loader image
22 May 2025, Thu

ޅައިމަގުން ދިރޭ ޖަނަވާރު ގެންގުޅުމަށް ބިން ކުއްޔަށް ދޫކުރަނީ

ބަލާފައިވަނީ: 323
ކިޔުމަށް ހޭދަވާނީ:37 ސިކުންތު

ޅައިމަގު ކައުންސިލުން ދިރޭ ޖަނަވާރު ގެންގުޅުމަށް ދޫކޮށްފައިވާ 3 ބިމުގެ މުއްދަތު ހަމަވާތީ އަލުން ކުއްޔަށް ދޫކުރުމަށް ޢިއުލާނުކޮށްފިއެވެ.

2000 އަކަފޫޓުގެ 3 ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައި ވަނީ އެރަށު ސަރުދާރުމަގުގެ ހުޅަނގުން ނެވެ. ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ އެންމެ ދައް އަގަކީ މަހަކު އަކަފޫޓެއް 60 ލާރީގެ މަގުންނެވެ. އަދި ބިންތައް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މިބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިންތައް ކުއްޔަށް ހިފުމަށް ހުށައަޅާ ފަރާތްތަކުގެ ޕުރޮޕޯސަލްތައް ޅައިމަގު ކައުންސިލުން ދިރާސާ ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުން ބިން ދޫކުރުމަށް ކަނޑައެޅިފައިވާ އަދަދަށެވެ. ބިމުގެ ތަރުތީބު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ޅައިމަގު ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިބިންތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 31 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 13:30 އަށް ޅައިމަގު ކައުންސިލަށް ޕުރޮޕޯސަލްތައް ހުށައެޅުމަށެވެ. އިތުރު މަޢުލޫމާތު އެ ކައުންސިލްގެ ފޯން 6540051 ގުޅުމުން ލިބިގެންދާނެއެވެ.

 

 

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *