loader image
4 Aug 2026, Tue

އުނދަގޫކަމާއެކު ފަސޭހަކަން ވެއެވެ.

ބަލާފައިވަނީ: 357
ކިޔުމަށް ހޭދަވާނީ:1 މިނެޓް, 54 ސިކުންތު

ކަރު ހިއްކައިގަތުމަށްފަހު އަލާކެނޑެންދެން ބޯނެ މީރުފެން ލިބެއެވެ. ހޭލައިހުރުމަށްފަހު ނިދީގެ އަރާމާއި ހިތްގައިމުކަން ލިބެއެވެ. ބަލިވުމަށްފަހު ދުޅަހެއިކަމާއި ހަށިފަސޭހަކަން ލިބެއެވެ. މަގުއޮޅުމަށްފަހު ސީދާމަގު ފެނެއެވެ. ގަދައަޅައި މަސައްކަތް ކުރުމުން ފަސޭހައިން މަޤުޞަދު ޙާޞިލުވެއެވެ. ކާމިޔާބީ ލިބެއެވެ. ޝައްކެއްވެސް ނެތެވެ. އަނދިރިކަން ފިލައިގެން ހިނގައިދާނެއެވެ. އެހެންވީއިރު ކަންބޮޑުވާންވީ ކީއްވެގެންތޯއެވެ؟

އަރަހުށި މާތްﷲ ވަޙީކުރައްވައިފައި ވެއެވެ.
“ފަހެ، ﷲ، ފަތަޙައެއްވެސް ދެއްވައިފާނެތެވެ. ނުވަތަ އެކަލާނގެ ޙަޟުރަތުން، އެހެން އަމުރުފުޅެއްވެސް އަތުވެދާނެތެވެ.” (އަލްމާއިދާ: 52)

“އެއްވެސް ނަފުސަކަށް، އެ ނަފުސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ ﷲ ތަކުލީފެއް ނުޖައްސަވައެވެ. ދަތިކަމަށްފަހު، ފަސޭހަކަމެއް، ﷲ ލައްވާ ހުއްޓެވެ.” (އައްޠަލާޤު: 7)

ރޭގަނޑުގެ ކަޅުއަނދިރިކަމަށްފަހު ފަތިހުގެ އަލިކަމުގެ އުފާވެރި ޚަބަރު ދެއްވާށެވެ. އަލިކަން އައިސް އަނދިރިކަން ކޮއްޕައި ދުރުކޮށްލައެވެ. ފައްސައި ނަގައިލައެވެ. މޮޅިއާއި ހިތާމައިގައި ހައްޔަރުވެފައިވާ މީހުންނަށް ނުހަނު ހަލުއިކަމާއެކު އަންނަމުންދާ ފަސޭހަކަމުގެ ހެޔޮ ޚަބަރު ދެއްވާށެވެ. މުޞީބަތުގައި ހައްޔަރުވެފައިވާ ފަރާތްތަކަށް ވަންހަނާވެފައިވާ ދީލަތި، އޯގާވެރި އަތްތިލަތަކުގެ މަތީން ހަނދާން ކޮށްދެއްވާށެވެ. ސަހަރާތައް ފުޅާވަމުން މަގުދުރުވަމުންދާނަމަ ހަނދުމަފުޅު ބަހައްޓަވާށެވެ. ސަހަރާގެ ހަނަފަސްކަމަށްފަހު ކުރިމަތިވާނީ ފެހިކަންގަދަ ހިޔާބޮޑު ކަދުރުދަނޑެކެވެ.

ޝައްކެއް ނެތެވެ. ކަރުނަޔަށްފަހު އޮތީ ހިނިތުންވުމެވެ. ބިރުވެރިކަމަށްފަހު އަމާންކަމެވެ. ހިތް ނުތަނަވަސްވުމަށްފަހު މައިތިރިކަމާއި ހިތްހަމަޖެހުމެވެ. ހަނދުމަފުޅު ކުރައްވާށެވެ. އަލިފާނަކަށް، މާތްﷲގެ ޚަލީލު އިބްރާހީމްގެފާނު އަންދައެއްނުލެވުނެވެ. އެހެނީ މާތްﷲ އަލިފާނަށް އަމުރުކުރެއްވިއެވެ. “އިބްރާހީމްގެފާނަށްޓަކައި ސަލާމަތްކަން ހުރި ފިނި އެއްޗަކަށް ވާށެވެ.” ކަނޑަކަށް މޫސާ ކަލީމުﷲ ޣަރަޤުކޮށެއްނުލެވުނެވެ. އެހެނީ އެކަލޭގެފާނު ހަރުއަޑުފުޅުން ވިދާޅުވިއެވެ. “ނޫނެކެވެ. އަހަރެންގެ ވެރި ރަސްކަލާނގެ އަހަންނާއެކު ވޮޑިގެންވެއެވެ. އަހަންނަށް ސަލާމަތުގެ މަގު ދައްކަވާނެއެވެ.” ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ހޮހަޅައިގެ އެކުވެރިޔާއަށް ހިތްވަރުދެއްވިއެވެ. “މާތްﷲ ވޮޑިގެންވަނީ އަހަރެމެންނާ އެކުގައެވެ.” މި ޢިބާރާތުންނެވެ. އެހެންކަމުން އަމާންކަމާއި ހިތްޕުޅުހަމަޖެހުމާއި ނަސުރު ލިބިވަޑައިގެންނެވިއެވެ.

ނަމަވެސް މިހާރު ކަންހުންނަނީ މިގޮތަކަށެއް ނޫނެވެ. ކިރިޔާވެސް ދަތިކަމެއް ނުވަތަ މުޞީބަތެއް ކުރިމަތިވާ ކޮންމެ މީހަކުވެސް އިހްސާސްކުރަނީ ހަމައެކަނި ތިމާގެ ނަސީބު ދެރަކަމެވެ. ތިމާޔަށް ކުރިމަތިވެފައިވާ އުނދަގޫތަކެވެ. އެފަދަ މީހުންގެ ވިސްނުން ބަންދު ކޮޓަރިއެއްގެ ހަތަރުފާރުން ބޭރަކަށް ނުފޯރުވެއެވެ. އެފަދަ މީހުންނަށް ފަރުދާގެ ފަހަތާމެދު ޚިޔާލު ހިންގައިލެވޭނެނަމައެވެ. އެބައިމީހުންގެ ފިކުރާއި ބުއްދި ވަށައިގެންހުރި ފާރުތަކުގެ އަނެއް ފަރާތަށް ފޯރުވޭ ނަމައެވެ.
އެއްގޮތަކަށްވެސް ހިތްޕުޅު ދަތި ނުކުރައްވާށެވެ. ޙާލަތު އަބަދަކު އެއްގޮތަކަށެއް ނޯންނާނެއެވެ. އެންމެ ހެޔޮކަންބޮޑު އަޅުކަމަކީ މާތްﷲ ގެ ރަޙްމަތްވަންތަކަމަށާއި، އެކަލާނގެ ޙަޟްރަތުން އަތުވެދާނެ ހެވަކަށް އިންތިޒާރުކުރުމެވެ. ޒަމާން ދާނީ ބަދަލުވަމުންނެވެ. ދުނިޔެ ހިނގަމުންދާނީ ތޮށަލިދުޅަޔަށެވެ. ޣައިބުގައިވާ ކަންތައް ވަނީ ފޮރުވި ވަންހަނާވެގެންނެވެ. ޢާލަމްތައް ތަދްބީރުކުރައްވާ ރަސްކަލާނގެ ކޮންމެ ހިނދުކޮޅެއްގައިމެ ވޮޑިގެންވަނީ ކަންތައްތައް ތަދުބީރު ކުރެއްވުމުގައެވެ. އެހެންކަމުން އަރަހުށި މާތްﷲ ކޮންމެވެސް ހެޔޮގޮތެއް މިންވަރު ކުރައްވައިފާނެކަމަށް އަބަދުވެސް އުއްމީދުކުރުން ހުއްޓެވެ. އެކަލާނގެ ވަޙީ ކުރައްވަނީ އަންނަނިވި މޭރުމުންނެވެ.

“ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަން ވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަން ވެއެވެ.” (އައްޝަރްޙު: 6،5)

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0
One thought on “އުނދަގޫކަމާއެކު ފަސޭހަކަން ވެއެވެ.”
  1. Sexuual dice videosJenny hearet ana moviesDophine sexTeeen white fuicking niggersNaked morningVinttage skccer
    jerserysTeenagge shemales ffree picsSexyy woman inn shiw low azTeems girlks ith smkall
    buttsDrunk seex orgy kickbox cumbathFaake milwy cyru nde picturesOnlinee teenn
    funWork in pokrn industryy lass veas videosRussian teewn castging couchPussey wih
    spermNaaked mmen sportUneven brast growthVomjt fetish blogWhitegirls wuth a phwt assWhyy do ddogs
    lik peoleFreee huyge fake boobsBikoini teen photosCarpeter chjarisma nudeSexxy veny feetMichslle moisst hardcoreAdult wetsuitFreee lingeroe seyy mature wonen tgp’sGaay pride 2008 photosGay
    pornn stripperNudee piic warcraftExteeam vayinal streachingLiindsay lohan nude nnew yodk mgazine
    picturesLiil kkms breastCross dresssd watfch wijfe fuckNuude pictutes oof juylianne huff dancerFreee vijtage fuyck tubeArte vintageMaturre shemale analYung elizabeyh taylor nudeNakked picture oof mazllika sherawatPidture sxy submitted wifeSperm collectTorri higginson nde freeSex tuba buyukustunWaar sufks lets partty lyrkcs anti-flagAult piic siteCocck free
    hgh ifo rememberBrritt pritchstt nude photosGaay anaal seex slavePythoin dult videosLive video of fuckingFacial hair sryles for bald menRubbing biobs wiuth cockk tubeFiirst mmrs seex teaher
    vargasBetfhany jooy galetti seex scenesCrack eroitic
    vieo pokerLesbho bathRoulettte writiong lesxson plans gamnling slht harappa discusssion mathMccain dated stripperBro-sis pornGhst sexuzl experineceFuccking kenn man photo rykerNuude ictures oof
    pinkGloria yu nudeStriotease porn adultChristinna agguilera poising
    nuce for petaSexx drawing tortureAngles escodt loss pornn starSexzual hesad massageTeenss tignt
    buttsNaked wpmen as furnatureHott andd sexcy freee blondeNudee
    dezd aliveEdmoton fetishDickk and marssha gardner norhport alabamaAsian funhy pfank callPussdy stretcch xxxSttar tek tto
    pornEastenders staar in lingeriesThaantos erosTeeen volunferr idewas ofvd9wuapt2cfzlh0bh7

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ Required fields are marked *