Author: އެޑްމިން

  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދަނޑުބިމެއް ދީފި

    އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދަނޑުބިމެއް ދީފި

    މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އާމްދަނީ އިތުރު ކުރުމަށް ދަނޑުވެރިކަން ކުރުމަށް ދަނޑުބިމެއް މާއުނގޫދޫ ކައުންސިލުން ދީފި. (more…)

  • ފެނާއިނަރުދަމާގެ ފެސިލިޓީ އިމާރާތް ހިޔާކުރަން ފަށައި

    ފެނާއިނަރުދަމާގެ ފެސިލިޓީ އިމާރާތް ހިޔާކުރަން ފަށައި

    ސަރުކާރުން މާއުނގޫދޫގެ ފެނާއި ނަރުދަމާގެ ޙިދުމަތް ޤާއިމުކުރުމަށް އަޅަމުންދާ ފެސިލިޓީ އިމާރާތް ހިޔާކުރުމުގެ މަސައްކަތް ފަށައިފިއެވެ. (more…)

  • ބޭބީނާސަރީ އަދި ނާސަރީގެ ކިޔެވުން ފަށައިފި

    ބޭބީނާސަރީ އަދި ނާސަރީގެ ކިޔެވުން ފަށައިފި

    މާއުނގޫދޫ ކައުންސިލުން ކުރިއަށްގެންދާ ބޭބީނާސަރީ އަދި ނާސަރީ ކުލާސްތައް މިއަދު ފަށައިފިއެވެ. (more…)

  • މުޅިން އާކަރަންޓު ނެޓްވޯރކެއް އަޅަނީ

    މުޅިން އާކަރަންޓު ނެޓްވޯރކެއް އަޅަނީ

    މާއުނގޫދޫ ރައްޔިތުންނަށް ކަރަންޓު ދިނުމަށްޓަކައި މިހާރު ބޭނުންކުރެވެމުންދާ ކަރަންޓު ނެޓްވޯރކަަކީ ރައްޔިތުން އިންޖީނުގެ ހިންގިދުވަސްވަރު ރަށުގައި އަޅާފައިވާ ކަރަންޓު ނެޓްވޯރކެއް (more…)

  • ވަރަށް އަވަހަށް އާޖެންސެޓެއް މާއުނގޫދޫއަށް ލިބިގެންދާނެ: ފެނަކަ އެމް.ޑީ

    ވަރަށް އަވަހަށް އާޖެންސެޓެއް މާއުނގޫދޫއަށް ލިބިގެންދާނެ: ފެނަކަ އެމް.ޑީ

    މާއުނގޫދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އާ ޖެންސެޓެއް ވަރަށް އަހަށް ފެނަކަ މާއުނގޫދޫ ބުރާންޗަށް ލިބިގެންދާނެކަމަށް އެމް.ޑީ އަޙްމަދު ސަޢީދު ވިދާޅުވެއްޖެ. (more…)

  • ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ މާއުނގޫދޫއަށް ވަޑައިގެންފި

    ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ މާއުނގޫދޫއަށް ވަޑައިގެންފި

    ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މިއަދު ހަވީރު މާއުނގޫދޫއަށް ވަޑައިގެންފިއެވެ. (more…)

  • ށ އަތޮޅު ރައީސް މާއުނގޫދޫއަށް ވަޑައިގެންފި

    ށ އަތޮޅު ރައީސް މާއުނގޫދޫއަށް ވަޑައިގެންފި

    ށ އަތޮޅު ރައީސް މުޙައްމަދު ޝިޔާމް (ޝިޔަންޓެ) ނުރަސްމީ ދަތުރުފުޅެއްގައި މިއަދު މާއުނގޫދޫ އަށް ވަޑައިގެންފި

    (more…)

  • ވާހަކަ: އިންތިޒާރު (2 ވަނަ ބައި)

    ވާހަކަ: އިންތިޒާރު (2 ވަނަ ބައި)

    އާޠިފާގެ ހަރަކާތްތަކަށް ފުންކޮށް ވިސްނަން އިން ކަތީބުގޭ މަރީނާ އޭނާއާއި ސުވާލުކޮށްލިއެވެ.

    “ ރިޔާޟުއާއި މެދު އުންމީދު އެބައޮތް ތޯއެވެ.“

    ”އާނއެކެވެ. އުންމީދު އެބަ އޮތެވެ. ނަމަވެސް އަހަރެން މިހާރު ޑޮކްޓަރ އެންތަނީއަށް މާބޮޑަށް މިހުންނަނީ ބޭނުންވެފައެވެ.“

    ”ޑޮކްޓަރ ދެން ދުރުވާނީ ކޮންއިރަކުތޯ އެވެ.“

    ”ހީވަނީ މާދަމަޔަކު އަނެއްދުވަހަކު ދުރުވެދާނެހެންނެވެ.“

    “ އާޠިފާ މީގެ ކުރިންވެސް ރިޔާޟު ދަންނަމުތޯއެވެ. ނުވަތަ މިއީ ހަމަ އިއްތިފާޤުން ދިމާވި ގޮތެއްތޯއެވެ.“

    މަރީނާގެ މިސުވާލަށް އާޠިފާ ވަކި ޖަވާބެއް ދިނުމުގެ ކުރީގައި އޭނާއަށް ބޭނުންކުރެވުނީ ނުވަތަ ބޭއިޚްތިޔާރުގައި ގެނެވުނީ، މުޅި ދުނިޔެ އެސިއްރެއް ނޭންގިގެން އިންތިޒާރުކުރި ސިއްރު ބޭޒާރުވެގެންދިޔަ ހަރަކާތެކެވެ. އާދެ! ވަކިއެއްޗެއް ނުބުނެ އިނގިލީގައި ދައިގަނެވުނީއެވެ. ދެން ހީލެވުނީއެވެ. ދެން….. ”ނޫނެކެވެ.“ ބުނެވުނީއެވެ.

    އާޠިފާ ”ނޫނެކެވެ.“ ބުނި އަޑު އެހުމުގެ ކުރިން މަރީނާއަށް ހުރިހައި އެއްޗެއް ސާފުވެއްޖެއެވެ. އާޠިފާގެ ހިތުގައި ރިޔާޟު އާއިމެދު ކޮންމެވެސް ހިތްދަތި ޝުޢޫރުތަކެއް ހިނގަމުންދާކަމާއި އާޠިފާގެ ހިތަށް މިހާރަކަށް އައިސް ވޭންތަކަކާ، ތަދުތަކެއް، ރިހުންތަކަކާ، ރޮވުންތަކެއް އިޙްސާސް ކުރަމުންދާކަންވެސް ޔަޤީނާއި ގާތަށް ހީވެއްޖެއެވެ. އެހެންކަމުން މަރީނާ އެހިސާބުން އެވާހަކަ ހުއްޓާލީއެވެ.

    މަޑުމަޑުން ދެކުނުފަރާތުގައި ތިބިމީހުން އެކި މަސައްކަތައް ހިގައްޖެއެވެ. އެއްބަޔަކު ބަދިގެއަށްވަދެ އަތުކުރި އޮޅާލީ ފަތިހުގެ ސައި ތައްޔާރުކުރުމަށެވެ. އެކަހަލަ މިކަހަލަ ގޮތަކަށް ގޭތެރޭގެ ހަރަކާތްތައް ހިގަމުންދާއިރު އަޅުގަނޑުމެންގެ އާޠިފާ އެގޭގެ ދެކުނުފަރާތުގައި ހުރި ޖޯއްޔެއްގައި އޮށޯވެގެންއޮތެވެ. އެހެން އޮވެގެން އޭނާގެ ހިތަށް ހޭލާހުރުމެއްގެ ތެރެއިން ހުވަފެނެއް ސިފަކުރަނީއެވެ. ނޫން! މިދެންނެވުނީ އަދި ތިޔަބޭފުޅުން ވިދާޅުވާ ގޮތަކަށް ނޫނެވެ. އާދެ! އޭނާގެ ހިތަށް ބާވަތެއްގެ ޝުޢޫރުތަކެއް ގެނެސް އެއާ ކުޅެނީއެވެ.

    އާޠިފާ އޭނާގެ އަމިއްލަ ހިތުގައި ލިޔަމުން ކިޔަމުން އަދި ސުވާލުކުރަމުން ބައެއްވަގުތު ކުލަގަދަކުރަމުން އަނެއްބައިވަގުތު ފޮހެމުން ގެންދެއެވެ.

    “ މީގެ ކުރީން އަހަރެންގެ ހިތް އޮތީ ހުސްކޮށެވެ. މީހެއްގެ އަތުން އެޅުނު ރޮނގެއް މީހެއްގެ ތޫނު ބަލައިލުމަކުންވީ ޒަހަމެއްނެތެވެ. އެއްވެސް ޒުވާނެއްގެ އަތުން ކަތިވާކަށެއްވެސް އަދި އެއްވެސް ޤާތިލެއްގެ އަތުން ޤަތުލްވާކަށެއް އަދި މިހާތަނަކަށް އަހަރެންގެ ހިތެއްނުދެވެއެވެ. ނަމަވެސް އަދު އެހުރިހާ އެއްޗަކަށްވުރެ އަހަރެން ނިކަމެއްޗެވެ. ޤުދުރަތުން އަހަންނަށްދެއްވި އަޒީޒް ހިތް، އަހަރެން ލޯބީގެ މަންޒިލްތަކަށް ދަތުރުކުރުމަށްޓަކައި ކަލާނގެ ދެއްވި މިސްރާބުތަކަށް ދަތުރުކުރާ ހުންގާނު އަހަރެންގެ އަތުން ވަނީ ވީއްލިފައެވެ. އެއީ ހިތެވެ… އަހަރެންގެ ހުސް ހިތެވެ…….. މިހާތަނަށް އެކަނިވެރި ހިތެވެ. އަދި އެވަރުން ނުވެގެން އެހެންމީހެއްގެ ނަމުން އޭގައި ނަންލިޔެ ފުރާލައިފިއެވެ. ލޭނާރުތަކަކުން ލޭގެ ރަމްޒުތަކަކުންނެވެ. ޝައްކެތްނެތެވެ. މިހާރު އެރަމްޒުތައް އެނިޝާންތައް މިހިރަ އަންނަނީ ކުލަގަދަވަމުންނެވެ.

    މިގަތުލެއް އަހަރެންގެ ހިތް ކޮށްލީ ބަލި އެނދެއްގައި ބަލިހާލުގައި އޮތް ބަލި މީހެކެވެ. ހިތާމަ ހުއްޓެވެ. އަހަރެން ފުރަތަމަ އެމީހަކު ދުށީވެސް ބަލިވެ ހާލެއްނެތިފައި، ނިދިފައި ޚަބަރު ހުސްވެފައި އޮއްވައެވެ. އެހެން އޮވެގެން ނަމަވެސް އޭނާ އަހަރެންގެ ހަޔާތައް އަތުވެއްޖެއެވެ. ކިހެނެތް ހެއްޔެވެ؟ އަހަރެންގެ ގޭގެ ކުރިމައްޗަށެވެ. ހަމަ ދާދި ކައިރީގައި އޭނާ ގަނޑުވަރެއް ބިނާކޮށްފިއެވެ. ދުނިޔެއެއް އާބާދުކޮށްފިއެވެ. ނަމަވެސް ހިތާމަހުއްޓެވެ. މިހިރަ ހުރިހާކަމެއް ވެގެންގޮސް އެންމެފަހުން އަހަރެން އޭނާގެ މުސާފިރުޚާނާ އަށް މުސާފިރަކަށް ވެގެން ވަންއިރު އެރީތި ރިޔާޟު…….. އެ އަސަރުގަދަ ރިޔާޟު ނުވެސް ދެނެހުއްޓެވެ. އޭނާވަނީ ބަލި ހާލުގައި ޚަބަރު ހުސްވެފައެވެ. އަހަރެންވަނީ އޭނާގެ ނަރުހަކަށް ވެފައެވެ. ފަހެމިއީ، ކޮންމެ ލޯތްބެއްގެވެސް ފެށުމަށް އޮންނަ ޤުދުރަތީ ފުން ޤާނޫނަކީ ބާވައެވެ. ކޮންމެއަކަސް މިއީ ކެތްކުރަންދަތި ދަރަޖައެއްގެ އަސަރުގަދަ ގޮތެކެވެ. އަހަންނަށް އޭނާ އެބަފެނެއެވެ. އެހެނަސް އޭނާއަކަށް އިޙްސާސެއްނުވެއެވެ. ނަމަވެސް ލޯބިވެވިއްޖެއެވެ. އަހަރެން ކެތްކުރާނަމެވެ.

    މިކަހަލަ ހިޔާލުތަކެއްގައި އާޠިފާ އިންދައި އޭނާއަށް މަޑުމަޑުންގޮސް ނިދިއްޖެއެވެ. ކައިރީގައިތިބި އެހެންމީހުންގެ ވާހަކަތަކާއި އެރީތި ފަތިހުގެ ފިނީގެތެރެއިން ލޯމެރެމުންގޮސް ނިދިއްޖެއެވެ. މިހާތަނަށް އޭނާއަށް ލިބިފައިވާ ވަރުބަލިކަން އެފަދަ އަރާމު ނިންޖަކަށް އެދި އާދޭސްކުރާތާ ތިން ހަތަރު ރެއެވެ. ނަމަވެސް އާޠިފާ އެފަދަ ނިދުމެއް ނުނިދާ ރިޔާޟުގެ ކައިރީގައި އަބަދު ހުރުމަށް އޭނާގެ ހިތް އާދޭސް ކުރާތާވެސް ދެތިން ހަތަރު ދުވަހެކެވެ.

    ކޮންމެއަކަސް ދެކުނުފަރާތުގައި އާޠިފާ އަށް ނިދިފައި އޮތެވެ. ފަތިހުގެ ފަތިސްކަން ހެނދުނެއްގެ އަލިކަމަށް ބަދަލުވެގެން އަންނަނީއެވެ.

    ނިދިފައި އޮތް އާޠިފާއަށް ނިދިފައި އޮވެވުނީ ދާދި ކުޑަ ހިނދުކޮޅަކަށެވެ. އާދެ! އޭނާގެ ހިތުގައި ހުރަހަށާއި ދިގަށް ޒަޚަމްވެފައިވާ ފާރުތަކުގައި ފޮރުވިފައިވާ ޚިޔާލުތައް އޭނާއަށް ހަމަ ނިދުމާއެކު އުނދަގޫކުރަން ފަށައިފިއެވެ. އެންމެފަހުން އެހުރިހައި ޚިޔާލުތައް އެކުވެގެން ނިދިފައިއޮތް އާޠިފާގެ ނިދާފައިއޮތް ހިތުގެ ލޮލުގެ ކުރިމައްޗަށް ހުވަފެނެކަށް ވެގެން އަތުވެއްޖެއެވެ.

    އާޠިފާ އޭނާގެ ހުވަފެނުގައި ދެކެމުންދަނީ ދުވަހަކުވެސް އަދި މިހާތަނަށް އޭނާ ދެކެފައި ނުވާ ބާވަތެއްގެ މަންޒަރެކެވެ.

    ހުވަފެން އޭނާއަށް ދައްކުވައިދެނީ، ބަލިވެ އޮތް ރިޔާޟު އެވެ. އެދުން މަޑުމަޑުން ތެދުވެއްޖެއެވެ. އަދި، އަމިއްލައަށް ތަންމަތި ރަނގަޅުކޮށްލިއެވެ. ވަށައިގެން ކޮޓަރިތެރެއަށްބަލައި ހޯދާލިއެވެ. އޭރު އާޠިފާ އޭނާގެ އަމިއްލަ ލަދުވެތިކަން އިންތިހާއަށް ގޮސްފައިވާ ހާލު ރިޔާޟުގެ ކައިރީގައި ހުއްޓެވެ. އެއްއަތުގައި އޮތީ، ރޮވިއްޖެނަމަ ލޯފޮހެލާނެ ކުޑަރުމާލެކެވެ. އަނެއް އަތުގައި،……. އާދެ! ހުންބަލާ ކަށިގަނޑެކެވެ.

    ރިޔާޟުގެ ހަރަކާތްތައް ވަރަށްވެސް ލަހެވެ. ވަރުވެސް ދެރައެވެ. އެހެނަސް އޭނާ އެހެރީ ތެދުވެއެވެ. ތަންމަތި ރަނގަޅުކޮށްލުމަށްފަހު ކޮޓަރީން ބޭރަށް ނުކުންނަނީއެވެ. ކުރިންވެސް ދެންނެވިފަދައިން އާޠިފާ އޭނާގެ ދާދިކައިރީގައި ހުއްޓެވެ. އަގައިން ބުނާ ހިތުންނެވެ. ޙިދުމަތްކޮށްލާ ހިތުންނެވެ. ހަތަރުކަޅި ހަމަކޮށްލާ ހިތުންނެވެ. އެހެނަސް އެފުރުޞަތެއް އޭނާގެ ލަދުވެތިކަމުގެ ސަބަބުން ބަލަބަލާ ހުއްޓާ ގެއްލެމުންގޮސް ގެއްލުނީއެވެ. ރިޔާޟު އޭނާގެ ދަބަސް ހިފައިގެން ކޮޓަރީން ނުކުމެއްޖެއެވެ. އެއްވެސް ބަލާލުމެއްނެތި ދޮރުފަތް ލައްޕާލައިފިއެވެ. ރިޔާޟު ބޭރުގައެވެ. އާޠިފާ އެތެރޭގައެވެ. އެވަގުތު އާޠިފާގެ ވަށައިގެން ދުނިޔޭގެ ހަތަރު އުދަރެސް އޭގެ ދާއިރާ ކުޑަކޮށްލި ކަހަލައެވެ. އުޑުގެ ވިލާތަކާއި ބިމުގެ ވެލިތައް އޭނާ ފިއްތާލި ކަހަލައެވެ….. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި ރިޔާޟު ބަލާލިއެވެ……..އާޠިފާއަށް ރޮވިއްޖެއެވެ. އެވަގުތު، ވަރަށްކުރު އަދި ކުޑަކޮށްވެސް މާނައެއް ދޭހަނުވި އެންމެ އެއްޗެއް ބުނެފައު ރިޔާޟު އެދިޔައީއެވެ. އޭނާ ބުންޏެވެ. “ ފޮނި އުންމީދު ތަކެއް ކުރެވޭނީ ފޮޅުވާލާނެ މަލެއް އޮތިއްޔާއެވެ.“ މިނޫން އެއްވެސް އެހެން އެއްޗެއް އޭނާ ނުބުނެއެވެ. (ނުނިމޭ)

  • މާއުނގޫދޫ ސުކޫލްގެ ބެލެނިވެރިންގެ އާންމު ބައްދަލުވުން ކެންސަލް ވެއްޖެ.

    މާއުނގޫދޫ ސުކޫލްގެ ބެލެނިވެރިންގެ އާންމު ބައްދަލުވުން ކެންސަލް ވެއްޖެ.

    މިއަދު ހަވީރު 4:30 ގައި ބޭއްވުމަށް ރާވާފައިވާ މާއުނގޫދޫ ސުކޫލްގެ ބެލެނިވެރިންގެ އާންމު ބައްދަލުވުން ކެންސަލް ކޮށްފައިވަނީ މޫސުން ގޯސް ވުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބެއެވެ. މިއަދު ހެދުނުންފެށިގެން މޫސުންގޯސްވެ ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ދެންބައްދަލުވުން ބާއްވާނެ ދުވަހެއް މާދަމާގެ ވަގުތެއްގައި ޢިއުލާނުކުރާނެކަމަށް މައުލޫމާތު ލިބެއެވެ.

    ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.

  • ކީރިތި ރަސޫލާގެ ހިޖުރައިން ލިބިދޭ އިބުރަތްތެރި ފިލާވަޅުތައް

    ކީރިތި ރަސޫލާގެ ހިޖުރައިން ލިބިދޭ އިބުރަތްތެރި ފިލާވަޅުތައް

    މާދަމާއަކީ ހިޖުރީ އާ އަހަރެއް ފެށިގެންދާ ދުވަހެވެ. ހިޖުރައިގެ މަތިވެތި ޒިކުރާ ގުޅިފައިވަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހިޖުރަ ކުރައްވައި، މައްކާއިން މަދީނާއަށް ވަޑައިގެންނެވި މަތިވެރި ހާދިސާއާ އެވެ. (more…)