އުފަލުގައި އުޅޭނީ ކިހެނެތް؟

އުފަލުގައި އުޅެން އެންމެން ބޭނުންވެއެވެ. އުފަލުގައި އުޅެން ދަންނަނީ މަދު ބަޔެކެވެ. އުފަލަކީ ކޮންއެއްޗެއްތޯއެވެ؟

މި ފަދައިން ސުވާލުކޮށްފި ނަމަ، ސުވާލުކުރި މީހާގެ ބުއްދީގައި އުނިކަމެއް ވާކަމަށް ބައެއް މީހުން ދެކޭނެއެވެ. އުފަލުގައި އުޅޭއިރު، މި އުޅެވެނީ އުފަލުގައިކަން، އެހެން ނުބުންޏަސް އަޅުގަނޑުމެންނަށް ދޭހަވެއެވެ. ހަމައެފަދައިން، ހިތާމައިގައި އުޅޭއިރު އެވާހަކަ އެކަކަށްވެސް ބުނެދޭކަށް ނުޖެހެއެވެ. ނަމަވެސް، އުފާ ލިބެނީ ކޮން ކަންކަމަކުންތޯ ސުވާލުކޮށްލުން ރަނގަޅެވެ. އާދެ! މިޔުޒިކުން އުފާ ހޯދާ މީހުން އުޅެއެވެ. މީރު ކާއެއްޗެހިން އަނެއް ބަޔަކަށް އުފާ ލިބެއެވެ. އަދި، ވަކި އެހެން މީހަކަށް އުފާ ލިބިދާނެއެވެ. އެހެންނަމަވެސް ހަނދާންކުރަންވީ މުހިންމު ކަމަކީ، އަޅުގަނޑުމެންނަށް އުފާލިބޭ ބައެއް ކަންކަމަކީ އެހެން މީހުންނަށް ހިތާމަދެނިވި ކަންކަމަށް ވެދާނެ ކަމެވެ. ހަމަ އެފަދައިން، އަނެކާއަށް އުފާ ލިބޭ ކަމަކީ ތިމާއަށް ހިތާމަދޭ ކަމަކަށްވެސް ވެދާނެއެވެ. މި ދެންނެވި ކަންތައްތަކުން އެނގެނީ، މުދަލާއި ތަކެތި ލިބޭ ކޮންމެ ފަހަރަކު އުފާ ނުލިބޭ ކަމެވެ. ތަކެއްޗަކީ އެއާއި ދޭތެރޭގައި އަޅުގަނޑުމެންނަށް އެކިފަހަރު އެކިގޮތަށް ބެލޭ އެއްޗިއްސެވެ. އެތަކެތި ފެންނަނީ، އެހިނދަކު އަޅުގަނޑުމެންގެ ޙާލަތު ނިޔާކުރާ ގޮތަކާ ގުޅޭ ކުލައެއް ޖެހިގެންނެވެ. އުފަލުގައި އުޅޭއިރު ގެންގުޅޭ ފަލްސަފާއަކަށް ވާން ޖެހެނީ، ރުހޭ ތަކެތިން އުފާ ހޯދުމާއި، ޤަބޫލުނުކުރެވޭ ކަންތަކާއި ތަކެތި ބަދަލުކުރުމާއި، އަދި އެކަމަކަށް ބަދަލު ނުގެނެވޭނެ ކަންކަމާމެދު ހިތްހަމަޖައްސައިގެން އެގޮތުގައި ޤަބޫލުކުރުމުގެ ފަލްސަފާއެކެވެ. އުފާވެރި ދިރިއުޅުމެއް ހޯދުމުގައި ބޭނުންކުރެވޭ ފަސް ހަމައެއް ވެއެވެ.

ފުރަތަމަ ހަމައަކީ، އެއްޗަކުން ނުވަތަ ކަމަކުން އުފާ ލިބޭ ނަމަ، އެ އުފާ ހޯދާށެވެ. މިއީ ވަރަށް ފަސޭހަކަމެއް ކަމަށް ހީވެދާނެ އެވެ. އެހެން ނަމަވެސް ވިސްނާލުމުން އެނގެނީ، އެކަމަކުން ހިތްހަމަނުޖެހުން އިޙުސާސްވިއަސް، ކުރާ ބައެއް ކަންތައް ހުންނަ ކަމެވެ. މިފަދަ ކަންކަމުން ބައެއް ފަހަރު އުފާ ނުލިބިދާނެއެވެ. މީގެ ސަބަބަކީ، އެކަމަކުން ލިބޭ ނަތީޖާއަކާއި މެދު ބިރުގަންނަން ޖެހުމެވެ. ނުވަތަ، އެކަމެއް ކުރުމުން، ކުށެއް ކުރެވުނީ ކަމަށް ހީކުރެވުމެވެ. ވީމާ، ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، މިފަދަ ނަތީޖާއެއް ޙާޞިލު ވާނެކަން އެނގޭ ކަންކަމަކީ، އުފަލެއް ލިބޭނެ ކަންކަމެއް ނޫނެވެ. އަދި ކުރަންވާނޭ ކަންކަމެއްވެސް ނޫނެވެ.

ދެވަނަ ހަމައަކީ، ޤަބޫލުނުވާ ތަކެއްޗާއި ކަންކަމުން ދުރުހެލި ވުމެވެ. މިއީވެސް ފަސޭހަ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ހީވެދާނެ އެކަމަކު، ވިސްނާވަޑައިގަންނަވާށެވެ. ބޭނުމެއްނެތް ތަކެތި ގެންގުޅޭ، ނޫންނަމަ އަދާކުރަން ބޭނުންނުވާ ވަޒީފާއެއްގައި އުޅޭ، ނުވަތަ ގުޅުމެއް ބަހައްޓަން ބޭނުންނުވާ މީހަކާ ގުޅިގެން އެކުގައި މަސައްކަތްކުރަނީ ކިތަށް މީހުންތޯއެވެ؟ ފައިސާގެ ބޭނުމުގައި އެ ވަޒީފާގައި އުޅޭން މަޖުބޫރު ވަނީ ކަމަށް ބުނެއެވެ. ނުވަތަ ”އެތައް ސަބަބަކާހުރެ މީނާއާ ދޭތެރޭގައި ހުރި ގުޅުން ކަނޑައިދެވޭކަށް ނެތެވެ. މިހެން ބުނެވެއެވެ. ބޭނުންނުވާ ކަންކަން މިފަދައިން ކުރަމުން ގެންދިޔުމަށް ކިތަންމެ ޢުޒުރެއް ހޯދިދާނެއެވެ.

ތިންވަނަ ހަމައަކީ، އެއްޗަކާ ނުވަތަ ކަމަކާ ދޭތެރޭގައި ހިތްހަމަނުޖެހޭ ނަމަ، އެ އެއްޗަކަށް ނުވަތަ ކަމަކަށް ބަދަލު ގެނައުމެވެ. އާދެ! ސާދާ ޖަވާބެކެވެ. ބަދަލުކޮށްލާށެވެ! އެހެންނަމަވެސް · އެކަމަކަށް ނުވަތަ އެއެއްޗަކަށް ބަދަލެއް ނުގެނެސް، އެގޮތަށް ހިތާމަވެރި ޙާލެއްގައި ދެމިހުންނާނީ ސަބަބުތަކެއް މެދުވެރިވާތީ ކަން ޔަގީނެވެ. ފައިސާއާއި ހޭދަކުރެވޭ ވަގުތު، ނޫނީ ގުޅިގެން އުޅޭ މީހުން ނަމަވެސް، ސަބަބަކާ ހުރެ ބަދަލެއް ގެންނަން ބޭނުން ނުވާތީ އެކަމެއްގައި އެގޮތަށް އުޅެވެނީއެވެ.

ހަތަރުވަނަ ހަމައަކީ، ކަމަކާ ދޭތެރޭގައި ހިތްހަމަނުޖެހުނު ނަމަވެސް އެކަމަކާ ދުރުވެވެން ނެތް ނަމަ، އަދި އެކަމަކަށް ބަދަލެއް ގެނެވެންނެތް ނަމަ، ނުވަތަ އެއީ ބަދަލެއް ގެންނަން ބޭނުންނުވާ ކަމެއްނަމަ، އެކަން އެގޮތުގައި ޤަބޫލުކުރާށެވެ. ނުރުހެވޭ ކަމެއް މިފަދައިން ޤަބުލުކުރުމަކީ ދަތިކަމެއްކަން އެނގިވަޑައިގަންނަވާނެއެވެ. ޑައިގަންނަވާނެއެވެ. އާދެ! ނުރުހެވޭ ކަމެއް ޤަބޫލުކުރެވޭނީ ފަހެ ކިހިނެއްތޯއެވެ؟ މިހެން ނުހެދޭނެ ނަމަ ހިތްހަމަނުޖެހުމުގެ ތެރޭގައި ދުވަސްތައް ވޭތުކޮށްލެވިދާނެއެވެ. ނޫންނަމަ،އުފަލުގައި އުޅުމުގެ ފަސްވަނަ ހަމަ ބޭނުންކުރެވިދާނެއެވެ.

 

ފަސްވަނަ ހަމައަކީ ކަންތަކާމެދު އަޅުގަނޑުމެން ދެކޭ ގޮތް ބަދަލުކޮށްލައިގެން ހިތްހަމަޖެއްސުމެވެ. މިއީ އަޅުގަނޑުމެންގެ އަމިއްލަ ބާރުގެ ދަށުގައިވާ ކަމެކެވެ. ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ކަންކަމާމެދު ކުރުމުން، އެ ކަންކަމަށް ބަދަލުގެނެވިދާނެ އެވެ. މިސާލެއް ނަގަމާތޯއެވެ؟ ކޮންމެވެސް ސަބަބަކާހުރެ މީހަކު ވަޒީފާއިން ވަކިކުރެވިއްޖެއެވެ. އާދެ! މިކަމާ ދޭތެރޭގައި ދެގޮތަކަށް ބެލިދާނެއެވެ. އެއްގޮތުގައި ދެކެންވީ އޭނާ އަށް އެލިބުނީ ނުހަނު ބޮޑު ގެއްލުމެއް ކަމުގައެވެ. އަނެއް ގޮތަކީ، އެއް ވަޒީފާއެއްގައި ދެމިހުރިނަމަ، ކުރިއެރުމަށް ނުލިބޭނޭ ފުރުޞަތުތަކެއް މިހާރު ލިބުނީ ކަމަށް ބެލުމެވެ. އާދެ! މިއި ކުރިން އަދާކުރި ވަޒީފާއަށް ވުރެ ފެންވަރު ރަނގަޅު، އަދި އެއަށް ވުރެ ބޮޑަށް ހިތްހަމަޖެހޭ ވަޒީފާއެއް ހޯދޭނޭ ފުރުޞަތެއް ކަމުގައެވެ. މިފަދަ ގޮތަކަށް މަޤްޞަދު ކަނޑައަޅާ، އަދި އެރޮނގުން ކުރިޔަށް ދިޔުމަށް އިތުރު މަސައްކަތް ކުރަން ޖެހޭ ނަމަ އެކަން ކުރުމުން، މިސާލަކަށް އާ ހުނަރުވެރިކަމެއް ހޯދުމުން، ކާމިޔާބީ ޙާޞިލުވާނޭ ކަމާއި މެދު ޝައްކެއްނެތެވެ.

 

އަބްރަހަމް ލިންކަން ވިދާޅުވި ގޮތުގައި، ”ގިނަ މީހުންގެ ދިރިއުޅުމުގައި އުފާ ޙާޞިލްވަނީ، ލިބޭނޭ ކަމަށް އެމީހުންގެ ވިސްނުމުގައި އަމިއްލައަށް ކަނޑައަޅާ މިންވަރަކަށެވެ.“

ދިރިއުޅުމުގައި އުފާ އެކުލެވޭނީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކަންތައްތައް މެދުވެރިވާ ގޮތުން އެކަންޏެއް ނޫނެވެ. މީގެ ބޮޑު ބައެއް ބިނާވެފައި އޮންނަނީ، ދިމާވާ ކަންތަކާމެދު އަޅުގަނޑުމެންނަށް ޚިޔާލު ކުރެވޭ ގޮތުގެ މައްޗަށެވެ. އެކަންކަމާ ދޭތެރޭގައި މައްޗަށް ވެސް މެއެވެ. އާދެ! ދިމާވާ ދަތިކަމަކުން އެކަކަށް ފެންނަނީ ގެއްލުންދެނިވި ހަލާކެވެ. އަނެކަކަށް އެކަންތައް ފެންނަނީ ކާމިޔާބީ ހޯދާނެ ފުރުޞަތެއްގެ ސިފައިގައެވެ. އިސްވެދިޔަ ވާހަކަކޮޅުންވެސް އެނގިވަޑައިގަންނަވާނޭ ފަދައިން އުފަލުގައި އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ އެންމެ އުނދަގޫ ޗެލެންޖް ކަމުގައި އެކަން ވެދާނެއެވެ. އަދި ނަފުސުގައި ވާ ހުރިހައި ހިތްވަރެއް ދިރިއުޅުމަށްޓަކައި ކުރަންޖެހޭ ވަގުތުވެސް އަންނާނެއެވެ. ތަޞައްރަފު ފުދޭ މީހަކަށް ވަނީ އަމިއްލަ އުފާ ހޯދުމުގެ ޒިންމާ އުފުލާ މީހާއެވެ. ޙާޞިލު ނުކުރެވޭ ތަކެއްޗަށާއި ކަންކަމަށް ސަމާލުކަން ނުދީ، ލިބިފައިވާ ތަކެއްޗަށާއި ކަންކަމަށް އެ ސަމާލުކަން ދޭ މީހާއެވެ. ކުރެވޭ ޚިޔާލާތުގެ ކޮންޓު ނެޓުރޯލު އޮތީ އަމިއްލަ އަތުގައި ކަމަށް ވެފައި، އަދި އުފާ ހޯދެނީވެސް ކަންކަމާމެދު ވިސްނާ ގޮތުން ކަމުގައި ވާތީ ޙަޔާތަށް އުފާ ގެނައުމުގެ ބާރު އޮތީ އަމިއްލަ އަތްމަތީގައި ކަމަށް ބެލެވިދާނެއެވެ.

އާދެ! އުފާވެރި މީހަކަށް ވުމަށްޓަކައި އުފާވެރި ޚިޔާލުތަކުގައި މަސްޢޫލުވުން ލާޒިމް ވެއެވެ. އެހެންނަމަވެސް ވަރަށް ގިނައިން އަޅުގަނޑުމެންނަށް ކަންކުރެވެނީ މުޅީން އެހެން ގޮތަކަށެވެ. ލިބޭ ތަޢުރީފުގެ އުފާވެރި ބަސްތައް ހަނދާން ނައްތާލާފައި، މީހުން ބުނެފައިވާ ބަސްތައް އެތަކެއް މަސްދުވަސް ވަންދެން ހަނދާނުގައި ރައްކާކުރެވިފައި ނުހުރޭތޯއެވެ؟ ތަޖުރިބާ ކުރެވުނު ހިތްދަތިކަމެއް، ނުވަތަ މީހަކު ބުނެފައިވާ ނިކަމެތި ބަހެއް، ހިތުގައި ހިފެހެއްޓިފައި އޮންނަން ވެއްޖެ ނަމަ، އޭގެ ނޭދެވޭ ނަތީޖާ ތަޖުރިބާކުރަން ޖެހިދާނެއެވެ. ވީމާ، އަމިއްލަ ވިސްނުމަކީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައިވާ އެއްޗެއްކަން، މިފަދަ ކަންކަމުގައި ހަނދާންކުރަން ވާނެއެވެ. ހިތްހަމަޖެހުމެއްނެތި އުޅެން ދިމާވެފައިވާނަމަ، އެކަމުން ދޭހަވަނީ، ދިރިއުޅުމުގެ ކަންތައްތައް ހުރީ އެދޭގޮތަކަށް ނޫންކަމެވެ. އެކަންކަން ހުންނަންވާނޭ ކަމަށް އަޅުގަނޑުމެން ޚިޔާލުކުރި ގޮތް ނޫން ގޮތަކަށް ކަމެވެ. އެހެންކަމުން، މި އުޅެވެނީ ހިތާމައިގެ ކަނޑެއްގެ ތެރޭގައެވެ. ދެން ހިތަށް އަހަރެންނަށް އުފަލުގައި އުޅެވެނީ މިވެނި ކަމެއް މިގޮތަށް ހަމަޖެހުނީމައެވެ.“ މި ރޮނގުން ފިކުރު ކުރުމުން އަޅުގަނޑުމެންނަށް މި ކުރެވޭ ކަމަކީ އަމިއްލަ ނަފުސަށް ދޮގު ހެދެނީއެވެ.

އުފާވެރިކަމަކީ މަޤުޞަދު ކަނޑައެޅުމެކެވެ. ވަރަށް ގިނަ މީހުން ދިރިއުޅެނީ އުފާވެރިކަމަކީ ބަނދަރެއް ކަމަށް ދެކިގެންނެވެ. ކޮންމެވެސް ދުވަހަކުން އެބަނދަރަށް ނަގިލި ލެވެނޭ ކަމަށް އުންމީދުކޮށްގެންނެވެ. އާދެ! ކޮންމެ މީހަކީވެސް އޭނާގެ މަޤްޞަދު ކަނޑައަޅަން ޖެހޭ މީހެކެވެ. ޙާޞިލުވެފައިވާ ތަކެއްޗާއި ކަންކަމުގެ ބޭނުން ފުރިހަމައަށް ހިފައިގެން އުފާވެރި ޙަޔާތެއް ވޭތުކުރަން މިހާރު ފަށަން ވެއްޖެކަން ޤަބޫލުކުރާނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ އެންމެންވެސް ދަންނަ ފަދައިން، ވަގުތަކީ އެކަކަށްޓަކައިވެސް މަޑުކޮށްލާ އެއްޗެއް ނޫނެވެ. ވީމާ، ކުރަން ބޭނުން ކަންތައްތައް ކުރަން ފަށަންވީ މިހާރުއެވެ. ފޮނި މުސްތަޤްބަލެއްގެ އުންމީދުގައި ހުރެގެން، ބޭކާރު ގޮތުގައި، މިއަދު ދޫކޮށްލަންވީ ކީއްވެތޯ؟

ކުރީންވެސް ދެންނެވި ފަދައިން އުފަލުގައި އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކަމަކީ ގޭތެރެ ރީތިކޮށް ބެލެހެއްޓުން ފަދަ ކަމެކެވެ. އަގުހުރި ރީތި ތަކެތި ބަހައްޓާފައި، ”ކުނިބުނި“ ވާނީ އުކާލާށެވެ. އުފާ ލިބޭ ކަންތައްތައް ދިރިއުޅުމުން ހޯދުމަކީ އުފާވެރި ޙަޔާތަކަށް ކޮންމެހެން ބޭނުން ކަމެކެވެ. ކިޑިކީދޮރުން ބަލައިލާއިރު، ކުރިމަތީގައި އޮތް ރީތި މަންޒަރު ފެންނަނީ ބައެއް މީހުންނަށެވެ. އަނެއްބައި މީހުންނަށް ފެންނަނީ ހިރަފުސްބުރާފައިވާ ކިޑިކީދޮރު އެކަންޏެވެ. އާދެ! ކެޒެންޓްރާކިސް ގެ ބަސްކޮޅަށް ވިސްނަވާލައްވާށެވެ. ”ކަލޭގެ އަތުގައި ފިއްސާއި ކުލަތައް އެބަހުއްޓެވެ. ނަސީބުގެ މަންޒިލް ތަޞައްވަރުކޮށްލާފައި އެތެރެއަށް ވަންނާށެވެ“

Comments

One response to “އުފަލުގައި އުޅޭނީ ކިހެނެތް؟”

  1. website Avatar

    Softcore lesbian girls torrentSize 18 nude modelsDivx
    sex shopParentalvideo pornStraight guys dominationBuy vintage artBikini nipple tanlinesXhamster naughty mature
    naturistG-spot and clitoris vibrator reviews xnxx Handjob movies long nailsAmateur milf
    first time swallowCosmopoltian blended orgasmPiss in open mouthGay men who worship straight menHillary
    clinton nude pictureDrawing palace jungle bondage https://xxxxvideos.cc/
    Naked ape victoriaNaked girl pics videoSell vintage barbieSexy american teensPlaying with
    dickBaby hotel diapered spanked baby treatmentHormone replacement therapy for breast
    cancerQueerclick big cock xnxx Naked freNo to premarital sexFree online 3d
    sex visualizerSleeping twinks fondledTiny white pussy big black cock picturesThe last airbender katara sexFree uncut men cock pics uploadPron gayIsp tracking pornAdult size snow
    pants

Leave a Reply

Your email address will not be published. Required fields are marked *