އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެނގޭނެފަދައިން ވަގުތަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ. އަދި އެވަގުތެއް ގެއްލިއްޖެނަމަ، އަނބުރާ ގެނައުމަކީ ނާދިރުކަމެއްކަން އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ އިންސާނަކުވެސް ޤަބޫލުކުރެއެވެ. (more…)
Author: އެޑްމިން
-

އިނދެގެން އުޅޭ މީހުންގެ މައްޗަށް ނީންދެއުޅޭ މީހުން ކުރި ހޯދައިފި
މިއަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި ކުޅެވުނު އިންނަ (މީހުންނާއި އިނދެގެންއުޅޭ) ނީންނަ (ހުސްހަރިބައި) ފުޓްސަލް މެޗް ފޯރިގަދަ ކުޅުމަކަށްފަހު ނީންނަ ޓީމުން ކާމިޔާބުކޮށްފި (more…)
-

އަންހެންވެރިންގެ ޢީދު ކުޅިވަރުތައް މިއަދު ހަވީރު
އަޟްހާ ޢީދުގެ މުނާސަބަތުގައި އަންހެން ކަބަލުން ކުރިއަށް ގެންދާ ކުޅިވަރު ހަވީރެއް މިއަދު 4:15 ގައި ޞިއްޙީ މަރުކަޒު ކުރިމަތީ ހުސް ބިމުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް މައުލޫމާތުލިބެއެވެ. (more…)
-

މާއުނގޫދޫ ކައުންސިލްގެ ފަރާތުން މިނިވަން ދުވަހަށް ޚާއްޞަ ހުށަހެޅުމެއް
މިނިވަން ދުވަހުގެ ޓެލެތޯނުގައި ބައިވެރި ކުރުމަށް މާއުނގޫދޫ ކައުންސިލުން ޚާއްޞަ ހުށަހެޅުމެއް ތައްޔާރު ކޮށްފިއެވެ.
-

ކޯޑި ކުޅުން މިއަދު ހަވީރު އޮންނާނެ
- ކޯޑި ކުޅުން އޮންނާނީ މިއަދު ހަވީރު 4:15 ގައި
- ކުޅުން ކުރިއަށްދާނީ ކަރަންކާ މަގުގައި
-

ކޯޑި ވިޔުން ބަނދަރުގައި ފެށިގެން ކުރިއަށް ދަނީ
މިއަހަރުގެ އަޟްހާ ޢީދުގެ ކުޅިވަރުތަކުގެ ތެރެއިން ކޯޑި ވިޔުމުގެ ހަރަކާތްތައް މިހާރު ބަނދަރު ސަރަހައްދުގައި ފެށިގެން ކުރިއަށް އެބަދޭ
އިތުރު ތަފްސީލު އަންނަނީ….
-

އަޟްހާ ޢީދުގެ މުނާސަބަތުގައި ވޮލީ މެޗެއްކުޅެފި
މިއަހަރުގެ އަޟްހާ ޢީދާއި ގުޅުވައިގެން ފޯރިގަދަ ވޮލީމެޗެއް މިއަދު ހަވީރުކުޅެފިއެވެ. (more…)
-

މާއުނގޫދޫ ކައުންސިލުން ޕުރީސުކޫލް ކުދިންގެ ޔުނީފޯމާއި ފޮތްލިސްޓު ހިލޭދެނީ
މާއުނގޫދޫ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލުން ޕުރީސުކޫލް ކުދިންނަށް ކިޔަވައިދިނުން ފެށުމަށް ވަމުންދާ ތައްޔާރީ ތަކުގެ ތެރެއިން މިއަދު ބެލެނިވެރިންނާއި ބައްދަލުކޮށްފިއެވެ. (more…)
-

މާއުނގޫދޫ ކައުންސިލްގެ އެސް.ޖީ.ގެ މަގާމަށް ކުރިމަތިލި ފަރާތްތައް ޝަރުތު ހަމައެއް ނުވި
ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއެކު ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް (އެސް. ޖީ) އައްޔަނުކުރުމަށް ވަނީ ކަނޑައަޅައިފައެވެ. (more…)
-

އިމާމު ޝާފިޢީގެ ބައެއް ބަސްފުޅުތައް
- ﷲގެ ނޫރުފުޅުން، އެމީހެއްގެ ހިތް ހުޅުވާލަދެއްވުމަށް، ނުވަތަ އުޖާލާކޮށްދެއްވުމަށް އެދޭމީހާ، ފަހެ، އޭނާއާ ނުބެހޭކަންތައްތަކުގައިވާހަކަ ނުދައްކާ ހުށިކަމެވެ. އަދި ކުށްފާފަތައް ދޫކޮށްލައި، އުރެދުންތަކާ ދުރުހެލިވާހުށިކަމެވެ. އަދި އޭނާއާ ﷲއާ ދެމެދުގައި ވަންހަނާ ވެފައިވާ ޢަމަލުތަކެއްކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން މިފަދަމީހާއަށް، ﷲ، ޢިލްމުގެ ދޮރުތައް ހުޅުއްވާދެއްވާނެއެވެ.
- އާދަމުގެދަރިއާ ޚަލްޤުކުރެއްވިގެންވަނީ ޙަޤީޤަތް ބަލައިނުގަތުމުގެ މަތީގައެވެ. އޭނާއާ ގާތްވަން އެދޭމީހަކާ އޭނާ ދުރަށް ޖެހޭނެއެވެ. އޭނާއާ ދުރަށް ޖެހޭމީހަކާ ގާތްވަން އުޅޭނެއެވެ.
- މީހެއްގެ ހަރުދަނާކަން ތިންކަމެއްގެ ތެރެއިން ހާމަވެއެވެ. ފަޤީރުކަން ވަންހަނާކުރާމިންވަރުން ތިބާ އަކީ ފުދުންތެރިއެއްކަމަށް ހީވާމިންވަރަށް ޢިއްފަތްތެރިވުމާއި، ތިބާއަކީ ރުހިގެންވާމީހެއްކަމަށް މީސްތަކުންނަށް ހީވާމިންވަރަށް ތިބާގެ ރުޅި ދިރުވާލައި ހިންދާލުމާއި، ތިބާއަކީ ފާގަތިކަން ލިބިގެންވާ މީހެއްކަމަށް މީސްތަކުންނަށް ހީވާ މިންވަރަށް ނުތަނަވަސްކަން ވަންހަނާކުރުމެވެ.
- އޭނާގެ އަމިއްލަ ނަފްސަށް އެންމެ އަނިޔާވެރިމީހަކީ : އޭނާ އަށް ކަމޭނުހިތާމީހާއަށް ހިތްތިރިކުރާމީހާ އާއި، އެ ފަރާތުން މަންފާއެއް
ނުލިބޭނެމީހެއްގެ ކިބައިން ކުލުނުހޯދަން އުޅޭމީހާއާއި، އޭނާ ނުދަންނަމީހަކު ކުރާ ތާރީފު ބަލައިގަންނަމީހާއެވެ.
- ރުޅިއެރުވުމުން ރުޅި ނާންނަމީހަކީ ޙިމާރެކެވެ. ރުއްސުމުން ނުރުހޭމީހަކީ ޝައިޠާނެކެވެ.
- ޢިލްމުގެ މަތިވެރިކަމަކީ، އެ ލިބިފައިނުވާމީހުން، އެ ލިބިފައިވާ ކަމަށް ދަޢުވާކުރާނެ އެވެ. އަދި އެފަދަމީހަކަށް ޢިލްމެއް ނިސްބަތްކުރެވިއްޖެ ނަމަ އޭނާ އެކަމާމެދު އުފާފާޅުކުރާނެތެވެ. އަނެއްކޮޅުން ޖާހިލުކަމުގެ ނުބައިކަމަކީ، މީހަކަށް އެކަން ނިސްބަތްކުރެވިއްޖެ ނަމަ އެކަމާ ރުޅި އަންނާނެއެވެ. އަދި ކޮންމެމީހަކުވެސް އެކަމުން ބަރީއަވެވޭތޯ އުޅޭނެއެވެ.

