loader image
20 Jun 2026, Sat

ޒިންމާދާރު ފެނަކަ ސީ.އެސް.އާރުން މާއުނގޫދޫ ޞިއްޙީމަރުކަޒުގެ ވޯޑް އޭސީ ކުރަނީ

ބަލާފައިވަނީ: 600
ކިޔުމަށް ހޭދަވާނީ:32 ސިކުންތު

ޒިންމާދާރު ފެނަކަ ސީ.އެސް.އާރުން މާއުނގޫދޫ ޞިއްޙީމަރުކަޒުގެ ވޯޑް އޭސީ ކުރުމަށް ބޭނުންވާ އޭސީތައް މިއަދު އެ މަރުކަޒާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މާއުނގޫދޫ ޞިއްޙީމަރުކަޒުގައި މިއަދު 12:15 ގައި ބޭއްވުނު ރަސްމިއްޔާތެއްގައި މާއުނގޫދޫ ފެނަކަ ބުރާންޗުގެ ފަރާތުން އޭސީތައް ހަވާލުކުރީ އެ ބުރާންޗުގެ ސުޓޭޝަން މެނޭޖަރ ހާރީ މުޙައްމަދެވެ. ޞިއްޙީ މަރުކަޒުގެ ފަރާތުން ތަކެއްޗާއި ހަވާލުވީ މަރުކަޒުގެ އެޑްމިން އޮފިސަރ އަޙްމަދު ޒިނާނުއެވެ.

އެމަރުކަޒަށް މިއަދު ހަވާލު ކުރެވިފައިވަނީ 24000 ބީ.ޓީ.ޔޫގެ ދެއޭސީއެވެ. މިއޭސީތައް އިންސްޓޯލް ކޮށްދިނުމާއި ، މަރުކަޒުގެ ވޯޑް އޭސީ ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ފެނަކަ މާއުނގޫދޫ ބުރާންޗުގެ މުވައްޒަފުން ކުރާގޮތައް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މާއުނގޫދޫ ޞިއްޙީމަރުކަޒުން ދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅު ކޮށް ޒަމާނީ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފެނަކަ މާއުނގޫދޫ ބުރާންޗުގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށް މައުލޫމާތު ލިބެއެވެ.

މި ލިޔުން ކިޔާލުމުން
+1
1
+1
0
+1
0
+1
4

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ Required fields are marked *