loader image
22 May 2025, Thu

މާއުނގޫދޫ ފުޓްސަލްދަނޑު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަނީ

ބަލާފައިވަނީ: 587
ކިޔުމަށް ހޭދަވާނީ:1 މިނެޓް, 13 ސިކުންތު

މާއުނގޫދޫ ގައި އަޅާފައިވާ ފުޓްސަލްދަނޑު ބޮޑުކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިއްޖެއެވެ.

މިނިސްޓަރ އޮފް ޔޫތު ސުޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަޙްމަދު މަޙްލޫފް 25 ޖަނަވަރީ 2022 ވަނަދުވަހު މާއުނގޫދޫ އަށް ކުރެއްވި ދަތުރުފުޅުގައި މާއުނގޫދޫ ކައުންސިލާއިއެކު ކުރިއަށްގެންދެވި ބައްދަލުވުމުގައި ވަނީ މާއުނގޫދޫ ފުޓްސަލްދަނޑު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ޢިއުލާނު ކޮށްގެން ކުރިއަށް ގެންދިއުމަށް ބޭނުންވާ އިންތިޒާމުތަށް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ މަޙްލޫފް މާއުނގޫދޫ ކައުންސިލާއި ބައްދަލުކުރެއްވުން

ދަނޑު ތަރައްޤީ ކޮށް ނިމޭއިރު ދަނޑުގެ ސައިޒް ބޮޑުކޮށް ލައިންޓިންގ ސިސްޓަމާއެކު ޒަމާނީ ފެންވަރަށް ހެދިގެން ދާނެއެވެ.

މިނިސްޓަރ ގެ މިދަތުރުގައި ކުޅިވަރު ދަނޑުތަކާއި ޔޫތުސެންޓަރުވެސް ބައްލަވައިލައްވާފައިވެއެވެ. ޔޫތުސެންޓަރަންވެސް ގެންނާންޖެހޭ ބަދަލުތައް ގެނެސް ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާއުނގޫދޫ ޔޫތު ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި އެކު ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި އަންހެން ކަނބަލުންނަށް ފުޓްސަލް އަދި ހޭންޑުބޯލް ކުޅެވޭނެ ފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަވައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފުޓްސަލްދަނޑު ތަރައްޤީކޮށް ނިމުމުން އަންހެންކަނަބަލުންނަށް ޙާއްޞަ ވަގުތުތަކެއް ކަނޑައެޅުމަށް ކައުންސިލުގައި މިނިސްޓަރު ވަނީ އެދިލައްވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރެއްވުމުގެ ތެރެއިން

މާއުނގޫދޫ ގައި މިހާރު އޮތް ފުޓްސަލް ދަނޑަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވަރަށް އަވަސްއަރުވާލައިގެން ފެންވަރު ދަށްކޮށް ސައިޒަށްވެސް ނުފެތޭ ގޮތައް އަޅާފައިވާ ދަނޑެކެވެ. އޭރު ދަނޑު ނިންމާފައިވަނީ ލައިޓިން ސިސްޓަމްވެސް ނުލައެވެ. މިހާރު ދަނޑުގެ ފެންސުން ބޮޑުބައެއްވަނީ ހޮޅިތައް ދަބަރަށްވެ ގިރިގެން ގޮސް ވެއްޓިފައެވެ.

މާއުނގޫދޫ ގައި ޒަމާނީ ފެންވަރުގެ ފުޓްސަލްދަނޑެއް ޤާއިމްކުރުމަކީ މިހާރު ކައުންސިލްގެ މެޖޯރިޓީ ޕާޓީ އެމް.ޑީ.ޕީ އިން ކައުންސިލް އިންތިޙާބުގައި ވާދަކުރި އިރު ވެފައިވާ ވަޢުދެކެވެ.

 

https://m.facebook.com/story.php?story_fbid=490510252436212&id=100044317245341

މާއުނގޫދޫ ދަތުރަށްފަހު މިނިސްޓަރ މަޙްލޫފް ކުރަށްވާފައިވާ ފޭސްބުކް ޕޯސްޓު

 

މި ލިޔުން ކިޔާލުމުން
+1
0
+1
1
+1
2
+1
4

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *