މާއުނގޫދޫ އަށް އަނެއްކާ އާ ޖެންސެޓެއް

މާއުނގޫދޫގެ ކަރަންޓުގެ ޙިދުމަތް ރަނގަޅު ކުރުމަށްޓަކައި އިތުރު ޖެންސެޓެއް މިއަދު ހެނދުނު 9:30 ގައި ފެނަކަ މާއުނގޫދޫ ބުރާންޗަށް ވަނީ ގެނެވިފައެވެ.

މިއަދު ގެެނެވިފައިވަނީ 400 ކވ ގެ އާ ޖެންސެޓެކެވެ. މިހާރު މާއުނގޫދޫގެ ކަރަންޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކަރަންޓު ދިނުމަށް ބޭނުންކުރަމުންދަނީ އެންމެ ޖެންސެޓެއް ކަމުން އެ ޖެންސެޓްގެ އަވަރލީ މެއިންޓަނަންސް ކުރުމަށް މުޅިރަށުން ކަރަންޓު ކަނޑާލަންޖެހުމެވެ.

މިއަދު މި ގެނެވުނު ޖެންސެޓާއެކު އެމައްސަލަ ހައްލުކުރެވިގެންދާނެކަމަށް ކަމުގެ މާހިރުން ގަބޫލުކުރައްވައެވެ. މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް މާއުނގޫދޫ އަށް ވަނީ ދެ ޖެންސެޓެއް ގެނެސްފައިވެ. އެއީ 400 ކވ އަދި 168 ކވ ގެ ޖެންސެޓެވެ. މިއަދު މި ގެނެވުނު ޖެންސެޓާއެކު މި ސަރުކާރުން 960 ކވ ގެ ކަރަންޓު އުފެއްދޭނެ ޤާބިލްކަން މިވަނީ މާއުނގޫދޫ ފެނެކަ ބުރާންޗުގައި ޤާއިމްކޮށްދީފައެވެ.

 

Comments

Leave a Reply

Your email address will not be published. Required fields are marked *