މާއުނގޫދޫ ރައްޔިތުންނަށް ކަރަންޓު ދިނުމަށްޓަކައި މިހާރު ބޭނުންކުރެވެމުންދާ ކަރަންޓު ނެޓްވޯރކަަކީ ރައްޔިތުން އިންޖީނުގެ ހިންގިދުވަސްވަރު ރަށުގައި އަޅާފައިވާ ކަރަންޓު ނެޓްވޯރކެއްދުވަސްވުމުގެ ސަބަބުންނާއި ޒަމާނަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކަރަންޓު ނެޓްވޯރކް އަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ކަމުގެ މާހިރުން ފާހަގަކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. ރަށުގައި މިހާރު ބޭނުންކުރަމުންދާ ނެޓްވޯރކްގައި ހުރި ޑިސްޓުރިބިއުޝަން ފޮށިތައްފުރި އަލަށް މީހުން ދިރިއުޅެން ފަށާފައިވާ ސަރަޙައްދުތަކާއި، ޑިސްޓުރިބިއުޝަން ފޮށިތައް ދުރުވުމުގެ ސަބަބުން ކަރަންޓުގެ ޙިދުމަތް ހޯދުން މިވަނީ ވަރަށްބޮޑު ޙަރަދު ހިނގާ އެހާމެ އުނދަގޫ ކަމަކަށްވެފައެވެ.
“ގެއާވަރަށް ދުރުން ކަރަންޓު ލާންމިޖެހެނީ ކައިރީގައި ހުރި ފޮށިތައް ހުރީ ފުރިފަ. ވަރަށް ބައިވަރު ނަރުން މިކަންވާންއޮތީ މިސަރަޙައްދަށް އިތުރު ފޮއްޓެއް އިތުރުކޮށްގެން މިމައްސަލަ ޙައްލުވާންއޮތީ”
ނަންނުޖެހުމަށް ޝަރުޠުކޮށް އަލަތު ގެއަށް ނުކުތުމުގެ ފޮނި ހުވަފެން ދެކެމުންދާ ޒުވާނަކު ކަރަންޓުލުމަށް ކޯރުކޮންނަން އޮވެފައި މައުލޫމާތު ދެމުން ބުންޏެވެ.
2019 ވަނަ އަހަރު ފެނަކައިގެ މިހާރުގެ އެމް.ޑީ މާއުނގޫދޫއަށް ވަޑައިގެން ރަށުގެ ކަރަންޓުގެ ހާލަތު ގާތުން ބައްލަވައި އެކަށީގެންވާ އަވަސް އެދެވޭ ޙައްލެއް ގެނެސްދެއްވާނެކަމަށްވީ ވަޢުދާއި އެއްގޮތަށް ޒަމާނީ އައު އިންޖީނުގެއާއި އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. ހަމަ މިމަސައްކަތާއެކު ރަށުގައި އެޅިފައިވާ ކަރަންޓު ނެޓްވޯރކް ބަދަލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ އަޙްމަދު ސަޢީދު އިއްޔެ މާއުނގޫދޫއަށް ކުރެއްވި ޒިޔާރަތުގައި މާއުނގޫދޫ ކައުންސިލާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކަރަންޓު ނެޓްވޯރކް ގެ މަސައްކަތާއި ގުޅޭގޮތުން ކައުންސިލްގެ ފަރާތުން ސުވާލު ދެންނެވުމުން އެމް.ޑީ ސަޢީދު ވިދާޅުވީ މިހާރު މާއުނގޫދޫގެ އާކަރަންޓު ނެޓްވޯރކުގެ ޑިޒައިނިންގ މަރުހަލާ ނިންމައި، މަސައްކަތައް ބޭނުންވާ ސާމާނު ހޯދުމަށް މިހާރު މަސައްކަތް ކުރެވެމުންދާކަމަށެވެ. އަދި ލަސްތަކެއްނުވެ ތަކެތި ރަށަށްގެނެވި ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ. މިމަސައްކަތް ނިމުމުން މިހާރު ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ރަނގަޅު ހައްލެއް ލިބިގެންދާނެއެވެ.
Leave a Reply