މާއުނގޫދޫ ކައުންސިލުން ޕުރީސުކޫލް ޔުނީފޯމާއި، ފޮތްލިސްޓު ތަޢާރަފްކުރަނީ

ރާސީ އައުއަހަރުގެ ކިޔެވުމާއިއެކު މާއުނގޫދޫގައި ކައުންސިލުން ފެށުމަށް ތައްޔާރުވަމުން އަންނަ ނާސަރީ އަދި ބޭބީ ނާސަރީ ކުލާސްތަކުގެ ކުދިންގެ ޔުނީފޯމާއި ފޮތްލިސްޓު ތައާރަފްކުރުމަށް 18 ޖުލައި 2021 އާދިއްތަ ދުވަހު ހާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އެދުވަހު ހަވީރު 4:30 ގައި މާއުނގޫދޫ ކައުންސިލް މީޓިން ރޫމްގައެވެ. މާއުނގޫދޫ ކައުންސިލުން ދިރާސީ އައު އަހަރު ނާސަރީއާއި ބޭބީނާސަރީ ފެށުމަށްޓަަކައި މިހާރު ވަނީ އެކުލާސްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމަށް ޢިއުލާނުކޮށްފައެވެ. އަދި ދަރިވަރުން ވެއްދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

ބޭބީނާސަރީއާއި، ނާސަރީ ހިލޭކުރުމަކީ މިދިއަ ކައުންސިލް އިންތިޙާބުގައި އެމް.ޑީ.ޕީގެ ޓިކެޓްގައި ވާދަކުރެއްވި ކޭޑިޑޭޓުންގެ މެނިފެސްޓޯގައި ހިމަނިފައިވާ ވަޢުދެކެވެ. މާއުނގޫދޫ ކައުންސިލަކީ އެމް.ޑީ.ޕީ މެޖޯރިޓީ ކައުންސިލެކެވެ.  މީގެ ކުރީގައިވެސް މާއުނގޫދޫގައި ނާސަރީއާއި ބޭބީނާސަރީގެ ޙިދުމަތް ދެމުންގޮސްފައިވެއެވެ. ނަމަވެސް އޭރު އެކަން ކުރަމުން ގޮސްފައިވަނީ ކުދިންގެ އަތުން ފީނަގައިގެންނެވެ. ކައުންސިލުން މިޙިދުމަތް ހިލޭ ފޯރުކޮށްދިނުމީ އެތައް ބެލެނިވެރިން ދެކެމުންއައި ހުވަފެނެއް ހަޤީގަތަކަށްވެގެންދިއުމެވެ.

 

Comments

Leave a Reply

Your email address will not be published. Required fields are marked *