Author: އެޑްމިން

  • ޅައިމަގު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ގެ މަޤާމަށް މީހަކު ހޯދަނީ

    ޅައިމަގު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ގެ މަޤާމަށް މީހަކު ހޯދަނީ

    ޅައިމަގު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި (more…)

  • ހެނދުނާ ހޭލުމުގެ މުހިއްމުކަން

    ހެނދުނާ ހޭލުމުގެ މުހިއްމުކަން

    8 ގަޑި އިރުގެ ނިދި ހަމަކުރުމަށްފަހު ހެނދުނާ ހޭލުމަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށާއި ސިކުނޑިއަށް އެތަކެއް ފައިދާތަކެއް އެކަމުން ކުރާކަމެކެވެ. ސައިންސްވެރިން ހާމަކުރާ ގޮތުގައި އަވަހަށް ހޭލައިގެން ހަމަޖެހިގެން ދުވަސް ކުރިއަށްގެންދާނެ ކުރު ގޮތެއް ރާވާލުމަށް ފަހު ދުވަހުގެ މަސައްކަތާއިގެން ކުރިއަށްދިއުމަކީ މީހާ ކަންނެތްކަން ފިލުވާލައި އިތުރަށް ސިކުނޑި ހަމަޖެހި ހުޅުވިގެންދާކެމެވެ. ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ނުވަތަ ސްޓްރެސް ފިލުވައިދޭކަމަކެވެ.

    ހެނދުނާ ހޭލުމަކީ މީހާ ހީވާގިވެ ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައިވީނަމަވެސް އެކަމެއްކުރުމަށް އިތުރަށް ފަސޭހަވެގެންދާކަމެވެ. އަދި ކަންކަން ރާވައި އިންތިޒާމުކުރުމުގެ އިތުރުން ދުވަހުގެ ލަނޑުދަނޑިތައް ފަސޭހަކަމާއި އެކު ހާސިލްވުމަށް ސިކުނޑިއަށް ލިބޭ ބާރެކެވެ. އަވަހަށް ހޭލާ މީހަކަށް ރޭގަނޑު އަވަހަށް ނިދަން ފަސޭހަވާނެއެވެ. އެހެން ކަމުން ހަށިގަނޑަށް ދިމާވާ އެކި އެކި ބަލިތަކުން ރައްކާތެރިކޮށްދީ މީހާގެ ކެއުން ބުއިމުގެ މިންގަނޑު އެދެވޭ ގޮތެއްގައި ހިފެހެއްޓި ދުވަސް ތާޒާކަންމަތީ ދެމިގެންދާނެއެވެ.

    ޓެކްސަސް ޔުނިވާސިޓީގެ ދިރާސާއަކުން ދެއްކި ގޮތުން އަވަހަށް ހޭލާ މީހުންގެ ތޫނުފިލިކަން އިތުރުވެއެވެ. އެގޮތުން އެ ޔުނިވާސިޓީ އިން ބޭއްވި އިމްތިހާނެއްގައި ދެ ގަޑިއަކަށް ބަހާލައިގެން ދަރިވަރުންތަކަކަށް ބައިވެރިވުމުގެ ފުރުސަތު ދިނެވެ. ނަމަވެސް ހެނދުނު އަވަހަށް ހޭލައިގެން އައިސް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ އެހެން ބައިވެރިންނަށް ވުރެ މަތިކަމަށް އެ ޔުނިވާސިޓީ އިން ވަނީ ހާމަކޮށްފައެވެ. މީގެއިން ދޭހަކޮށްދެނީ އަވަހަށް ހޭލުމުގެ ސަބަބުން މީހާގެ ސިކުނޑި މަސައްކަތްކުރާ ގޮތް ހުރިހާ ގޮތަކުން ވެސް ރަނގަޅުވެފައި މާ ފައިދާ ބޮޑުކަމެވެ. އަދި އެހެން ދިރާސާއަކުން ދެއްކި ގޮތުގައި އަވަހަށް ހޭލާ މީހުންގެ ހަށިގަނޑުގައި ޕޮސިޓިވް އެނާޖީ އިތުރުވާކަމެވެ. މި ފާހަގަކުރެވުނު ޕޮޒިޓިވް އެނާޖީގެ ސަބަބުން މީހާ ހިތްހަމަޖައްސައިދީ ނުތަނަވަސް ކަމުން ދުރުކޮށްދީ ކަންތައްތަކާއި ދޭތެރޭ ދޭތެރޭ ދެކޭގޮތް އާއްމު ހާލަތަށް ވުރެ ރަނގަޅުވެއެވެ. އަދި މިފަދަ މީހުންނަކީ ދިރިއުޅުމުގެ ހުރިހާ ހިސާބެއްގައި ވެސް އާއްމު ގޮތެއްގައި ހިތްހަމަޖެހިގެން ދިރިއުޅުން ހޭދަކުރާމީހުންނެވެ.

     

    މީގެ އިތުރުން ސައިންސްވެރިން ހާމަކުރިގޮތުގައި ހެނދުނު އަވަހަށް ހޭލުމުގެ ސަބަބުން ހަންގަނޑު ރީތިވެ މީހާގެ ބުރުސޫރަ ރީތިވެއެވެ. އެގޮތުން ހެނދުނު ހޭލައިގެން ކަސްރަތުކުރުމުގެ ސަބަބުން ގައިން ބޭކާރު މާއްދާތައް ދަލުގެ ޒަރިއްޔާއިން ބޭރުވެ ލޭގައި އޮކްސިޖަން އިތުރުވެ ހަންގަނޑު ރީތިވެ މީހާގެ މޫނުމަތީގައި ތަފާތު އަލިކަމެއް ހުންނާނެކަމަށް ވެސް ފަންނީ މާހިރުން ވިދާޅުވެއެވެ.

    އަވަހަށް ހޭލުމުގެ ސަބަބުން ދުވަހުގެ މުހިއްމު ކަންކަންތައް ކުރުމަށް އިސްކަންދޭން ފަސޭހަވާކަމެކެވެ. އެގޮތުން އަރާމު ނިންޖަކަށްފަހު ހެނދުނު ހޭލާއިރު ސިކުނޑި ހުންނާނީ ދުވަހުގެ އެހެން ވަގުތުތަކަށް ވުރެ ހަމަޖެހިފައެވެ. ސިކުނޑިން އަމިއްލައަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެންނަށް ނޭނގިނަމަވެސް ބަރާބަރަށް ކުރިއަށް ގެންދާނެކަމަށް ވެސް ސައިންވެރިންގެ މައުލޫމާތުތަކުން އެނގި ސާފުވާން އެބައޮތެވެ. އަދި ހެނދުނުގެ ވަގުތުތަކީ ސިކުނޑި އެންމެ ބަރާބަރަށް މަސައްކަތްކުރާ ގަޑިކަމަށް ވެސް ފަންނީ މާހިރުން ވިދާޅުވެއެވެ. އެހެންކަމުން އެގަޑީގައި ކުރާ މަސައްކަތްތައް ދުވަހުގެ އެހެން ގަޑިތަކަށް ވުރެ ފުރިހަމަވެފައި ކުރަން ފަސޭހަވުމުގެ އިތުރަށް އެކަމުގެ ނަތީޖާވެސް ރަނގަޅުވާނެއެވެ.

    ހެނދުނުގެ ގަޑިއަކީ މަޑުމައިތިރި ހިތްހަމަޖެހޭ ހިތްގައިމު ވަގުތެކެވެ. އިރުގެ އަލިކަން ފާޅުވާ ގަޑިއަކީ އޭގައި ތަފާތުކަމެއް އެކުލެވޭ ވަގުތެކެވެ. ހެނދުނުގެ އަވިން އިންސާނާގެ ހަށިގަނޑަށާއި ސިކުނޑިއަށް އެތަކެއް ބައިވަރު ފައިދާތަކެއް ކުރާކަން އަޅުގަނޑުމެން އެންމެންނަށް އެކި ސައިންސްވެރިންގެ ހޯދުންތަކުންގެ އަލީގައި އެނގިލައްވާނެއެވެ. އެހެން ކަމުން ހެނދުނު އަވަހަށް ހޭލާ މީހަކަށް ހެނދުނުގެ މި ދެންނެވި ފައިދާތައް ލިބިގެންދާނެއެވެ. ދާންޖެހޭ ތަނަކަށް ހަމަޖެހިގެން ވަގުތުގެ ކުރިއަށް ދެވޭނެއެވެ. މިހުރިހާ ކަންކަމަކީވެސް އޭގެ ސަބަބުން އިންސާނާގެ ދިރިއުޅުމާއި ދުޅަހެޔޮކަމާއި ސިއްހަތާއި ގުޅިފައި ހުންނަ ކަންތައްތަކެވެ. މިފަދައިން އަމަލުކުރާ މީހުންނަކީ އާއްމުކޮށް ދިރިއުޅުމުގައި ބޭނުންވާ މިންގަނޑުތަކަށް ބޭނުންވާ ކަންކަން ހާސިލްކޮށްގެން ތިބޭ މީހުންނެވެ. އެގޮތުން އަޅުގަނޑުމެން ދަންނަ މަޝްހޫރު ގިނަ ޝަޚްސިއްޔަތުތަކަކީ މި ދެންނެވި ފަދަ ކަންކަމަށް ތާއަބަދު ސަމާލުކަންދީގެން ކުރިއަރާފައިވާ މީހުންނެވެ. ކޮންމެ ކަމެއް ވެސް ފެށޭނީ ހިތްވަރާއިއެކު ފެށީމައެވެ. އަދި އެކަމުގެ ނަތީޖާ ވަގުތުން ނުފެނުނު ކަމުގައި ވީނަމަވެސް ފަހުން އޭގެ ހިތްހަމަޖެހުމާއި ފައިދާ އަމިއްލައަށް ކުރަން ފެށީމަ އިހްސާސްވާނެއެވެ. ހުރިހާ ބޭފުޅުންވެސް ކޮންމެ ދުވަހަކު ހެނދުނު އަވަހަށް ހޭލަން އާދަކުރެއްވުމަކީ ދުވަސްތައް ބާއްޖަވެރިވެ މީހާއަށް ހިތްހަމަޖެހުން ލިއްބައިދޭނެކަމެކެވެ.

  • މާއުނގޫދޫ ސުކޫލްގެ އިސްވާރުންނަށް މަޤާމް ހަވާލުކޮށްފި

    މާއުނގޫދޫ ސުކޫލްގެ އިސްވާރުންނަށް މަޤާމް ހަވާލުކޮށްފި

    2021 އަދި 2022 ވަނަ އަހަރަށް މާއުނގޫދޫ ސުކޫލްގެ އިސްވާރުންނަށް މަޤާމް ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވައިފި އެވެ. (more…)

  • ”ކަނބުލޮ އަތިރި“ ހުޅުވައިފި

    ”ކަނބުލޮ އަތިރި“ ހުޅުވައިފި

    މާއުނގޫދޫގެ ޒުވާން ވިޔަފާރިވެރިއެއް ކަމުގައިވާ ލުނބޯމާ އިއްސެ ތަރައްޤީކުރި ”ކަނބުލޮ އަތިރި“ ހުޅުވައިފި (more…)

  • އަލަށް ގެނެވުނު ޖެންސެޓު އިންސްޓޯލްކޮށް ޚިދުމަތްދޭން ފަށައިފި

    އަލަށް ގެނެވުނު ޖެންސެޓު އިންސްޓޯލްކޮށް ޚިދުމަތްދޭން ފަށައިފި

    މާއުނގޫދޫ ގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އަލަށް ގެނެވުނު 400 ކވ ގެ ޖެންސެޓް އިންސްޓޯލްކޮށް ޚިދުމަތްދޭންފަށައިފި (more…)

  • މާއުނގޫދޫ ޞިއްޙީ މަރުކަޒުގައި ހެމަޓޮލޮޖީ އެނަލައިޒާ ބޭނުންކުރަންފަށައިފި

    މާއުނގޫދޫ ޞިއްޙީ މަރުކަޒުގައި ހެމަޓޮލޮޖީ އެނަލައިޒާ ބޭނުންކުރަންފަށައިފި

    މާއުނގޫދޫ ޞިއްޙީ މަރުކަޒުގެ ލެބޯޓުރީގައި ހެމަޓޮލޮޖީ އެނަލައިޒާ ބޭނުންކުރަންފަށައިފި (more…)

  • ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ނަމުގައި ފައިސާ ހޯދަން ގުޅާތީ ސަމާލުވާން އެދެފި

    ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ނަމުގައި ފައިސާ ހޯދަން ގުޅާތީ ސަމާލުވާން އެދެފި

    މާއުނގޫދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން ގުޅަމުންދާތީ އެކަމަށް ސަމާލުވުމަށް އެ މަރުކަޒުން އެދެފި އެވެ. (more…)

  • މާއުނގޫދޫ އަށް އަނެއްކާ އާ ޖެންސެޓެއް

    މާއުނގޫދޫ އަށް އަނެއްކާ އާ ޖެންސެޓެއް

    މާއުނގޫދޫގެ ކަރަންޓުގެ ޙިދުމަތް ރަނގަޅު ކުރުމަށްޓަކައި އިތުރު ޖެންސެޓެއް މިއަދު ހެނދުނު 9:30 ގައި ފެނަކަ މާއުނގޫދޫ ބުރާންޗަށް ވަނީ ގެނެވިފައެވެ. (more…)

  • ޅައިމަގުން ދިރޭ ޖަނަވާރު ގެންގުޅުމަށް ބިން ކުއްޔަށް ދޫކުރަނީ

    ޅައިމަގުން ދިރޭ ޖަނަވާރު ގެންގުޅުމަށް ބިން ކުއްޔަށް ދޫކުރަނީ

    ޅައިމަގު ކައުންސިލުން ދިރޭ ޖަނަވާރު ގެންގުޅުމަށް ދޫކޮށްފައިވާ 3 ބިމުގެ މުއްދަތު ހަމަވާތީ އަލުން ކުއްޔަށް ދޫކުރުމަށް ޢިއުލާނުކޮށްފިއެވެ. (more…)

  • ބުދަ ދުވަހު ނީލަމެއް

    ބުދަ ދުވަހު ނީލަމެއް

    ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައު މުދަލާއި ރުއް ނީލަންކިޔުމަށް ނިންމައިފިއެވެ. (more…)