loader image
22 May 2025, Thu

ވަރަށް އަވަހަށް އާޖެންސެޓެއް މާއުނގޫދޫއަށް ލިބިގެންދާނެ: ފެނަކަ އެމް.ޑީ

ބަލާފައިވަނީ: 392
ކިޔުމަށް ހޭދަވާނީ:44 ސިކުންތު

މާއުނގޫދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އާ ޖެންސެޓެއް ވަރަށް އަހަށް ފެނަކަ މާއުނގޫދޫ ބުރާންޗަށް ލިބިގެންދާނެކަމަށް އެމް.ޑީ އަޙްމަދު ސަޢީދު ވިދާޅުވެއްޖެ.

މިއަދު މާއުނގޫދޫއަށް ކުރި ޒިޔާރަތުގައި ކައުންސިލް މެންބަރުންނާއި އެކު ކުރިއަށްދިޔަ ބައްދަލުވުމުގައި މިހާރު ހުރި ޖެންސެޓްގެ އަވަރލީ މެއިންޓަނެސް ކުރުމަށް ދޭތެރެދޭތެރެއިން ކަރަންޓު ކަނޑާލަންޖެހޭ މައްސަލަ ކައުންސިލް ރައީސް އާދަމް ސަލީމް އެމް.ޑީއަށް ހުށައެޅުމުން އެއަށް ޖަވާބު ދެއްވަމުން ފެނެކަ ކޯޕަރޭޝަންގެ އެމް.ޑީ އަޙްމަދު ސަޢީދު ވިދާޅުުވީ އެކަން ޙައްލުކުރުމަށްޓަކައި ވަރަށް އަވަހަށް އިތުރު ޖެންސެޓެއް މާއުނގޫދޫއަށް ފޮނުވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އޭރުން އެކަމަށް ޙައްލު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ފެނަކަ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރައްވަނީ މާދަމާއަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްކަމަށާއި، މާއުނގޫދޫގެ ކަރަންޓުގެ ޙިދުމަތް އެއްފެންވަރެއްގައި ގިނަދުވަސްތަކެއް ވަންދެން ދެވޭނެ ފަދަ ގޮތަކަށް މަސައްކަތްކުރައްވާނެކަމަށެވެ.

ކަރަންޓުގެ ހާލަތު ރަނަގޅު ކުރުމަށްޓަކައި މިދިޔަ އަހަރުވެސް ވަނީ 400 ކޭވީގެ ޖެންސެޓެއް މާއުނގޫދޫއަށް ގެނެސްފައެވެ. މިހާރު މާއުނގޫދޫގައި ކަރަންޓުގެ ޙިދުމަތް ދިނުމަށް ބޭނުންކުރެވެމުންދަނީ 400 ކޭވީގެ އަދި 128 ކޭވީގެ ޖެންސެޓެކެވެ. ކަރަންޓުގެ ޙިދުމަތަށް ބުރޫއަރަންފެށީ 160 ކޭވީގެ ޖެންސެޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެޖެންސެޓް ބޭނުންނުކުރެވޭވަރު ވުމުންނެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *