loader image
22 May 2025, Thu

ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ މާއުނގޫދޫއަށް ވަޑައިގެންފި

ބަލާފައިވަނީ: 400
ކިޔުމަށް ހޭދަވާނީ:28 ސިކުންތު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މިއަދު ހަވީރު މާއުނގޫދޫއަށް ވަޑައިގެންފިއެވެ.ހަވީރު 5:15 ގައި މާއުނގޫދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ށ އަތޮޅު ރައީސް އާއި މާއުނގޫދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލް މެންބަރުންނާއި މާއުނގޫދޫ ފެނަކަ ބުރާންޗުގެ ވެރިންނާއި މުވައްޒފުންނެވެ. ފެނަކަ އެމް.ޑީގެ މިދަތުރުފުޅަކީ މާއުނގޫދޫގައި އެކުންފުނިން އަޅަމުންދާ އިންޖީނުގޭގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުގައި އިންޖީނުގޭގެ އައު އިމާރާތް އަޅަމުންދާ ސަރަހައްދު ބައްލަވާލައްވައި މާއުނގޫދޫ ކައުންސިލް މެންބަރުންނާއި އެކު ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލުވުމުގައި އައު އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ހަލުވިކުރުމާއި ގުޅޭގޮތުންނާއި މާއުނގޫދޫއަށް ދިމާވެފައިވާ ކަރަންޓުގެ އެކި މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *