ބަލާފައިވަނީ: 418 ކީރިތިޤުރުއާންގައި އިންސާނާ ސިފަކުރައްވާފައިވާގޮތް – maaungoodhoo.com
loader image

ކީރިތިޤުރުއާންގައި އިންސާނާ ސިފަކުރައްވާފައިވާގޮތް

      ކީރިތި ޤުރުއާންގައި އިންސާނާގެ ސިފަތައް ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ. މިލިޔުމުގައި އިންސާނާގެ ކިބައިގައި މާތް ﷲ ލައްވާފައިވާ 8 ސިފައެއްގެ މައްޗަށް ބަލައިލާނަމެވެ. އެގޮތުން އެންމެ ފުރަތަމަ ފާހަގަކުރެވެނީ އިންސާނާއަކީ  ޝުކުރު ނުކުރުމާއި ފަޚުރުވެރިވެ ބޮޑު މީހެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙިކުރައްވާފައިވެއެވެ. وَلَئِنْ أَذَقْنَاهُ نَعْمَاء بَعْدَ ضَرَّاء مَسَّتْهُ لَيَقُولَنَّ ذَهَبَ السَّيِّئَاتُ عَنِّي إِنَّهُ لَفَرِحٌ فَخُورٌ (ސޫރަތުލް ހޫދު: 10) މާނައީ: ” އަދި، އެ އިންސާނާއަށް ޖެހުނު مصيبة…

By.

min read

quran

ކިޔުމަށް ހޭދަވާނީ:2 މިނެޓް, 26 ސިކުންތު

ކީރިތި ޤުރުއާންގައި އިންސާނާގެ ސިފަތައް ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ. މިލިޔުމުގައި އިންސާނާގެ ކިބައިގައި މާތް ﷲ ލައްވާފައިވާ 8 ސިފައެއްގެ މައްޗަށް ބަލައިލާނަމެވެ. އެގޮތުން އެންމެ ފުރަތަމަ ފާހަގަކުރެވެނީ އިންސާނާއަކީ  ޝުކުރު ނުކުރުމާއި ފަޚުރުވެރިވެ ބޮޑު މީހެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙިކުރައްވާފައިވެއެވެ. وَلَئِنْ أَذَقْنَاهُ نَعْمَاء بَعْدَ ضَرَّاء مَسَّتْهُ لَيَقُولَنَّ ذَهَبَ السَّيِّئَاتُ عَنِّي إِنَّهُ لَفَرِحٌ فَخُورٌ (ސޫރަތުލް ހޫދު: 10) މާނައީ: ” އަދި، އެ އިންސާނާއަށް ޖެހުނު مصيبة އަކަށްފަހު، ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވައިފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ مصيبة އެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، އޭނާ ވަނީ (އެ ލިބުނު ކަންތަކަށް) އުފާވެ فخر ވެރިވެފައެވެ.

ދެވަނައަށް ފާހަގަކުރެވެނީ ޖަދަލުކުރުން ގިނަމީހެއްގެ ގޮތުގައެވެ. މިކަމަށް އިޝާރާތް ކުރައްވާ ކަހުފު ސޫރަތުގެ 54 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَلَقَدْ صَرَّفْنَا فِي هَذَا الْقُرْآنِ لِلنَّاسِ مِن كُلِّ مَثَلٍ وَكَانَ الإِنسَانُ أَكْثَرَ شَيْءٍ جَدَلاً މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآن ގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް مثال ބަޔާންކުރެއްވީމެވެ. އަދި جدل ކުރުންގިނަ މީހަކުކަމުގައި އިންސާނާ ވިއެވެ.”

ތިންވަނައަށް ފާހަގަކުރެވެނީ ދެކޮޅުވެރިވާ މީހެއްގެ ގޮތުގައެވެ. އެކަމަށް އިޝާރާތް ކުރައްވާ ކަހުފު ސޫރަތުލް ޔާސީންގެ 77 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. أَوَلَمْ يَرَ الإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ މާނައީ: ” ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ.

ހަތަރުވަނައަށް ފާހަގަކުރެވެނީ ދަހިވެތި މީހެއްގެ ގޮތުގައެވެ. އެކަމަށް އިޝާރާތް ކުރައްވާ ކަހުފު ސޫރަތުލް އިސްރާގެ 100 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. قُل لَّوْ أَنتُمْ تَمْلِكُونَ خَزَائِنَ رَحْمَةِ رَبِّي إِذًا لَّأَمْسَكْتُمْ خَشْيَةَ الإِنفَاقِ وَكَانَ الإِنسَانُ قَتُورًا މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ގެ خزانة ތައް މިލްކުވީނަމަ، ދެންއެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (خرد ނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ. ”

ފަސްވަނައަށް ފާހަގަކުރެވެނީ އަވަސްކަން އެދުމާއި ކެތްތެރިކަން ކުޑަ މީހެއްގެ ގޮތުގައެވެ. އެކަމަށް އިޝާރާތް ކުރައްވާ ކަހުފު ސޫރަތުލް ހޫދުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَلَئِنْ أَذَقْنَا الإِنْسَانَ مِنَّا رَحْمَةً ثُمَّ نَزَعْنَاهَا مِنْهُ إِنَّهُ لَيَئُوسٌ كَفُورٌ މާނައީ: ” އަދި ތިމަންރަސްކަލާނގެ އިންސާނާއަށް رحمة އެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ رحمة ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ رحمة ން އުންމީދުކަނޑައި، نعمة އަށް ދެކޮޅުހަދާ كافر އަކަށެވެ.

ހަވަނައަށް ފާހަގަކުރެވެނީ ދެރަކަމެއް ދިމާވާހިނދު ފޫހިވެ ނާއުންމީދު ވާމީހެއްގެ ގޮތުގައެވެ. އެކަމަށް އިޝާރާތް ކުރައްވާ ކަހުފު ސޫރަތުލް ފުއްސިލަތުގެ 49 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لا يَسْأَمُ الإِنسَانُ مِن دُعَاءِ الْخَيْرِ وَإِن مَّسَّهُ الشَّرُّ فَيَؤُوسٌ قَنُوطٌ މާނައީ: ” ހެޔޮކަންތަކަށް دعاء ކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި، ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ.”

ހަތްވަނައަށް ފާހަގަކުރެވެނީ އަނިޔާވެރިވުމުގައި ޙައްދުފަހަނަ އަޅާދާ މީހެއްގެ ގޮތުގައެވެ. އެކަމަށް އިޝާރާތް ކުރައްވާ ކަހުފު ސޫރަތުލް ޢަލަޤުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. كَلاَّ إِنَّ الإِنسَانَ لَيَطْغَى (މާނައީ: ” ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ.”

އަށްވަނައަށް ފާހަގަކުރެވެނީ  އިންސާނާއަށް ދެރަކަމެއް ކުރިމަތިވެއްޖެނަމަ ﷲ سبحانه وتعالى އަށް އެދި ގޮވައެވެ. އަދި އެކަން ހަމަ ފިލައި ދިއުމާއެކު އެކަލާނގެ މަތިން ހަނދުމަނެތިކޮށްލާ މީހެއްގެ ގޮތުގައެވެ. އެކަމަށް އިޝާރާތް ކުރައްވާ ކަހުފު ސޫރަތުލް ޔޫނުސްގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَإِذَا مَسَّ الإِنسَانَ الضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِدًا أَوْ قَآئِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَا إِلَى ضُرٍّ مَّسَّهُ كَذَلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُواْ يَعْمَلُونَ މާނައީ: ” އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ حضرة އަށް دعاء ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ حضرة އަށް دعاء ވެސް ނުކުރާކަހަލައެވެ. كافر ންނަށް އެއުރެން ކޮށްއުޅުނު عمل ތައް ޒީނަތްތެރި ކުރައްވާފައިވަނީ އެފަދައިންނެވެ.”

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

Leave a Reply

Your email address will not be published. Required fields are marked *