ދިރިއުޅެން ޖެހިފައި މިއޮތީ ހާސްކަން ބޮޑު މާހައުލެއްގަ އެވެ. ހުރިހާ ކަމެއްގައި އެކަކު އަނެކަކަށް ވުރެ ކުރިއަރަން ކުރާ މަސައްކަތުގެ ވާދަ ބޮޑެވެ. (more…)
Category: އާންމު މަޢުލޫމާތު
-

އުފާވެރި މީހަކަށް ވުމަށްޓަކައި އުފާވެރި ޚިޔާލުތަކުގައި މަސްޢޫލުވުން ލާޒިމް
”އުފަލުގައި އުޅެން އެންމެން ބޭނުންވެއެވެ. އުފަލުގައި އުޅެން ދަންނަނީ މަދު ބަޔެކެވެ“ އުފަލަކީ ކޮންއެއްޗެއްތޯއެވެ؟ މި ފަދައިން ސުވާލުކޮށްފި ނަމަ، ސުވާލުކުރި މީހާގެ ބުއްދީގައި އުނިކަމެއް ވާކަމަށް ބައެއް މީހުން ދެކޭނެއެވެ. އުފަލުގައި އުޅޭއިރު، މި އުޅެވެނީ އުފަލުގައިކަން، އެހެން ނުބުންޏަސް އަޅުގަނޑުމެންނަށް ދޭހަވެއެވެ. ހަމައެފަދައިން، ހިތާމައިގައި އުޅޭއިރު އެވާހަކަ އެކަކަށްވެސް ބުނެދޭކަށް ނުޖެހެއެވެ. (more…)
-

ޙަޤީޤީ އުފަލަކީ ކޮބައިތަ؟
ކުރިމައްޗަށް އައިސް މިހުށަހެޅުނީ ކޮން ސުވާލުމާކެއްތޯއެވެ؟ ކޮން ސިއްރެއް
އޭގައި ފޮރުވިފައިވާ ލަފްޒެއްތޯއެވެ؟ ވިސްނަ ވިސްނާވެސް ހިތްހަމަޖެހޭ މަޢުނައެއް
ނުވިސްނުނެވެ. ޖަވާބުދޭން އެނގޭނީ، ސުވާލު އެނގުނީމަ ނޫންތޯއެވެ؟ (more…) -

އެންމެ ކުޑަ އުޖޫރަ
ފޯޔަކު ބާރަނާޅި މަގުން ހަނގު ބޭކަލުންނަށް ދައުލަތުން ދެއްވާ ބަނޑު ހަނޑުލުގެ ޒަމާން ފާއިތުވެ ކާށިންނާއި ރުކުރަލާއި ދިޔާހަކުރުންނާއި ބާނާ މަހުން ބައި އަޅައިގެން އުޖޫރަދިން ޒަމާން އެއީ އަޅުގަނޑުމެންގެ މާޒީއެވެ. (more…)
-

ދިރިއުޅުމުގެ އުފާވެރިކަމުގެ ތަޅުދަނޑިއަކީ ކާވަނިހެއްޔެވެ؟
ސުވާލަކީ، ކޮށްލަން ވަރަށްވެސް ފަސޭހަ ސުވާލެކެވެ. ނަމަވެސް ސުވާލުގެ އަޑުއައިސް އަޅުގަނޑުގެ ކަންފަތުގައި ޖެހުމާއެކު، އަޅުގަނޑުގެ ލޭހިނގުން އަވަސްވެއްޖެއެވެ. ނުތަނަވަސްކަމާއި ހާސްކަން އިންތިހާ ދަރަޖައަށް ހިނގައްޖެއެވެ. (more…)
-

މީހުން ގަޔާވާ ކަހަލަ އެކުވެރިއަކަށް ވާނީ ކިހިނެއް؟
ގިނަ ރައްޓެހިންތަކެއް ތިބުމުގެ މާނައަކީ، އެ އެންމެން ތިބާދެކެ ގަޔާވެއެކޭ ނޫނެވެ. މީހުންގެ ލޯތްބާއި އިހުތިރާމް ލިބޭނީ، ވަކި ސިފަތަކެއް ހުރުމުންނެވެ. އެގޮތުން މިފަހަރު މި ކިޔައިދެނީ، އެކުވެރިންގެ މެދުގައި މަޤުބޫލު މީހަކަށް ވާން ހުންނަންޖެހޭ ބައެއް ސިފަތަކެވެ. (more…)
-

އަތުން ތަރުބިއްޔަތު ކުރުމުން ކުދިންގެ ވިސްނުން ކޮށިވޭ: ދިރާސާ
ދަރިން ތަރުބިއްޔަތު ކުރުމަށް ޓަކައި އެކުދިންގެ ގައިގާ ތަޅައި، ތަންތަނުގައި އައްސައި ހެދި ޒަމާން ނިމިއްޖެއެވެ. އެކަހަލަ ކަމެއް ކުރާ މައިންބަފައިން މިހާރު އެހާ ގިނައެއް ނުވާނެއެވެ. (more…)
-

ހެނދުނާ ހޭލުމުގެ މުހިއްމުކަން
8 ގަޑި އިރުގެ ނިދި ހަމަކުރުމަށްފަހު ހެނދުނާ ހޭލުމަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށާއި ސިކުނޑިއަށް އެތަކެއް ފައިދާތަކެއް އެކަމުން ކުރާކަމެކެވެ. ސައިންސްވެރިން ހާމަކުރާ ގޮތުގައި އަވަހަށް ހޭލައިގެން ހަމަޖެހިގެން ދުވަސް ކުރިއަށްގެންދާނެ ކުރު ގޮތެއް ރާވާލުމަށް ފަހު ދުވަހުގެ މަސައްކަތާއިގެން ކުރިއަށްދިއުމަކީ މީހާ ކަންނެތްކަން ފިލުވާލައި އިތުރަށް ސިކުނޑި ހަމަޖެހި ހުޅުވިގެންދާކެމެވެ. ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ނުވަތަ ސްޓްރެސް ފިލުވައިދޭކަމަކެވެ.
ހެނދުނާ ހޭލުމަކީ މީހާ ހީވާގިވެ ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައިވީނަމަވެސް އެކަމެއްކުރުމަށް އިތުރަށް ފަސޭހަވެގެންދާކަމެވެ. އަދި ކަންކަން ރާވައި އިންތިޒާމުކުރުމުގެ އިތުރުން ދުވަހުގެ ލަނޑުދަނޑިތައް ފަސޭހަކަމާއި އެކު ހާސިލްވުމަށް ސިކުނޑިއަށް ލިބޭ ބާރެކެވެ. އަވަހަށް ހޭލާ މީހަކަށް ރޭގަނޑު އަވަހަށް ނިދަން ފަސޭހަވާނެއެވެ. އެހެން ކަމުން ހަށިގަނޑަށް ދިމާވާ އެކި އެކި ބަލިތަކުން ރައްކާތެރިކޮށްދީ މީހާގެ ކެއުން ބުއިމުގެ މިންގަނޑު އެދެވޭ ގޮތެއްގައި ހިފެހެއްޓި ދުވަސް ތާޒާކަންމަތީ ދެމިގެންދާނެއެވެ.
ޓެކްސަސް ޔުނިވާސިޓީގެ ދިރާސާއަކުން ދެއްކި ގޮތުން އަވަހަށް ހޭލާ މީހުންގެ ތޫނުފިލިކަން އިތުރުވެއެވެ. އެގޮތުން އެ ޔުނިވާސިޓީ އިން ބޭއްވި އިމްތިހާނެއްގައި ދެ ގަޑިއަކަށް ބަހާލައިގެން ދަރިވަރުންތަކަކަށް ބައިވެރިވުމުގެ ފުރުސަތު ދިނެވެ. ނަމަވެސް ހެނދުނު އަވަހަށް ހޭލައިގެން އައިސް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ އެހެން ބައިވެރިންނަށް ވުރެ މަތިކަމަށް އެ ޔުނިވާސިޓީ އިން ވަނީ ހާމަކޮށްފައެވެ. މީގެއިން ދޭހަކޮށްދެނީ އަވަހަށް ހޭލުމުގެ ސަބަބުން މީހާގެ ސިކުނޑި މަސައްކަތްކުރާ ގޮތް ހުރިހާ ގޮތަކުން ވެސް ރަނގަޅުވެފައި މާ ފައިދާ ބޮޑުކަމެވެ. އަދި އެހެން ދިރާސާއަކުން ދެއްކި ގޮތުގައި އަވަހަށް ހޭލާ މީހުންގެ ހަށިގަނޑުގައި ޕޮސިޓިވް އެނާޖީ އިތުރުވާކަމެވެ. މި ފާހަގަކުރެވުނު ޕޮޒިޓިވް އެނާޖީގެ ސަބަބުން މީހާ ހިތްހަމަޖައްސައިދީ ނުތަނަވަސް ކަމުން ދުރުކޮށްދީ ކަންތައްތަކާއި ދޭތެރޭ ދޭތެރޭ ދެކޭގޮތް އާއްމު ހާލަތަށް ވުރެ ރަނގަޅުވެއެވެ. އަދި މިފަދަ މީހުންނަކީ ދިރިއުޅުމުގެ ހުރިހާ ހިސާބެއްގައި ވެސް އާއްމު ގޮތެއްގައި ހިތްހަމަޖެހިގެން ދިރިއުޅުން ހޭދަކުރާމީހުންނެވެ.
މީގެ އިތުރުން ސައިންސްވެރިން ހާމަކުރިގޮތުގައި ހެނދުނު އަވަހަށް ހޭލުމުގެ ސަބަބުން ހަންގަނޑު ރީތިވެ މީހާގެ ބުރުސޫރަ ރީތިވެއެވެ. އެގޮތުން ހެނދުނު ހޭލައިގެން ކަސްރަތުކުރުމުގެ ސަބަބުން ގައިން ބޭކާރު މާއްދާތައް ދަލުގެ ޒަރިއްޔާއިން ބޭރުވެ ލޭގައި އޮކްސިޖަން އިތުރުވެ ހަންގަނޑު ރީތިވެ މީހާގެ މޫނުމަތީގައި ތަފާތު އަލިކަމެއް ހުންނާނެކަމަށް ވެސް ފަންނީ މާހިރުން ވިދާޅުވެއެވެ.

އަވަހަށް ހޭލުމުގެ ސަބަބުން ދުވަހުގެ މުހިއްމު ކަންކަންތައް ކުރުމަށް އިސްކަންދޭން ފަސޭހަވާކަމެކެވެ. އެގޮތުން އަރާމު ނިންޖަކަށްފަހު ހެނދުނު ހޭލާއިރު ސިކުނޑި ހުންނާނީ ދުވަހުގެ އެހެން ވަގުތުތަކަށް ވުރެ ހަމަޖެހިފައެވެ. ސިކުނޑިން އަމިއްލައަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެންނަށް ނޭނގިނަމަވެސް ބަރާބަރަށް ކުރިއަށް ގެންދާނެކަމަށް ވެސް ސައިންވެރިންގެ މައުލޫމާތުތަކުން އެނގި ސާފުވާން އެބައޮތެވެ. އަދި ހެނދުނުގެ ވަގުތުތަކީ ސިކުނޑި އެންމެ ބަރާބަރަށް މަސައްކަތްކުރާ ގަޑިކަމަށް ވެސް ފަންނީ މާހިރުން ވިދާޅުވެއެވެ. އެހެންކަމުން އެގަޑީގައި ކުރާ މަސައްކަތްތައް ދުވަހުގެ އެހެން ގަޑިތަކަށް ވުރެ ފުރިހަމަވެފައި ކުރަން ފަސޭހަވުމުގެ އިތުރަށް އެކަމުގެ ނަތީޖާވެސް ރަނގަޅުވާނެއެވެ.
ހެނދުނުގެ ގަޑިއަކީ މަޑުމައިތިރި ހިތްހަމަޖެހޭ ހިތްގައިމު ވަގުތެކެވެ. އިރުގެ އަލިކަން ފާޅުވާ ގަޑިއަކީ އޭގައި ތަފާތުކަމެއް އެކުލެވޭ ވަގުތެކެވެ. ހެނދުނުގެ އަވިން އިންސާނާގެ ހަށިގަނޑަށާއި ސިކުނޑިއަށް އެތަކެއް ބައިވަރު ފައިދާތަކެއް ކުރާކަން އަޅުގަނޑުމެން އެންމެންނަށް އެކި ސައިންސްވެރިންގެ ހޯދުންތަކުންގެ އަލީގައި އެނގިލައްވާނެއެވެ. އެހެން ކަމުން ހެނދުނު އަވަހަށް ހޭލާ މީހަކަށް ހެނދުނުގެ މި ދެންނެވި ފައިދާތައް ލިބިގެންދާނެއެވެ. ދާންޖެހޭ ތަނަކަށް ހަމަޖެހިގެން ވަގުތުގެ ކުރިއަށް ދެވޭނެއެވެ. މިހުރިހާ ކަންކަމަކީވެސް އޭގެ ސަބަބުން އިންސާނާގެ ދިރިއުޅުމާއި ދުޅަހެޔޮކަމާއި ސިއްހަތާއި ގުޅިފައި ހުންނަ ކަންތައްތަކެވެ. މިފަދައިން އަމަލުކުރާ މީހުންނަކީ އާއްމުކޮށް ދިރިއުޅުމުގައި ބޭނުންވާ މިންގަނޑުތަކަށް ބޭނުންވާ ކަންކަން ހާސިލްކޮށްގެން ތިބޭ މީހުންނެވެ. އެގޮތުން އަޅުގަނޑުމެން ދަންނަ މަޝްހޫރު ގިނަ ޝަޚްސިއްޔަތުތަކަކީ މި ދެންނެވި ފަދަ ކަންކަމަށް ތާއަބަދު ސަމާލުކަންދީގެން ކުރިއަރާފައިވާ މީހުންނެވެ. ކޮންމެ ކަމެއް ވެސް ފެށޭނީ ހިތްވަރާއިއެކު ފެށީމައެވެ. އަދި އެކަމުގެ ނަތީޖާ ވަގުތުން ނުފެނުނު ކަމުގައި ވީނަމަވެސް ފަހުން އޭގެ ހިތްހަމަޖެހުމާއި ފައިދާ އަމިއްލައަށް ކުރަން ފެށީމަ އިހްސާސްވާނެއެވެ. ހުރިހާ ބޭފުޅުންވެސް ކޮންމެ ދުވަހަކު ހެނދުނު އަވަހަށް ހޭލަން އާދަކުރެއްވުމަކީ ދުވަސްތައް ބާއްޖަވެރިވެ މީހާއަށް ހިތްހަމަޖެހުން ލިއްބައިދޭނެކަމެކެވެ.
-

ނަފުސު ބިނާކުރުމުގެ ބަދަލުގައި އިންސާނިއްޔަތު ބިނާކުރާށެވެ!
ދުނިޔޭގައި އުޅެނީ ދެ ބާވަތެއްގެ މީހުންނެވެ. އެއް ބާވަތަކީ އަމިއްލަ ނަފްސު ބިނާ ކުރާ މީހުންނެވެ. ދެވަނަ ބަވަތަކީ ތާރީޚު ބިނާ ކުރާ މީހުންނެވެ. ނުވަތަ ތާރީޚުގައި ފާހަގަ ކޮށްލެވޭ ފަދަ ކަންތައްތައް ކުރާ މީހުންނެވެ. (more…)
-

’ޝައުޤުވެރިކަން‘ ކާމިޔާބީގެ އެއް އަސާސު
ޝައުޤުވެރިކަމެއްނެތި އެއްވެސްކަމެއް ނުވާނެއެވެ. މިއީ ދުނިޔެދައްކާ ޙަޤީޤަތެވެ. ކޮންމެކަމެއް ކުރިޔަސް އޮންނަ ގޮތަކީ މިއެވެ. މި ދުނިޔޭގެ ތާރީޚުގެތެރެއަށް ނަޒަރު ހިންގައިލުމުން މި ކަމުގެ ބުރުހާނުތައް އެހުރީ ދިމާއަށް ފެންނާށެވެ. (more…)

