އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ނަމާދުކުރަން ދަސްކޮށްދޭ ޕުރަގުރާމެއް ހިންގަނީ

މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ނަމާދުކުރަން ދަސްކޮށްދޭ ޕުރަގުރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިޕުރަގުރާމް ހިންގުމަށް ހަމަޖެހިފައިވަނީ އުމުރުން 8 އަހަރުން މަތީގެ ދެޖިންސުގެ ފަރާތްތަކަށެވެ. މިޕުރަގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާއުނގޫދޫގެ މިސްކިތްތަކުގެ އިމާމުންގެ އެހީތެރިކަމާއެކު މާއުނގޫދޫގެ މިސްކިތްތަކުގައި ކަމަށް މައުލޫމާތުލިބެއެވެ. މިޕުރަގުރާމުގައި ނަމާދުގައި ހެދޭ ގޯސްތަކާއި އެކަންކަން އިސްލާހުކުރާނެ ގޮތުގެ މަޢުލޫމާތާއި ސުންނަތާއި އެއްގޮތަށް ރަނގަޅަށް ނަމާދު ކުރާނެގޮތް ދަސްކޮށްދެވިގެން ދާނެކަމަށް މައުލޫމާތު ލިބެއެވެ.

މިޕުރަގުރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އޯގަސްޓް 19 ވަނަ ދުވަހާއި ހަމައަށް ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ބައިވެރިވުމަށްޓަކައި އެކަމަށްޓަކައި ޙާއްޞަ ކުރެވިފައިވާ ފޯމް ފުރުއްވުމަށްފަހު 19 އޯގަސްޓް 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މާއުނގޫދޫ ކައުންސިލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ފޯމް ލިބެންހުންނާނީ މާއުނގޫދޫ ކައުންސިލްގެ އިދާރާއިންނެވެ.

Comments

One response to “އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ނަމާދުކުރަން ދަސްކޮށްދޭ ޕުރަގުރާމެއް ހިންގަނީ”

  1. bilibili Avatar

    I knjow tis iif off topiic but I’m looing inbto starting myy ownn wenlog aand waas curios whaat
    aall iis requirdd to gget setup? I’m assumming havinbg a bkog
    likle your woul ost a pfetty penny? I’m nott verfy intenet
    savcvy soo I’m nott 100% certain. Anyy recommenddations oor advikce
    would bee greaty appreciated. Cheers xnxx

Leave a Reply

Your email address will not be published. Required fields are marked *