loader image
22 May 2025, Thu

މާއުނގޫދޫ ކައުންސިލްގެ ފަރާތުން މިނިވަން ދުވަހަށް ޚާއްޞަ ހުށަހެޅުމެއް

ބަލާފައިވަނީ: 1065
ކިޔުމަށް ހޭދަވާނީ:31 ސިކުންތު

މިނިވަން ދުވަހުގެ ޓެލެތޯނުގައި ބައިވެރި ކުރުމަށް މާއުނގޫދޫ ކައުންސިލުން ޚާއްޞަ ހުށަހެޅުމެއް ތައްޔާރު ކޮށްފިއެވެ.

ޕީއެސްއެމުން ޖުލައި 26  ގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ރާއްޖޭގެ މިނިވަން ދުވަހުގެ ޚާއްސަ ޓެލެތޯނުގައި ދެއްކުމަށް މާއުނގޫދޫ އިން ތައްޔާރު ކޮށްފައިވަނީ ދުވަހާ ގުޅޭ ވީޑިއޯ ލަވައެކެވެ. މިލަވައިގެ ހުރިހާ މަސައްކަތެއް މިހާރު ނިންމާ މިނިސްޓުރީ އޮފް ހޯމް އެފައާޒަށް ހުށަ އަޅާފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ފަހުން ތައްޔާރު ވާން ލިބިފައިވަނީ ވަރަށް ކުޑަ މުއްދަތެއް ކަމަށާއި ލިބުނު 7 ދުވަސްތެރޭގައި މިމަސައްކަތް ހަލުވިމިނެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެކި ގޮތްގޮތުން ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެން ދިޔަކަށް ކައުންސިލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުދަންނަވައެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް  ޕީއެސްއެމުން ބާއްވާ   ޚާއްސަ ޓެލެތޯނުގައި ބައިވެރި ވުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުން އަންނަނީ ތައްޔާރު ވަމުންނެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *