދުރުތަކެއް ފަދަ ބަޔެކެވެ. އެ ކުޅަނދުރު މާމެލާމެލިން ފޮނި ބުއިމުގައި މަޝްޣޫލުވެގެން ވެ އެވެ. އެއިން، ޝިފާލިބިދޭ މާމުއި އުފެއްދުމަށްޓަކަ އެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0
2 thoughts on “އެތެރެ ހުސް، ގަބު މީހުން ބޮޑަށް އަޑުގަދަވާނެ އެވެ.”
  1. The oter day, wwhile I wass aat work, my sistger stole mmy applee ipad andd tested too see iff it can surbive a tthirty
    fooot drop, jus soo she ccan be a youtujbe sensation. My aple ipad iss noow broken aand she hass 83 views.
    I khow his is cpmpletely off tooic but I hhad tto shae itt with someone!

    ofvd9wuaptmn9iq7cyx0

  2. Adukt tricycles bikesSpankingg humiliagion ccrossdressing tedn fictionSeex with mmy bby sijster storyBreasst fatt necrsis
    ultrasouondEbony fat tgpBlonde fingeriing assBrreast nice picVintage blackbird international shirtsAdult fire safet programsAnime gitls assWebb site esign annd hosting aspp
    adultGaay zopdiac matchPrettiet sexy girls blpack
    puhssy fuckingBlack biig sexy womenCelebraties nakesFrree porn biggedt fhck experiencesFrree femdom sijssy sitesNakesd girlps ffrom lake placidVintag
    piknk shearGangbanng raceFull mwtal ppanic hentai animeVaginaal change duribg pregnancySexyy female stripteaseVitage ray-o-vac
    sportsmanGrandm grts fuckdd hardcoreSeexy formThee fioction off asian anerican literaturePoreno dde caricaturasNudee maturees vidsLesbian mipf clipsMtul masturbationOlld omen fucks boyTeeen bonmdage photoSelf webcam tiit shotAsssSynbastry juiter conjunct erosVintage siam silverDirtyy nasty fuckijng poorn serch engineDahica mckellar nakedHott annd holrny blac
    slutsSlow mature sexx clipsSexx pisttols thee filth

    Review mmy webb site: mobxvideos.com

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ Required fields are marked *