ބަލާފައިވަނީ: 106 ދޮންކެޔޮ ނުކައި ދޫކޮށްލާވަރެއް ނޫން – maaungoodhoo.com
loader image

ދޮންކެޔޮ ނުކައި ދޫކޮށްލާވަރެއް ނޫން

      ކޮންމެ މޭވާއަކީވެސް އެތައް ބަލިތަކެއްގެ ފަރުވާއެވެ. ބަލިތަކުން ދިފާއު ވުމަށް ބޭނުންކުރެވޭ ބޭހެކެވެ. ދުވާލަކު އާފަލެއް ކާ މީހެއްގެ ދިރިއުޅުމަށް ޑޮކްޓަރެއް ބޭނުންނުވާނެއޭ ބުނެއުޅެނީ މިސާލު ބަހަކަށް ނުވަތަ ޖޯކަކަށް ނޫނެވެ. ހަމަ ހަގީގަތުގައިވެސް އާފަލުން ހަށިގަނޑަށް ސިއްހީ ގޮތުން ބޭނުންވާ ގިނަ މާއްދާ ތަކެއް އެކުލެވިގެންވާތީއެވެ. މޭވާގެ ވާހަކަ ދައްކާއިރު އާފަލު ފަދަ ފައިދާހުރި އެހެން މޭވާތައްވެސް ބައިވަރެވެ. އޭގެތެރެއިން އެއް މޭވާއަކީ ތަންކޮޅެއް މަދުން އޭގެ ފައިދާގެ ވާހަކަ ދެކެވޭ މޭވާ އެއްކަމުގައިވާ ދޮންކޭލެވެ.…

By.

min read

iStock-174959827-1200×900

ކިޔުމަށް ހޭދަވާނީ:2 މިނެޓް, 15 ސިކުންތު

ކޮންމެ މޭވާއަކީވެސް އެތައް ބަލިތަކެއްގެ ފަރުވާއެވެ. ބަލިތަކުން ދިފާއު ވުމަށް ބޭނުންކުރެވޭ ބޭހެކެވެ. ދުވާލަކު އާފަލެއް ކާ މީހެއްގެ ދިރިއުޅުމަށް ޑޮކްޓަރެއް ބޭނުންނުވާނެއޭ ބުނެއުޅެނީ މިސާލު ބަހަކަށް ނުވަތަ ޖޯކަކަށް ނޫނެވެ. ހަމަ ހަގީގަތުގައިވެސް އާފަލުން ހަށިގަނޑަށް ސިއްހީ ގޮތުން ބޭނުންވާ ގިނަ މާއްދާ ތަކެއް އެކުލެވިގެންވާތީއެވެ.

މޭވާގެ ވާހަކަ ދައްކާއިރު އާފަލު ފަދަ ފައިދާހުރި އެހެން މޭވާތައްވެސް ބައިވަރެވެ. އޭގެތެރެއިން އެއް މޭވާއަކީ ތަންކޮޅެއް މަދުން އޭގެ ފައިދާގެ ވާހަކަ ދެކެވޭ މޭވާ އެއްކަމުގައިވާ ދޮންކޭލެވެ. އާއްމުކޮށް ދޮންކެޔޮ ކެއުމަކީ ވެސް ޑޮކްޓަރާ ދުރުގައި ދިރިއުޅެވިދާނެ ފަދަ މޭވާއެއްކަން ސިއްހީ މާހިރުން ފާހަގަ ކޮށްފައިވެއެވެ. އާފަލާ ދޮންކޭލުގެ ތަފާތަކީ ދޮންކޭލަކީ ވަރަށް ފަގީރު ބިންބިމުގައިވެސް ހެއްދިދާނެ އަދި އާފަލަށް ވުރެ މާއަގު ހެޔޮކޮށް އެންމެ ފަގީރު މީހާ އަށްވެސް އަތް ފޯޯރާފަށުގައި ލިބެން ހުންނަ މޭވާ އަކަށް ވުމެވެ.

ސިއްހީ މައުލޫމާތުތަކަށް ބަލާއިރު ދޮންކޭލުގައި ކާބޯހައިޑްރޭޓްސް، ވިޓަމިން އޭ ، ވިޓަމިންބީ 6 އާއި ފޮސްފަރަސް ،ކެލްސިއަމް ، ޒިންކް ، މެގްނޭސިއަމް، ސޯޑިއަމް، ޕޮޓޭސިއަމް، އަދި ގުދުރަތީ ހަކުރުގެ ތެރޭގައި ހިމެނޭ ސަކްރޯސް، ފްރަކްޓޯސް އާއި ގުލްކޯޒް ހިމެނެއެވެ. މި ހުރިހާ މާއްދާތަކާއެކު ދޮންކެޔޮ ހިމެނެނީ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިއްމު މާއްދާތަކާ އެކު “ސުޕަރ ފުރުޓް “ގެ ގޮތުގައެވެ.

ސިއްހީ މާހިރުން ދޮންކޭލުން ސިއްހަތަށް ލިބޭފައިދާ ތަކާ ބޭނުންކުރަންވާ ގޮތުގެ މައުލޫމާތު ދެމުން ލިޔެފައިވެއެވެ.

1. ކޮންމެ ދުވަހަކުވެސް ދޮންކެޔޮ ވަކެއް ކެއުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ހަޖަމުކުރުމުގެ ނިޒާމާއި ރަނގަޅު މޫޑުގައި މުޅި ދުވަސް ހޭދަކޮށްލުމަށް މިއީ އެންމެ ރަނގަޅު ފަރުވާ އެވެ. އެކަމަކު ރަނގަޅަށް ދޮންވެފައި ހުންނަ ދޮންކެޔޮ ބޭނުންކުރާށެވެ. ހަމަމިއާއެކު ދުވާލަކަށް ބޭނުންވާ ވަރަށް ހަތް ތަށި ނުވަތަ އަށް ތަށި ފެންބޯން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

2. ދޮންކޭލުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައިދެއެވެ. ދޮންކޭލުގައި ވިޓަމިންގެ އިތުރުން މިނެރަލްސް އާއި ކާބޯ ހައިޑްރޭޓްސް އެކުލެވިފައިވުމުން ގުދުރަތީ ހަކަތަ އުފައްދައިދެއެވެ. ހަމަ އެހެންމެ ހަށިގަނޑަށް ބޭނުންވާ ގުދުރަތީ ހަކުރުގެ ތިން ބާވަތް އެކުލެވިގެންވާތީ ހަކަތަ ހޯދުމަށް ދޮންކޭލާ ވާދަކުރެވޭވަރުގެ އެހެން މޭވާއެއް ނުހުންނާނެއެވެ. ދެވަށް ދޮންކޭލުގައި 90 މިނިޓް ވަންދެން ކަސްރަތު ކުރެވޭ ވަރުގެ ހަކަތަ ހުންނާނެއެވެ. ހަކަތަ ބޭނުންވާ ކަމެއް ނުވަތަ މަސައްކަތެއް ކުރަން ބޭނުންވެއްޖެނަމަ ދެވަށް ދޮންކެޔޮކާން ހަނދާން ބަހައްޓާށެވެ،. ވަރުބަލި ނުވެ ގިނަ ވަގުތު އެމަސައްކަތުގައި އުޅޭވޭނެއެވެ.

3. ދޮންކޭލަކީ މާޔޫސްވުމުގެ ބަލި ( ޑިޕްރެޝަން ) ، ކިޑްނީ ކެންސަރ ،ކަށީގެ ބަލިތައް ، ލޯ އަނދިރިވުން ، ހެނދުނު ހޭލާއިރު ވާ އުނދަގޫތައް، މިސާލަކަށް ކިބިހި އެޅުން، ބޮލުގައި ރިއްސާ ގޮތްވުން ، ހުންވައްތަރުވެ ކަންނެތް ވެފާ ހުރުން ފަދަ ބަލިތަކުން ދިފާއު ކޮށްދޭ މޭވާއެކެވެ.

4. ދޮންކޭލަކީ ސިކުނޑި ތާޒާކޮށްދިނުމާއެކު ކަންބޮޑުވުމާ ހާސް ކަން ފިލުވާލުމަށްވެސް މޮޅު ފަރުވާއެކެވެ. ކަންބޮޑުވެ ހާސްވާކަހަލަ ކަމެއް ދިމާވެއްޖެނަމަ އެންމެ އަވަސް ފަރުވާ އަކީ ދޮންކެޔޮ ކެއުންކެއުންކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

4. ދޮންކޭލަކީ ޕޮޓޭސިއަމް އިން މުއްސަނދިވެފައިވާ ކާނާއަކަށް ވާތީ ދޮންކެޔޮ ކެއުމުން ލޭގައި ހުންނަ ރެޑްސެލް ނުވަތަ ހިމޮގްލޮބިން މަދުވުމުން ހަށިގަނޑު ދިފާއު ކޮށްދެއެވެ.

5. ދޮންކޭލުގައި ވިޓަމިންބީ6 އެކުލެވިފައިވާތީ ތަންތަނަށް ތަދުވުމާ ހަށިގަނޑަށް ލިބޭ އަނިޔާއިން ވާ ތަދު ވަރަށް ބޮޑަށް ލުއި ކޮށްދެއެވެ

6. ދޮންކެޔޮ ކެއުމުން ހަށިގަނޑަށް ބޭނުންވާ ކެލްސިއަމް ރައްކާތެރިކޮށްދިނުމުގެ އިތުރުން ކަށްޓާއި ދަތްތައް ވަރުގަދަ ކޮށްދިނުމަށްވެސް އެހީވެދެއެވެ.

މީގެ އިތުރުން ދޮންކެޔޮ ތޮށިގަޑުވެސް ވަނީ ފައިދާއިން ފުރިފައެވެ. އޭގެތެރޭގައި ދަތްތައް ހުދުކޮށްލުމަށް ވެސް ދޮންކެޔޮ ތޮއްޓަކީ އެއްވަނައިގެ ފަރުވާ އެކެވެ. ކޮންމެ ދުވަހަކު ހެނދުނު ދަތް އުނގުޅުމުގެ ކުރިން ކުރިން ދޮންކެޔޮ ތޮށިގަނޑުން ދަތްތައް އަުނގުޅާލުމަށްފަހު އިރުކޮޅެއްގެ ފަހުން ރީތިކޮށް ބުރުހުން އުނގުޅާލާށެވެ. ކުދަ ދުވަސްކޮޅަކުން މީގެ ނަތީޖާ ފެންނާނެއެވެ.

ހިކި ކޮށް ހުންނަ ހަންގަނޑު ( ޑްރައިސްކިން ) އަދި މޫނުގައި ބިހި ނެގުން ފަދަ ކަންތައް މެދުވެރިވެފައިވާ މީހުންނަށް ވެސް ދޮންކެޔޮ ތޮށިން ފަރުވާ ހޯދިދާނެއެވެ.

ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން މޫނުގައި ދޮންކެޔޮ ތޮށިގަނޑު އުނގުޅާލުމަށް ފަހު ވިއްސަކަށް މިނިޓް ފަހުން ރީތިކޮށް މޫނު ދޮވެލާށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޫނު ރީތި ވާނެއެވެ. އަދި ހަންގަނޑުގައި ރޫޖެހުމާއި ލޯކައިރި ކަޅުވުމަށްވެސް ފުރަތަމަ ފަރުވާ އަކަށް ދޮންކެޔޮ ތޮށި ބޭނުންކުރައްވާށެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

Leave a Reply

Your email address will not be published. Required fields are marked *