loader image
22 May 2025, Thu

ބޭބީނާސަރީ އަދި ނާސަރީގެ ކިޔެވުން ފަށައިފި

ބަލާފައިވަނީ: 553
ކިޔުމަށް ހޭދަވާނީ:33 ސިކުންތު

މާއުނގޫދޫ ކައުންސިލުން ކުރިއަށްގެންދާ ބޭބީނާސަރީ އަދި ނާސަރީ ކުލާސްތައް މިއަދު ފަށައިފިއެވެ.

މިއަދު 3:00 ގައި މިކުލާސްތައް ފެށިގެންދިޔައީ އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތަކުންނެވެ. ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ކައުންސިލް ރައީސްއާއި މެންބަރުން އަދި ކައުންސިލްގެ މުވައްޒަފުން ބައިވެރިވިއެވެ.

މިޚިދުމަތުގެދަށުން ދަރިވަރުންގެ ފޮތްބަޔާއި ޔުނީފޯމް އަދި ކިޔެވުމާ ގުޅޭ ހުރިހާ ތަކެތިހިލޭ ދަރިވަރުންނަށް ފޯރުކޮށްދެވޭނެ. އަދި ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމަކާއި ނުލާ އިދާރީ ޚަރަދުތައް ހަމަޖައްސައިދެވޭނެކަމަށް މާއުނގޫދޫ ކައުންސިލުން ހާމަކުރައްވައެެވެ.

ބޭބީނާސަރީއާއި، ނާސަރީ ހިލޭކުރުމަކީ މިދިއަ ކައުންސިލް އިންތިޙާބުގައި އެމް.ޑީ.ޕީގެ ޓިކެޓްގައި ވާދަކުރެއްވި ކޭޑިޑޭޓުންގެ މެނިފެސްޓޯގައި ހިމަނިފައިވާ ވަޢުދެކެވެ. މާއުނގޫދޫ ކައުންސިލަކީ އެމް.ޑީ.ޕީ މެޖޯރިޓީ ކައުންސިލެކެވެ.  މީގެ ކުރީގައިވެސް މާއުނގޫދޫގައި ނާސަރީއާއި ބޭބީނާސަރީގެ ޙިދުމަތް ދެމުންގޮސްފައިވެއެވެ. ނަމަވެސް އޭރު އެކަން ކުރަމުން ގޮސްފައިވަނީ ކުދިންގެ އަތުން ފީނަގައިގެންނެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *