މާއުނގޫދޫ ފުޓްސަލްދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ބައެއް ހޯދުމަށް ޢިއުލާނުކޮށްފިއެވެ.
މާއުނގޫދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ވާގޮތުން އެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ފުޓްސަލްދަނޑު ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެއިދާރާއިން ދޫކުރާ “ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް” ފުރިހަމަކުރެއްވުމަށް ފަހު 01 ފެބުރުއަރީ 2022 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން އެއިދާރާއަށް ހުށައެޅުމަށް އެދިފައިވެއެވެ.
އަދި ބީލަމުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް ބިޑްޑޮކިއުމަންޓްސް ފޯރުކޮށްދެވޭނެކަމަށާއި މިބީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 01 ފެބުރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 06 ފެބުރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މާއުނގޫދޫ ކައުންސިލް އިދާރާއަށް ބިޑު ހުށައެޅުއްވުން އެއިދާރާއިން ކޮށްފައިވާ ޢިއުލާނުގައިވެއެވެ. ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 6 ފެބުރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އެއިދާރާގައެވެ.
ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު އަދި ބީއޯކިއު ޓެމްޕްލޭޓް ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެކަމަށާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެކަމަށް ކައުންސިލްގެ ޢިއުލާނުގައިވެއެވެ.
މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ/ ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން: 9999838/6540056
އީމެއިލް: maaungoodhoocouncil@gmail.com
މިނިސްޓަރ އޮފް ޔޫތު ސުޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަޙްމަދު މަޙްލޫފް 25 ޖަނަވަރީ 2022 ވަނަދުވަހު މާއުނގޫދޫ އަށް ކުރެއްވި ދަތުރުފުޅުގައި މާއުނގޫދޫ ކައުންސިލާއިއެކު ކުރިއަށްގެންދެވި ބައްދަލުވުމުގައި، މާއުނގޫދޫ ފުޓްސަލްދަނޑު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ޢިއުލާނު ކޮށްގެން ކުރިއަށް ގެންދިއުމަށް ބޭނުންވާ އިންތިޒާމުތަށް ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ދަނޑު ތަރައްޤީ ކޮށް ނިމޭއިރު ދަނޑުގެ ސައިޒް ބޮޑުކޮށް ލައިންޓިންގ ސިސްޓަމާއެކު “އޭ” ގުރޭޑް ގެ ޒަމާނީ ފުޓްސަލް ދަނޑަކަށް ވެގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ.
Leave a Reply