ބަލާފައިވަނީ: 395 މާއުނގޫދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ރައްޔިތުންގެ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި – maaungoodhoo.com
loader image

މާއުނގޫދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ރައްޔިތުންގެ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

      ލާމަރުކަޒީ ގާނޫނުގެ 1-107 ގެ (ރ) ގެ ދަށުން ކައުންސިލުން ބޭއްވުމަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލު ވުމުގެ މިދައުރުގެ ދެވަނަ ބައްދަލުވުން 27 ފެބްރުއަރީ 2022 ވީ އާދީއްތަ ދުވަހުގެރޭ ބާއްވައިފި މިބައްދަލުވުމުގައި މިދިޔަ އަހަރު މާއުނގޫދޫ ކައުންސިލުން ކޮށްފައިވާ މަސައްކަތްތަުކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްޞާކޮށްފައިވެއެވެ. އަދި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ވެސް ހިއްސާކޮށްފައިވެއެެވެ. މިބައްދަލުވުމުގައި މިއަހަރު ކައުންސިލުން ކުރަމުންދާ ބައެއް މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މަޢުލޫމާތު ހިއްޞާކޮށްފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި…

By.

min read

IMG-20220228-WA0022

ކިޔުމަށް ހޭދަވާނީ:1 މިނެޓް, 31 ސިކުންތު

ލާމަރުކަޒީ ގާނޫނުގެ 1-107 ގެ (ރ) ގެ ދަށުން ކައުންސިލުން ބޭއްވުމަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލު ވުމުގެ މިދައުރުގެ ދެވަނަ ބައްދަލުވުން 27 ފެބްރުއަރީ 2022 ވީ އާދީއްތަ ދުވަހުގެރޭ ބާއްވައިފި

މިބައްދަލުވުމުގައި މިދިޔަ އަހަރު މާއުނގޫދޫ ކައުންސިލުން ކޮށްފައިވާ މަސައްކަތްތަުކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްޞާކޮށްފައިވެއެވެ. އަދި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ވެސް ހިއްސާކޮށްފައިވެއެެވެ.

ރޭގެ ބައްދަލުވުމުގެ ތެރެއިން

މިބައްދަލުވުމުގައި މިއަހަރު ކައުންސިލުން ކުރަމުންދާ ބައެއް މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މަޢުލޫމާތު ހިއްޞާކޮށްފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި

  • ރަށްވެހިންގެ ހިޔާ އެއް އެޅުމަށް ބޭނުންވާ އެންމެހައި ކުރެހުންތަކާއި ބީއޯކިއު ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި ކޮންޓުރެކްޓަށް ވަރަށް އަވަހަށް ހުޅުވާލެވޭނެކަމަށް ފާހަގަ ކުރެއްވިއެވެ.
  • ފުޓްސަލް ދަނޑު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން އެމަސައްކަތް ބަޔަކާއި ހަވާލު ކުރެވި މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާކަން ހާމަކުރިއެވެ.

ސަރުކާރުން މާއުނގޫދޫގައި ހެދުމަށް ބަޖެޓް ކޮށްފައި ފަޅުގެ ޑިޒައިން ރައްޔިތުންނާއި ހިއްޞާކުރުންވެސް ރޭގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައި ވެއެވެ. މިނިސްޓްރީ އިން މިހާރު ފަޅު ހެދުމަށް ފޮނުވާފައިވާ ކުރެހުން ކައުންސިލުން ބަލައިގަންނަން ބޭނުންނުވާ ކަމަށް ކައުންސިލުން ވަނީ ހާމަކޮށް ފައެވެ.

ކައުންސިލުން ބޭނުންވަނީ ފަޅުގެ ފުޅާމިނުގައި 250 ފޫޓް ހުންނަ ވަރުގެ ބަނދަރެއް ހެދުމަށެވެ. މިދިޔަ އަހަރު މިނިސްޓްރީ އޮފް ޕުލޭނިންގ ހައުސިން އެންޑް އިންފުރާސުޓުރަކްޗަރ އެކު ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި ވެސް އެއްބަސްވެވިފައި ވަނީ އެވަރުގެ ބަނދަރެއް ހެދުމަށް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ. ނަމަވެސް މިނިސްޓްރީގެ ބޭފުޅުން ފޮނުވި ކުރެހުމުން ފަޅުގެ ފުޅާމިނަށް ލިބޭނެކަމަށް ދައްކަނީ 190 ފޫޓް ކަމަށްވެސް ހާމަކުރެއްވިއެވެ.

ކައުންސިލުން ބަނދަރު ހެދުމަށް ބޭނުންވާ ސަރަހައްދާއި ހަދަން ބޭނުންވާ ގޮތުގެ ކުރެހުމެއް

އެހެންކަމުން ކައުންސިލުން ބޭނުންވަނީ މިހާރުގެ ބަނދަރުގެ ހުޅަނގުން އޮތް ތަނުގައި ބޭރުން ޖާގަ ލިބޭ ސަރަހައްދަކަށް ބަނދަރު ބަދަލު ކުރުމަށެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް ބޭނުންވަނީ ކައުންސިލުން ވެސް ބޭނުންވާ ގޮތަށް 250 ފޫޓްގެ ފުޅާމިން ލިބޭ ސަރަހައްދަކަށް ބަނދަރު ބަދަލު ކުރުމަށެވެ. ރޭގެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ މަސްވެރިން ވެސް ބައިވެރިވިކަން ފާހަގަކުރެވެއެވެ.

ރޭގެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް މާއުނގޫދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓް ވެސް ވަނީ އިފްތިތާހު ކޮށްފައެވެ. މިއީ ކައުންސިލްގެ 3 ދައުރު ވޭތުވެގެން ދިޔައިރު ވެސް ނުކުރެވި އޮތް ކުޑަކުޑަ ކަމެކެވެ. މިއީ ޒަމާނީ ވިސްނުމަކުން ކައުންސިލުން ވެސް ވިސްނަންފެށިކަން ހާމަކޮށްދޭ ހެއްކެކެވެ.

4 ވަނަ ދައުރުގެ ކައުންސިލް ހުވާކުރުމަށްފަހު ގާނޫނުގައި ލާޒިމްކުރާ ގޮތަށް ގަވާއިދުން ރައްޔިތުންގެ ބައްދަލުވުންތައް ބާއްވަމުން ދާކަން ފާހަގަ ކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން
+1
1
+1
0
+1
1
+1
0

Leave a Reply

Your email address will not be published. Required fields are marked *