އަލަށް ގެނެވުނު ޖެންސެޓު އިންސްޓޯލްކޮށް ޚިދުމަތްދޭން ފަށައިފި

މާއުނގޫދޫ ގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އަލަށް ގެނެވުނު 400 ކވ ގެ ޖެންސެޓް އިންސްޓޯލްކޮށް ޚިދުމަތްދޭންފަށައިފިމިދިއަ ބުދަދުވަހު ގެނެވުނު ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ފެނަކަ މާއުނގޫދޫ ބުރާންޗުގެ ހީވާގި މުވައްޒަފުން ވަނީ ހަމައެދުވަހު ފަށާފައެވެ. އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމާ މިއަދު ހެނދުނު 8:30 ގައި ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

އަލަށް ގެނެވުނު 400 ކވ ގެ ޖެންސެޓް

މިއަދު ޚިދުމަތް ދޭންފެށުނު ޖެންސެޓާއެކު ރަށުން ކަރަންޓް ކަނޑައިގެން ދިއުމުގެ މައްސަލަ އަށް އެކަށީގެންވާ ރަނގަޅު ހައްލެއް ލިބިގެންދާނެކަމަށް ވެއެވެ. މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް މާއުނގޫދޫ އަށް ވަނީ 3 ޖެންސެޓެއް ގެނެވިފައެވެ. އެއީ 400 ކވ 2 ޖެންސެޓް އަދި 168 ކވ ގެ ޖެންސެޓެވެ. މިއަދު މި ގެނެވުނު ޖެންސެޓާއެކު މި ސަރުކާރުން 960 ކވ ގެ ކަރަންޓު އުފެއްދޭނެ ޤާބިލްކަން މިވަނީ މާއުނގޫދޫ ފެނެކަ ބުރާންޗުގައި ޤާއިމްކޮށްދީފައެވެ.
މިއަދު މި ބެހެއްޓުނު ޖެންސެޓާއެކު ކަރަންޓުގެ ޙިދުމަތް ދިނުމަށް ބޭނުންކުރާނީ 400 ކވ ގެ 2 ޖެންސެޓާއި 128 ކވ ގެ ޖެންސެޓެއްގެ އިތުރުން ސޯލާއިން އުފައްދާ ކަރަންޓު ކަމަށް މައުލޫމާތު ލިބެއެވެ.
އެމް.ޑީ.ޕީ ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މާއުނގޫދޫގެ ކަރަންޓުގެ ޚިދުމަތް ތަރައްޤީކޮށް ޒަމާނީ ކުރުމަށްޓަކައި އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އައު ޖެންސެޓްތައް ގެނައުމުގެ އިތުރުން އިންޖީނުގޭގެ އައު އިމާރާތް އެޅުމުގެ މަސައްކަތާއި ކަރަންޓު ނެޓްވޯރކް އަޕްގުރޭޑް ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

Comments

One response to “އަލަށް ގެނެވުނު ޖެންސެޓު އިންސްޓޯލްކޮށް ޚިދުމަތްދޭން ފަށައިފި”

  1. Alfonso Avatar

    I am revular visitor, hhow are you everybody?
    This paragraph poste at thiss web site iss in fact nice.
    xnxx

Leave a Reply

Your email address will not be published. Required fields are marked *