loader image
22 May 2025, Thu

މާއުނގޫދޫ ކައުންސިލްގެ ނައިބްރައީސަކަށް މޫސާ ޙަސަން

ބަލާފައިވަނީ: 268
ކިޔުމަށް ހޭދަވާނީ:25 ސިކުންތު

މާއުނގޫދޫ ކައުންސިލްގެ ނައިބްރައީސްގެ މަޤާމަށް އެ ކައުންސިލްގެ މެންބަރ މޫސާ ޙަސަން މިއަދު ހޮވައިފިއެވެ.

މާއުނގޫދޫ ކައުންސިލްގެ ނައިބްރައީސްގެ މަޤާމް ހުސްވެފައިވަނީ ކުރިން އެމަޤާމްގައި ހުރި މުސްޠަފާ ޢަބްދުލްޤައްޔޫމް މިދިއަ ބުދަދުވަހު ނައިބު ރައީސް ކަމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.

މާއުނގޫދޫ ކައުންސިލްގެ ނައިބްރައީސް އެއް ހޮވުމަށް މިއަދު ކައުންސިލް ބައްދަލުވުމުން މޫސާ ޙަސަން އެ މަޤާމަށް ހޮވާފައިވަނީ ވޯޓްގައި ބައިވެރިވި 3 ފަރާތުގެ އިއްތިފާގުންނެވެ. މޫސާ ޙަސަން އަށް ނައިބު ރައީސްކަން ދިނުމަށް ކުރީގެ ނައިބު ރައީސްގެ އިތުރުން ކައުންސިލް ރައީސްގެ ވޯޓު ވެސް ދެއްވާފައިވެއެވެ.

ކައުންސިލް ގައި އަންހެނުންނަށް ޙާއްސަ ކުރެވިފައިވާ ދެ ގޮނޑިއަށް ޕީޕީއެމް ޓިކެޓް ގައި ހޮވިވަޑައިގެންފާވާ ދެކަނބަލުން ވޯޓް ގައި ބައިވެރި ވެފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
2
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *