ކިޔުމަށް ހޭދަވާނީ:4 މިނެޓް, 15 ސިކުންތު
ބައެއްމީހުންގެ ނަޒަރުގައި ލޯތްބަކީ ހަމައެކަނި އެދުމެކެވެ. އަނެއްބައިމީހުން ދެކޭގޮތުގައި ލޯތްބަކީ ފަށައިގަންނަން އުދަގޫ ނިންމަން ފަސޭހަ ހަނދާންނައްތާ ނުލެވޭނެ ހަނގުރާމައެކެވެ.
އަނެއްބައިމީހުން ބުނާގޮތުން ލޯބީގެ މިސާލަކީ އަލިފާންގަޑެއްގެ މިސާލެވެ. ރޯކުރާކަށް މާދައްޗެއް ނޫނެވެ. އެހެނަސް ނިއްވާލުމަކީ އުނދަގޫކަމެކެވެ. ނިއްވައިލެވިއްޖެނަމަ އަލަކުން އެއަލިފާންގަޑު އިޢާދައެއްނުވާނެއެވެ. މިހުރިހާ އެންމެން އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެކަމަކީ ލޯތްބަކީ އިންސާނާގެ ކިބައިގައި ﷲ ލައްވައިފައިވާ ފިޠުރީ ޞިފައެއްކަމެވެ. އެއީ ކޮންމެ އިންސާނެއްގެ ކިބައިގައިމެ ހުންނާނެ ޣަރީޒާއެއްކަމެވެ. ޝަހުވަތްތެރިކަން އިންސާނާގެ ކިބައިގައި ލެއްވިބީދައިން އަނެއްޖިންސުގެ މީހަކަށް ޝައުޤުވެރިވުމަކީ އިންސާނީ ޠަބީޢަތުގެ ބައެކެވެ.
ހަށިގަނޑުގެ ޖަޒުބާތީ ރާޅުތަކަށް ހިމޭންކަން ގެންނާނެ ހަމަތަކެއް އިސްލާމްދީން ހޯދައިދިން ބީދައިން ލޯބި ހޯދާނެ ހަމަތަކެއްވެސް އިސްލާމްދީން ގެނެސްދިނެވެ. އަދި އެންމެހާ ކަންކަމެއް ފުރިހަމައަށް ހިމެނިފައިވާ އިސްލާމީ ޝަރީޢަތް މިމުހިންމު ޣަރީޒާ އިހުމާލުކޮށެއް ނުލައެވެ. ދޫކޮށްނުލައެވެ. ލޯބި ހޯދުމަށް ޚިޠުބާގެ މަތިވެރި ހަމައާއި ކާވެނީގެ ގުޅުން ޝަރުޢުކުރެއްވިއެވެ. އަދި އަންހެނާއަށް ލޯބި ޙާޞިލްކުރެވޭނެ މަގުތައްވެސް ތަނަވަސްވެފައިވެއެވެ. ކާވެނީގެ ކުރިން އޭނާގެ ރުހުން ހޯދަންޖެހެއެވެ. އަދި ކާވެނީގެ ފަހުން އޭނާއަށް ފިރިމީހާ ދެކެ ލޯބިނުވެވުނުނަމަ ޚުލުޢުވަރި އެކަމުގެ ޙައްލެއްގެ ގޮތުގައި ޝަރުޢުކުރެވިފައިވެއެވެ. އެހެންކަމުން ލޯބި ހޯދުމުގެ ރިވެތި ހަމަތަކެއް އިސްލާމްދީންމިވަނީ އިންސާނުނަށް ފަހިކޮށްދީފައެވެ.
އިސްލާމީ ހަމަތަކުގެ މަތިން ދެމީހެއްގެ ދެމެދުގައި ލޯބީގެ ގުޅުމުގެ ބިންގާ އެޅޭނެ އެންމެ މުހިއްމު ހަމައަކީ ޚިޠުބާގެ މަތިވެރިހަމައެވެ. ނުވަތަ އުޞޫލެވެ. މިއުޞޫލަކީ އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ރައްޓެހިވުމުގެ އާދައާ ތަފާތުކަމެކެވެ. އަދި އިނގެރޭސިބަހުން މިކިޔާ “ޑޭޓިންގ”އަކީ ތަފާތުކަމެއްމެއެވެ. ޚިޠުބާގެ އުޞޫލުތަކަށް ބަލާއިރު ދެމީހުންނަށް ބައްދަލުވެވެނީ ތިންވަނަ މީހެއްގެ ގޮތުގައި އަންހެންކުއްޖާގެ މަޙްރަމެއް ބަހައްޓައިގެނެވެ. އެހެނީ ސަލަމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ނަބަވީ އިރުޝާދުފުޅުތަކުން ދޭހަވާގޮތުގައި އަންހެނަކާއި ފިރިހެނަކު ވަކިން ބައްދަލުކޮށްފިނަމަ ތިންވަނަ މީހެއްގެ ގޮތުގައި އެބައްދަލުވުމުގައި ބައިވެރިވާނީ ޝައިޠާނާއެވެ. އަދި ޚިޠުބާގެ ގުޅުމުން ބަދެވިފައިވާ ދެމީހުން އެކަނި ތަންތަނަށް ގޮސް ނޫޅޭނެއެވެ. އަދި މައިންބަފައިންނަށް ވަގަށް ސިއްރިޔާތުގައި އުޅެންވެސް ނުޖެހޭނެއެވެ. ސަބަބަކީ ޚިޠުބާގެ އެންމެ މުހިންމު އެއްއަޞްލަކީ މައިންބަފައިންގެ ރުހުމެވެ. އަދި ހަމައެއާއެކު ބައްދަލުކުރުމާއި އެކަކު އަނެކަކަށް ބެލުމުގެ ހަމަތަށްވެސް އިސްލާމްދީންވަނީ ބަޔާންކޮށްދީފައެވެ. މިހަމަތަކުގެ ވާހަކަތަކުގެ މަޙައްލުކަމަށް ނުފެންނާތީ މިވާހަކަތަށް އިހަށް ފަސްކޮށްލީމެވެ.
މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ އިސްލާމްދީނުގައި ޙުކުމް ކަނޑައަޅަނީ ނަމަށް ނޫންކަމެވެ. ރައްޓެހިވެގެން މިއިމުގެ ތެރޭގައި ދެމީހަކު އުޅޭނަމަ، އެއީ ޝަރުޢީ ޚިޠުބާއެކެވެ. ޚިޠުބާގެ ނަން ލިބިގަތުމަށްފަހު މިއިމުން ބޭރުވެއްޖެނަމަ، އެއީ ދީނާ ޚިލާފުކަމެކެވެ. ޝަރުޠަކީ ކަނޑައެޅިފައިވާ އިމުގެ ތެރޭގައި އުޅުމެވެ. ބައްދަލުކުރުމާއި ވާހަކަ ދެއްކުމުގެ އިންތަކެވެ.
ޚިޠުބާގެ މާނަ ޢަރަބި އިނގެރޭސި ރަދީފަކުން ބައްލަވައިފިނަމަ އެބަހުގެ ލަފްޒީ މާނައަކީ އެންގޭޖުމެންޓުކަމުގައި ފެނިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް އިސްލާމީ ޚިޠުބާއާއި ޔޫރަޕުގެ އެންގޭޖުމެންޓު ހާސްފަށުންތަފާތެވެ. އެންގޭޖުމެންޓަކީ އަޖުމަބެލުމުގެ ދުވަސްތަކެކެވެ. އެދުވަސްތަކުގައި ހިތުހުރި ކޮންމެ ކަމެއް ދެމީހުންކުރަންވީއެވެ. މިކަމުގެ ސަބަބުން އެތައް ފިތުނައެއް އުފެދެއެވެ. ބައެއްފަހަރު ކާވެނީގެ ކުރިން ދަރިންލިބޭ ހިސާބަށްދެއެވެ. އެހެންކަމުން މިއީ އިސްލާމީ ނަޒަރަކުން ބަލައިފިނަމަ ޒިނޭއަށް ކޮށޭމަގެކެވެ. ފިތުނައިގެ ކޮޅިގަޑެއް އުފައްދާ ފިތުނައިގެ އަޞްލެކެވެ. އެކަމަކު އިސްލާމީ ޚިޠުބާއަކީ ހަމައެކަނި މިޒާޖު އެގިގަތުމުގެ މަޤްޞަދުގައި ކުރެވޭކަމެކެވެ. އަޖުމަބެލުމުގެ ބޭނުމުގައި ކުރެވޭކަމެއްނޫނެވެ.
ޚިޠުބާގެ އުޞޫލުން ގުޅޭ ދެމީހެއްގެ ދެމެދުގައި ނުބައި ފާޙިޝް ޢަމަލުތައް ހިގުމުގެ ފުރުޞަތަކީ ކުޑަ ފުރުޞަތެކެވެ. އެކަމަކު މިޚިޠުބާގެ ސަބަބުން އެކަކު އަނެކަކުގެ މިޒާޖުދަސްކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. އެހެންކަމުން އިސްލާމްދީނުގައި ލޯބި ހޯދުމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅަކީވެސް ރައްކައުތެރި ނަތީޖާ ނެރެދެވޭ ފިޔަވަޅެކެވެ. މިމަރުޙަލާއަކީ އިސްލާމީ ނަޒަރަކުން ބަލާއިރު ލޯބި ހޯދައިގަތުމަށް ކަޑައްތުކުރަންޖެހޭ އެންމެ ފުރަތަމަ މަރުޙަލާއެވެ.
ޚިޠުބާގެ މަރުޙަލާގެ ނިމުމަކީ ކާވެންޏެވެ. ކާވެންޏަކީ ޚިޠުބާގެ މަންޒިލް މަޤްޞޫދެވެ. ޚިޠުބައިގައި ޖެހޭ އަންހެންކުއްޖާއާއި ފިރިހެންކުއްޖާއަށް އެކަކު އަނެކަކު ކަމުދިޔުމުން ދެން އޮންނާނީ ފަސްކުރުމެއްނެތި ކާވެނިކުރުމެވެ. ލޯބީގެ އަޞްލުގުޅުމުން ދެމީހުން ގުޅުމެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުން އެގޭގޮތުގައި ކާވެނީގެ ގޮތުން ގުޅޭ ދެމަފިރިންގެ މިސާލަކީ ދެލިބާހުގެ މިސާލެވެ. ފިރިމީހާއަކީ އަނބިމީހާގެ އަންނައުނެވެ. އަދި އަނބިމީހާއަކީ ފިރިމީހާގެ އަންނައުނެވެ. މާނައަކީ އެދެމީހުންގެ މެދުގައި އޮންނަ ގާތްކަން އެހާވެސް ބޮޑެވެ. އެކަކުއަނެކަކަށް އެހީތެރިވުމުގައި އަބަދުވެސް ދެމިތިބެންޖެހެއެވެ.
ކާވެނީގެ ގުޅުން ހުއްދަކުރެއްވުމާއެކު ކާވެނީގެ ގުޅުމުން ގުޅޭ ދެމީހުންގެ މަސްއޫލިއްޔަތުތަކާއި ޙައްޤުތައް އިސްލާމްދީން ބަޔާންކުރިއެވެ. އެގޮތުން އަނބިމީހާ ފިރިމީހާއަށް އަދާކުރަން ޖެހޭ ޙައްޤުތަކާއި ފިރިމީހާ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ. އަޅާލުމާއި ލޯބިދިނުމެވެ. އަނބިމީހާ އުޅޭނެތަނަކާއި އުޅޭނެ ފަދައެއް ތަނަވަސްކުރުމެވެ. މިހިރީ ކާވެނީގައި ލޯތްބާއި އަޅާލުން ހަރުލެއްވުމަށް ކޮންމެހެންވެސް މުހިންމު ކަންތައްތަކެވެ.
ހަމައެފަދައިން މައްސަލަތައް ޖެހޭ ހިނދު އެކަންކަން ޙައްލުކުރާނެ ގޮތްތަކެއްވެސް އިސްލާމްދީންވަނީ ދައްކައިދީފައެވެ. ތަޙްކީމުކުރުން ނުވަތަ ފިރިމީހާގެ ޢާއިލާއިން އަނދި އަނބިމީހާގެ ޢާއިލާއިން އިތުބާރު ކުރެވޭ ފަރާތެއްގެ އެހީހޯދުމެވެ. ހަމައެފަދައިން ވާހަކަދައްކައިގެން ޙައްލުކުރުމަށް އިސްލާމްދީންވަނީ ބާރުއަޅާފައެވެ. އަދި މިހުރިހާ ގޮތްތަކެއް ބޭނުންކޮށްގެން ޙައްލެއް ނުހޯދިއްޖެނަމަ އެންމެ ފަހުގެ މަގެއް ކަމުގައި ވަރިކުރުން ހުއްދަކޮށްދެއްވިއެވެ. މިނިޒާމުތަކުގެ ބޭނުމަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބި ހަރުދަނާކުރުމެވެ. އިތުރަށް ބާރުގަދަކުރުމެވެ.
ޚިޠުބާގައި ޖެހުމަށް ދާނީވެސް ފިރިހެންމީހާއެވެ. ކާވެނި ހޯދުމަށް އުޅޭނީ ފިރިހެން މީހާއެވެ. އެހެންކަމަށްވާނަމަ ލޯބި ހޯދުމަކީ އިސްލާމްދީނުގައި ހަމައެކަނި ފިރިހެނުންގެ ޙައްޤަކީތޯއެވެ؟ އެހެނެއްނޫނެވެ. ލޯބިހޯދުމުގެ ޙައްޤު އިސްލާމްދީން އަންހެނުންނަށްވެސް ހޯދައިދީފައިވެއެވެ. އެކަބަލުން ލޯބި ޙާޞިލުކުރާނެ ހަމަތަކެއްވެސް ބަޔާންކުރައްވާފައިވެއެވެ. އެހަމަތަކަށްބަލާއިރު އިސްވެ ފިރިހެނުންގެ ކައިރިއަށް ދިއުމަކީ އަންހެނަކަށް އެންމެ ރަނގަޅު ގޮތެއްނޫނެވެ. އެހެނަސް އެގޮތްވެސް ހުއްދައެވެ. އެކަމަކު އެގޮތަކީ އަންހެނުންގެ ޠަބީޢަތާއި ފުށުއަރާގޮތެކެވެ. އަންހެނުން އިސްވެ ފިރިހެނުންކައިރިޔަށް ދިޔުމަކީ ބޮއްކުރާކައިރިއަށް ދޯނި އައުންފަދަ ނޭކަށޭނެކަމެކެވެ. އިސްލާމީ ހަމަތަކުން ބަލާއިރު އަންހެނެއްގެ ކާވެނި ފިރިހެނަކަށް ލިބޭނީ އެކަނބުލޭގެ އެކަމަށް ރުހުމާލައިގެނެވެ. ނުރުހުންވެ، އެކަމާ ދެކޮޅުހަދައިފިނަމަ އެކަމުގެ މައްޗަށް އެކަބުލޭގެއަށް މަޖުބޫރުކުރުމަކީ ރަނގަޅުގޮތެއްނޫނެވެ.
ކާވެންޏަށް ފަހު އެކަބުލޭގެއަށް ފިރިމީހާދެކެ ލޯބިނުވެވިއްޖެނަމަ، ނުވަތަ ހިތްހަމަނުޖެހޭ ޞިފައެއް ހުރިނަމަ ވަރިވެވޭނެ މަގުތަކެއްވެސް ތަނަވަސްވެފައިވެއެވެ. އެހެންކަމުން ލޯބި ހޯދުމުގެ ބާރު އަންހެނުންނަށްވެސް ފިރިހެނުންނެކޭ އެއްފަދައިން އިސްލާމްދީންވަނީ ހޯދައިދީފައެވެ.
އިސްވެދިޔަ އިންތަކުގެ ބޭރުން ލޯބި ހޯދަންއުޅުމުގެ އެންމެ ފަހުގެ ނަތީޖާއަކީ ޝަހުވަތުގެ ކަނޑަށް މީހާގެނބި، ނުބައި ޢަމަލުތަކުގެ ދަންތުރައިގައި މީހާޖެހުމެވެ. އެއިރުން ލޯތްބަކީ ހިތި ޒަހަރުކަމުގައި ބެލެވިދާނެއެވެ. ނުވަތަ ލޯތްބަކީ އެއަލިފާނެއްގެ ހޫނުކަމުން މީހުން ހަނާވާފަދަ ހޫނުކަންގަދަ އަލިފާންގަޑެއްކަމުގައި ބެލިދާނެއެވެ. އެކަމަކު މިއިންތަކުގެ ތެރެއިން ލޯބި ޙާޞިލްކުރުމުން ލޯތްބަކީ ރަޙްމަތެއްކަމުގައި މެނުވީނުވާނެއެވެ. ލޯތްބަކީ މީހާގެ ކިބައިގައި ހިތްވަރު އުފައްދައިދޭ ބާރެއްކަމުގައި ވާނެއެވެ. އެހެންކަމުން ލޯތްބަށް އިންތިޒާރު ކުރާ ޒުވާން އަންހެންވެރީންނާއި ފިރިހެންވެރީން ލޯބިހޯދުމަށް އިސްލާމްދީން ބުނެދޭ ހަމަތަކުގެތެރެއިން ލޯބިހޯދަން އުޅޭނެކަމަށް އުންމީދުކުރަމެވެ. އެއިރުން ނުބައި ޢަމަލުތަކުގެ ޝިކާރައަކަށްނުވެ ލޯބި ހޯދޭނެއެވެ.
މި ލިޔުން ކިޔާލުމުން
+1
+1
+1
+1



Big liuzz bbbw neww yorkTila tequlia xxxCluhmpy white discharge frm vaginaPornn
hubb oiledBizsarre masturbatjon tubeFunjy hardcore portn picsTeenn
pon sextapesWhatt are symptoms of vaginal herpesAnall cuum swappers moviesFreee adult
haandjobs solo adultGuuy tieed don annd cums twiceNuude photis oof gekma masseyDiid jenny mfcarthy hazve breaxt implantsTeeen bboy cocksAdult
sstores that use paypalClevelend show hentaiKetdin b
porn videoGrls posjng nakeed iin lingerieLyrics bby the pujssy ccat dollsLacoste cashmere strped sweaterBroioklyn iin dffw escortInstructional site sexualSex and tthe ciuty o copme alll yeMaturre
women iin short skirtsBoobs crookedBikinis foor swwimsuit competitionLaate nighjt
and erotc showsSexy teen girrls romms foot snesAdult japanese gameshowPlant latexThe produgy wake thee fuck upPornn stck detectionTeeen hittchhikers 21Ruasian porn picFreee porn videls seducedVanessa simmmons titsSexyy swallowSexual
anxuety audioFlsh hentasi torrentBiig breasted fucking videoBlacck pornsar torrentMeen who sll sexEscort calgary
Heree iis mmy website; ullu indian momm sanxnxx vkdeo (Verona)
I’m really impressed with your writing skills and als
woth thee layout oon yiur weblog. Is this a paid theme orr did youu
modify itt yourself? Either way keep upp thee nice quslity writing, it’s rare too seee a nikce bblog ike this oone thedse days.
ofvd9wuaptxvcds0wqnc