loader image
22 May 2025, Thu

މާއުނގޫދޫ ކައުންސިލްގެ އެސް.ޖީ.ގެ މަގާމަށް ކުރިމަތިލި ފަރާތްތައް ޝަރުތު ހަމައެއް ނުވި

ބަލާފައިވަނީ: 320
ކިޔުމަށް ހޭދަވާނީ:24 ސިކުންތު

ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއެކު ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް (އެސް. ޖީ) އައްޔަނުކުރުމަށް ވަނީ ކަނޑައަޅައިފައެވެ. ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އެސް.ޖީ އިން ހޯދުމަށް 20 ޖޫން 2021 ގައި ސިވިލް ސާރވިސް ކޮމިޝަނުން ވަނީ އިޢުލާން ކޮށްފައެވެ. މި އިޢުލާނާއި ގުޅިގެން މާއުނގޫދޫ ކައުންސިލްގެ އެސް.ޖީ.ގެ މަޤާމަށް ދެފަރާތަކުން ކުރިމަތިލާފައިވާކަން ސިވިލް ސާރވިސް ކޮމިޝަނުން މިރޭ އާންމުކުރި ސުކުރީނިންގ މަރުހަލާގެ ނަތީޖާއިން މިވަނީ ހާމަވެފައެވެ. ސުކުރީނިންގ މަރުހަލާގެ ނަތީޖާ ޝީޓުން ހާމަވާގޮތުގައި މާއުނގޫދޫ ކައުންސިލްގެ އެސް.ޖީ.ގެ މަގާމަށް ކުރިމަތިލާފައިވަނީ 29 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. މީގެ ތެރެއިން އެއްވެސް ފަރާތެއް އެ މަޤާމަށް ޝަރުތު ހަމަނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *