އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދަނޑުބިމެއް ދީފި

މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އާމްދަނީ އިތުރު ކުރުމަށް ދަނޑުވެރިކަން ކުރުމަށް ދަނޑުބިމެއް މާއުނގޫދޫ ކައުންސިލުން ދީފި.

މާއުނގޫދޫ.ކޮމް އަށް މައުލޫމާތު ދެމުން މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ވިދާޅުވެފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެދުމުގެ މަތިން އެކޮމެޓީން ދަނޑުވެރިކަން ކުރުމަށްޓަކައި ދަނޑުބިމެއް ދިނުމަށް ކައުންސިލްގެ ބައްދަލުވުމަކުން ފާސްކޮށް އެފަރާތައް ބިންދޫކޮށްފައިވާކަމަށެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދަނޑުބިން ދޫކޮށްފައިވަނީ އެއްވެސް ކުއްޔަކައި ނުލައެވެ. އުންމީދުކުރަން ކޮމެޓީގެ އާމްދަނީ އިތުރުކުރުމަށް ކުރެވިގެންދާ ރަނގަޅު މަސައްކަތަކަށް މިކަންވާނެކަމަށް އާދަމް ސަލީމް ވިދާޅުވިއެވެ. އަންހެނުންގެ ތަރައްޤީއަށް ޙާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ މަސައްކަތު ތާވަލުގައ އެކި ރޮނގު ރޮނގުން އަންހެން ކަނބަލުންނަށް ޙާއްޞަ ޕުރަގުރާމްތަކެއް ހިންގުމަށް ރާވާފައިވާކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުން ކައުންސިލުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޫކޮށްފައިވާ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. މިދަނޑުބިމުގައި އިންދުމަށް ނިންމާފައިވަނީ ފަތްކެޔޮ ކަމަށް މައުލޫމާތުލިބެއެވެ. ކުރިއަށް މިއޮތް ހަފްތާގެތެރޭ ފުރަތަމަ ގަސްތައް އިންދިގެންދާނެކަމަށް މައުލޫމާތުލިބެއެވެ.

މިހާރުވެސް ގިނަ ދަނޑުބިން ތަކެއް މާއުނގޫދޫ ކައުންސިލުން ވަނީ ދަނޑުވެރިކަމަށް ދޫކޮށްފައެވެ. އެންމެ ފުރަތަމަ ދަނޑުބިން ދޫކުރެވުން އިރު އެބިންތަކުން ކައުންސިލަށް ކުލި ނަގަމުންދިއައެވެ. ނަމަވެސް ކޯވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން އެބިންތަކުން ކުލި ނުނަގާ ގޮތައްވަނީ ނިންމާފައެވެ.

Comments

One response to “އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދަނޑުބިމެއް ދީފި”

  1. web site Avatar

    Nice blog here! Addutionally your website lotrs up vewry fast!
    What web hos aree you tthe use of? Can I get your associate link
    onn youjr host? I want mmy websitte loaded up as
    fasxt as youurs lool xnxx

Leave a Reply

Your email address will not be published. Required fields are marked *