އަމިއްލަ ނަފްސަށް ތެދުވެރިވުން، އުފާވެރި ކާމިޔާބެއް!

Written by

in

އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިވެވިގެންނޫނީ، އެއްވެސް ކަމެއްގައި އުފާވެރި ކާމިޔާބެއް ނުވާނެއެވެ. އަޅުގަނޑު ޔަޤީންކުރާގޮތުގައި، އިންސާނަކު އެންމެ ފުރަތަމަ ވިސްނާންވީ، މިމަޥްޟޫޢުގެ މައްޗަށެވެ. މިހެނީ، ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިނުވެވެނީނަމަ، ދެން ތެދުވެރިވެވޭނެ އެއްވެސް ފަރާތެއް އޮންނާނެބާވައެވެ؟ އަޅުގަ ނޑު ހިތުން ނުއޮންނާނެއެވެ. ފުރަތަމަކަމަކީ، الله އަށް ތެދުވެރިވުމެވެ. ދެން އެހެނިހެން ފަރާތް ފަރާތްތަށް ތެދުވެރިވުމެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި، މިއިން ކޮންމެ ފަރާތަކަށްމެ ތެދުވެރިވެވޭނީ، ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިވެވިގެންނެވެ. މިތާނގައި ނަފްސޭ މިކިޔެނީ، ދިރިއުޅުމުގެ ހުރިހާ ރޮނގެއްގައި ހުރިހާ ބައިތަކެއްގައި، އިންސާނާއާ ގުޅޭ ހުރިހާ ކަމަކަށެވެ. އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިވެއްޖެ މީހަކީ، ޙައްޤު ގޮތުގައި ހުރި އިންޞާފުވެރިއެކެވެ. ބަސްޤަބޫލުކުރެވޭ އިތުބާރުހުރި މީހެކެވެ. އަޚްލާޤު ރަނގަޅު، ހަރުދަނާ މީހެކެވެ. މިފަދަ މީހަކަށް ވެ ވިގެންނޫނީ، ދިރިއުޅުމުގެ މައިދާނުގައި ރީތިނަމާއި ފަޚުރު ލިބެވޭނެތޯއެވެ؟

ފުރަތަމަ ތިމާއީ، އިސްކޫލުގައި ކިޔަވާން އުޅޭ ކުއްޖެކެވެ. އެދުވަސްވަރަކީ، ދުނިޔޭގެ ހުރިހާ ކަމެއް ހުއްޓާލާފައި، ހަމައެކަނި ތަޢްލީމުގެ މައްޗަށް ތިމާގެ ހިތާއި ސިކުނޑި ދޫކޮށްލާންވީ ދުވަސްވަ ރެކެވެ. އެދުވަސްވަރަކީ، މިފަދަ މަޥްޟޫޢުތަކުގެ މައްޗަށް ތިމާގެ ވިސްނުމުގެ އަލިކަން ފޯރުވައި، އެގޮތުގައި ތަރުބިއްޔަތުވެވެމުންދާ ދުވަސްވަރެކެވެ. އެކަމަކު ފުރިހަމަގޮތުގައި ކާމިޔާބުވެވެމުންދާނީ، އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރި އިތުބާރު ހުރި، ހަރުދަނާ ކުދީން ނަށެވެ. ބައެއް މީހުންނަށް، އެސިފަ ލިބެނީ ޤުދްރަތުންނެވެ. އަނެއްބައި މީހުންނަށް ޖެހެނީ، އެބައިމީހުންގެ ވިސްނުމަށް ތެދުވެރިކަމުގެ އަލިގަދަ ނޫރު ފެނުނު ދުވަހަކުން ހިންމަތުންނާއި މިންނަތުން އެސިފަ ލިބިގަންނާށެވެ. މިހެންނުވާނަމަ ބުއްދިއޭ މިކިޔާ އަގުމާތް ޖަޥްހަ ރު އަޅުގަނޑުމެންގައި ލައްވާފައެއްނުވީހެވެ……އާދެ! އިސްކޫލުން ވަކިވެގެން ދެން ތިމާ ނުކުންނަންޖެހޭނީ، ދިރިއުޅުމުގެ ގަދަފަދަ ހަނގުރާމައިގެ މައިދާނަށެވެ. ކުޑަވެސްޝައްކެއްނެތެވެ. ތިމާ ނެއްތައިލުމަށް އަބަދު ޙަމަލާދީދީ، ތިބޭ އެތައް ބައެއް ވަށަވަށައިގެން ތިބޭނެ އެވެ. އެބައިމީހުން ބަލިކޮށްލެވޭނީ، އެބައިމީހުންގެ އަނދަވަޅުތަކުން ސަލާމަތްވެގަނެވޭނީ، ތިމާގައި އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިކަމާއި އިތުބާރު ހުރެގެންނެވެ.

އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިކަންނެތަމަ، ހިތްހަމަޖެހުމާއި އުފާފާގަތިކަން އެގެއްލުނީއެވެ. މިހެނީ އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިކަންނެތް މީހާއަށް، އެހެން މީހުންގެ ހިތުގައި އޮންނާނީ ކޮން ޤަދަރެއްތޯއެވެ؟ އެމީހާއީ ތިމާއަށާއި، އެހެން މީހުންގެ މައްޗަށް ތެދުވެރިނުވެވޭ ޚިޔާނާތްތެރިއެކެވެ. އެމީހާ ދަންނަ މީހަކު، އޭނާގެ މައްޗަށް ކުޑަވެސް އިތުބާރެއް ނުކުރާނެއެވެ. ނުމެ ކުރެވޭނޭމެއެވެ. ކޮށްގެން ލިބޭނޭ ފައިދާއެއް ނުމެ އޮންނާނޭމެއެވެ. އެފަދަ މީހު ންނަކީ ނުދެނެތިބެ ތިމާމެންނަށް ކޮނެވޭ އަނދަވަޅުތަކުގެ ތެރެއަށް ވެއްޓެމުންދާ ބައެކެވެ .އެއްފަހަރު ފޭހުނު އިލޮށިގަނޑު ހެރިގެން، އެނބުރިލާއިރު، އަނެއް ފަރާތުން ހުންނާނީ، އަނެއް އިލޮށިގަނޑު ހެރޭން ތައްޔާރުވެފައެވެ.

އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިކަން ނެތްމީހާއީ، ނުފުދުމާއި، ބަދުނަޞީބުން ފުރިގެންވާ މީހެކެވެ. ފަހެ އެއްވެސް ކުށެއްގެ ބަދަލުގައި، ހެޔޮ ޖަޒާއެއް ލިބޭނެތޯއެވެ؟ ނުލިބޭނެކަން ކަށަވަރެވެ. ވީއިރު ޚިޔާނާތްތެރިކަމާއި، ބޭވަފާތެރިކަމީ، ޝައްކެއްވެސްނެތި ހަމަ މުޅީން ކުށެވެ. ތިމާއީ ކުށްވެރިއެއް ކަމުގައިވެހުރެ، ނޫންކަމުގެ ކިތަންމެ ރީތި ހެދުމެއްލިޔަސް، ޙަޤީޤަތުގައި އެއީ ކުށްވެރިއަކަށްނުވެދާނީ ކިހިނަކުންތޯއެވެ؟ ދުނިޔެއަކީ، އަބަދު އެގޮތް މިގޮތަށް، އެފުށް މިފުށަށް ބަދަލުވަމުން ފުރޮޅެމުންދާ އެއްޗެކެވެ. އިއްޔެ ވަސްމީރު ކުލަރީތި ތާޒާ މާތައް، އަދު ހުންނާނީ ކުލަ ބަދަލުވެ، ވަސްގޮސް މޯޅިވެފައެވެ. އިއްޔެ ސާފުކޮށް ހުރި އެތި، އަދު…..އާދެ! ވީއިރު މާދަމާ، އެހެދުމުގެ ބޭރުފުށުން، ފެވެމުން، ރޮނގު ރޮނގަށް ފާޅުވަމުންދާނީ، އެތެރެފުށުގެ ދާ ކުލައެވެ. ޙަޤީޤަތުގެ ކުށްވެރިކަން ފާޅުވީއެވެ. އެވަގުތު ތިމާއާމެދު ކުށްހީތައްކުރި މީސްތަކުންގެ ހިތްތަކަށް، ވެގެންދާނީ ކޮންގޮތެއްތޯއެވެ؟

އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިވުމަކީ، ހިތުންނާއި ދުލުން، ބަހުންނާއި ޢަމަލުން ތެދުވެރިވުމެވެ. އެތެރެފުށާއި ބޭރުފުށް އެއްގޮތްކުޅައުމެވެ. ފަހަރެއްގައިވެސް ޚިޔާނާތެއް ނުކުރުމެވެ. އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިކަން ހުންނަ މީހުން، ކުށެއް ކުރެވިއްޖެނަމަ، އެކަން ޤަބޫލު ކުރާނެއެވެ. ތިމާ ރެކިހުރެ އަނެކުން ފައްތާލާކަށް ނޫޅޭނެއެވެ. އެހެންމީހުން ސަލާމަތް ކުރެވޭތޯ އުޅޭނީ، ބޭވަފާތެރިކަމާއި ދޮގުވެރިކަމުންނެވެ. އެހެން މީހުން ގެންދެވޭތޯ މަސައްކަތް ކުރާނީ، [މަގުގެ ސީދާ ރާސްތާ] އިންނެވެ. ތިމާގެ ވަޒަނުގައި އުފެއްދޭތޯ މިންނަތްކުރާނީ، ތެދުވެރި ވަފާތެރި ކަމުގެ އަގު މާތް ރޫޙެވެ. އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިވެއް ޖެ މީހުންނަކީ، ނުއެނގިތިބެވެސް އެތައް ސިފައެއްގައި ޤައުމަށް ޚިދްމަތް ކުރެވެމުންދާނޭ ބައެކެވެ. އެފަދަ މީހުންނީ، ޤައުމުގެ މައިންނާއި ބަފައިންނެވެ.

ރަށެއްގައި ނުވަތަ ތަނެއްގައި ނުވަތަ ބައެއްގެ މެދުގައި ތެދުވެރި ވަފާތެރިކަމޭ މިކިޔާ މާތް ސިފަ ވަޅުޖަހަމުންދާން ފަށައިފިނަމަ، އެތަނެއްގެ ހަލާކު ކައިރިވީއެވެ. އެކުވެރިކަމާއި މިނިވަންކަން ދާނީ ކުޑަވަމުންނެވެ. އޯގާވެރިކަމާއި ހަމްދަރުދީ ދާނީ ގެއްލެމުންނެވެ. ކޮންމެ ބައެއްވެސް މޮޅަސް ދެރައަސް، ގިނަޔަސް، މަދަސް، އެބަޔަކު ކުރިއަރައި މޮޅުވުމުގެ ބާރަކީ، މިފަދަ މާތް ސިފަތައް، އެބައިމީހުންގައި ފިސާރި ރަނގަޅަށް ހަރުލާފައި ހުރުމެވެ. ބާއްޖަވެރިކަމާއި އުފާފާގަތިކަމުގެ އަޞްލަކީ، އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރި ވަފާތެރިވުމެވެ. މިޔާ ޚިލާފަށް އަބާއްޖަވެރިކަމާއި، ނާކާމިޔާބީގެ އަޞްލަކީ، ތިމާގެ ނަފްސު، އެމައްޗަށް ތެދުވެރިނުވުމާއި، ބޭވަފާތެރިކަމެވެ. ބަޔަކަށް ޞުލްޙަވެރިކަމާއި މަޞްލަޙަތު ހުރިގޮތެއްގައި ދިރިއުޅެވޭނީ، އެބައެއްގައި އަމިއްލަ ނަފްސުގެ މައްޗަށް ތެދުވެރިކަން ހުރެގެންނެވެ. މިހެނީ، މިސިފަ ނުވާނަމަ، އެކުވެރިކަން ދެމިނޯންނާނޭކަމީ ޝައްކެއްނެތި އެނގޭ ކަމެކެވެ. އެކުވެރިކަންނުވާނަމަ ތެދު ވެރި ލޯބީގެ ހަމްދަރުދީއެއް ނުވާނެއެވެ. އަދި ކީއްތޯއެވެ؟ އޭގެ ބަދަލުގައި ތިމާމެންގެ ހިތްތަކުގައި އަނދަމުންދާނީ، ފިތުނަވެރިކަމުގެ ގަދަ އަލިފާނެވެ. އަބަދު ތިބޭންޖެހޭނީ ޙަސަދައިގައެވެ. ދުވަހަކުވެސް ކާމިޔާބުވެގެން ހިތްހަމަޖައްސާލެވޭނޭ ވަގުތެއް ނާންނާނެއެވެ. މިއާ ޚިލާފަށް އަމިއްލަ ނަފްސަށް ތެދުވެރިވެއްޖެނަމަ، އެބައެއްގެ ހިތްތަކުގައި ހަމްދަރުދީއާއި، ލޯތްބާއި، ވަފާތެރިކަން ދިރިއުޅޭނޭ ޖާގަތައް ޢިމާރާތްވެދާނެއެވެ. އަދި ތަރައްޤީގެ މަގުތައް އަލިވެ، ތަހުޒީބުވަމުން އަންނަން ފަށާފާނެއެވެ. މިފަދަ ބަޔަކަށް ވެވިއްޖެނަމަ، އެ އަށްވުރެ އުފާވެރި، އެއަށްވުރެ މިނިވަން، އެއަށްވުރެ މާތް ދިރިއުޅުމެއް އުޅޭ އަނެއް ބައެއްވާނޭބާވައެވެ؟

Comments

4 responses to “އަމިއްލަ ނަފްސަށް ތެދުވެރިވުން، އުފާވެރި ކާމިޔާބެއް!”

  1. xxx2021.biz Avatar

    After I initially cokmented I see to have licked thhe -Noify me whewn new commenmts arre added- checbox aand noow
    whensver a comment iis added I recieve foiur enails with
    thee saame comment. Theere has tto bee aan easy meethod yoou are abe too rsmove mme frfom that service?
    Many thanks!

    My blopg post: xxx2021.biz

  2. Muriel Pacifico Avatar

    I’ve been browsing on-line greater than 3 hours lately, but I by no means found any attention-grabbing article like yours. It’s pretty price enough for me. In my view, if all webmasters and bloggers made just right content material as you probably did, the internet might be much more helpful than ever before.

  3. xnxxvids cc Avatar

    I blogg frequently aand I tuly appreciaate yur information. The
    article hass trul peake mmy interest. I will bookmark yourr boog andd kee checking
    foor new information abouit onfe a week. I pted iin ffor your RSS fee too.
    xnxx

Leave a Reply

Your email address will not be published. Required fields are marked *