loader image
15 Jun 2025, Sun

މަގުތަކުގައި ފެންހެދި ޗަކަވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަނީ

ބަލާފައިވަނީ: 267
ކިޔުމަށް ހޭދަވާނީ:43 ސިކުންތު

ވިއްސާރަވެހި މަގުތަކުގައި ފެންހެދި ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް އުނދަގޫވާތީވެ އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

ފާއިތުވެދިޔަ ދެތިން ދުވަހު ކުރި ވިއްސާރައިގައި ފެންހެދި މަގުތައްވަނީ ވަރަށްބޮޑަށް ޗަކަވެފައެވެ. އޭގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިވެ މަގުހިނގާ މީހުން ކައްސާލުމުގެ ހާދިސާތައްވެސް ވަނީ ހިނގާފައެވެ. މިކަމާއި ގުޅިގެން މާއުނގޫދޫ ކައުންސިލުންވަނީ މަގުތަކުގައި ފެންހެދޭ ތަންތަނަށާއި ޗަކަ ހެދޭ ސަރަޙައްދުތަކަށް ވެލި އަޅައި އެތަންތަނުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް މިއަދުވަނީ ފަށާފައެވެ.

ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި މަސައްކަތުގެ ދަށުން ރަށުގައި މީހުން އުޅޭ ސަރަޙައްދުތަކުގައި މިގޮތައް ހުރި ހުރިހާތަނަކަށް ވެލިއަޅައި ރަނގަޅުކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. މިމަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ވެލިއަޅައިފައިވަނީ ސުކޫލް ދޮރުމަތީގައި ހެދިފައިވާ ފެންގަޑަށެވެ. އެއަށްފަހު ބޮޑުމަގުގައި ހުރި ފެންހެދޭ ތަންތަނަށް ވެލި އެޅުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ.

ވާރޭވެހި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ޕަންޕު ސުޓޭޝަން ޤާއިމްކުރުމުގެ މަސައްކަތާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ނަރުދަމާގެ މަސައްކަތް ނިމުމުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *