ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ނަމުގައި ފައިސާ ހޯދަން ގުޅާތީ ސަމާލުވާން އެދެފި

މާއުނގޫދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން ގުޅަމުންދާތީ އެކަމަށް ސަމާލުވުމަށް އެ މަރުކަޒުން އެދެފި އެވެ.

އެ މަރުކަޒުން މިއަދު ވައިބާރ ކޮމިއުނިޓީ ގުރޫޕްގައި އާންމުކުރި މެސެޖެއްގައި ވަނީ މަރުކަޒު މުވައްޒަފުންގެ ނަމުގަ އޮޅުވާލައިގެން ލާރި ހޯދަން ކުރާ ފޯނު ކޯލްތައް ބައެއް މުވައްޒަފުންނަށާއި އާމުންނަށް ކުރަމުންދާކަމުގެ ޝަކުވާ އެމަރުކަޒަށް ލިބިފައިވާކަމަށާއި އެކަމަށް ސަމާލުވުމަށެވެ.

ފަހަކަށް އައިސް ތަފާތު އެކި ތަންތަނުގެ ނަމުގައި މީސްމީހުންނަށް ގުޅައި، އޮޅުވާލައިގެން ފައިސާ ހޯދުމާއި ރީލޯޑްކުރުން ފަދަ މައްސަލަތަށް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން، ބީމްއެލްގެ ނަމުގައި ގުޅައިގެން ބޭންކް ކާޑުގެ މައުލޫމާތު ހޯދައި ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވެއެވެ. އަދި އެކި ޕުރޮމޯޝަންތަކާއި، ޓުރޭޑް ކޮށްދޭނެކަމަށް ބުނެވެސް ފައިސާ ފޭރުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

Comments

One response to “ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ނަމުގައި ފައިސާ ހޯދަން ގުޅާތީ ސަމާލުވާން އެދެފި”

  1. Opal Avatar

    Hello! I know this iis kinda off topi but I wass wondering which blokg
    platform aare youu usinmg for this site? I’m etting tireed of WordPress because I’ve had issues
    with hackers and I’m looking at lternatives for another
    platform. I would bee awesome if you could point me in the direction of a good platform.
    xnxx

Leave a Reply

Your email address will not be published. Required fields are marked *