loader image
22 May 2025, Thu

ށ އަތޮޅު ރައީސް މާއުނގޫދޫއަށް ވަޑައިގެންފި

ބަލާފައިވަނީ: 351
ކިޔުމަށް ހޭދަވާނީ:22 ސިކުންތު

ށ އަތޮޅު ރައީސް މުޙައްމަދު ޝިޔާމް (ޝިޔަންޓެ) ނުރަސްމީ ދަތުރުފުޅެއްގައި މިއަދު މާއުނގޫދޫ އަށް ވަޑައިގެންފި

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ވަޙީދުގެ އަރިހުގައި މިއަދު މިކުރެއްވި ދަތުރުފުޅަކީ ފެނަކައިގެ މެނޭޖަރު އަޙްމަދު ސަޢީދު ގެ ދަތުރުފުޅުގައި ބައިވެރިވުމަށް ކުރެއްވި ދަތުރު ފުޅެކެވެ.

މި ދަތުރުފުޅުގައި މާއުނގޫދޫ ކައުންސިލުން ފެށުމަށް ތައްޔާރުވަމުންއަންނަ ބޭބީނާސަރީ އަދި ނާސަރީގެ ބެލެނިވެރިންނަށް ފޮތްބަޔާއި ޔުނީފޯމް ހަވާލުކުރުމުގެ ބައްދަލުވުމުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިދަތުރުފުޅަކީ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް މި ރަށަށް ކުރައްވާ ދަތުރުފުޅެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *