މާއުނގޫދޫ ކައުންސިލުން ޕުރީސުކޫލް ކުދިންގެ ޔުނީފޯމާއި ފޮތްލިސްޓު ހިލޭދެނީ

މާއުނގޫދޫ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލުން ޕުރީސުކޫލް ކުދިންނަށް ކިޔަވައިދިނުން ފެށުމަށް ވަމުންދާ ތައްޔާރީ ތަކުގެ ތެރެއިން މިއަދު ބެލެނިވެރިންނާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުމުގައި ޕުރީސުކޫލްގެ ޔުނީފޯމާއި ފޮތްލިސްޓުވަނީ ތަޢާރަފުކޮށްފައެވެ. މާއުނގޫދޫ.ކޮމް އަށް މައުލޫމާތު ދެމުން މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ވިދާޅުވެފައިވަނީ ޕުރީސުކޫލް ހިލޭކުރުމަކީ ކައުންސިލު އިންތިޚާބުގެ ކެންޕެއިން ވަޢުދެއްކަމަށާއި އެކަން އިރާދަކުރެއްވިޔާ ވަރަށް ފުރިހަމައަށް ފުއްދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޕުރީސުކޫލްގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ޔުނީފޯމާއި ފޮތްލިސްޓު ހިލޭ ދިނުމަށް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.

 

ފޮޓޯ: މާއުނގޫދޫ ކައުންސިލް އެފް.ބީ ޕޭޖް

މާއުނގޫދޫ ކައުންސިލުން ހިންގާ ޕުރީސުކޫލް ކުލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ހުއްދައާއި އެކު މާއުނގޫދޫ ސުކޫލްގައެވެ. ކުލާސްތައް ކުރިއަށް ގެންދިއުމަށް ކައުންސިލުން ރާވާފައި ވަނީ މެންދުރު ފަހުގެ ވަގުތު ތަކުގައި ކަމަށް ކައުންސިލްގެ ރައީސް މައުލޫމާތުދެއްވައެވެ.

ފޮޓޯ: މާއުނގޫދޫ ކައުންސިލް އެފް.ބީ ޕޭޖް

ޕުރީސުކޫލް ކުލާސްތަކުގެ ކުދިންނަށް ކިޔަވައިދޭން ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާކަން ފާހަގަ ކުރެވެއެވެ. ކައުންސިލުން މަސައްކަތް ކުރުންދަނީ ދިރާސީ އައު އަހަރުގެ ކިޔެވުމާއި އެކު ހިލޭ ޕުރީސުކޫލްގެ ޙިދުމަތް ފެށުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ. މާއުނގޫދޫ ކައުންސިލަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމް.ޑީ.ޕީ ގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

Comments

Leave a Reply

Your email address will not be published. Required fields are marked *