އެކުވެރިކަމުގެ މެޗު ތަކެއް ކުޅުމަށް ށ. ފުނަދޫ ޔުނިޓީ ސުޕޯޓްސް އެކަޑަމީން މާއުނގޫދޫ އަށް ދަތުރެއް ކުރުމަށް ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ އެއަކަޑަމީގެ 12 އަހަރުން ދަށުގެ ފިރެހެން ފުޓްސަލް ޓީމާއި މާއުނގޫދޫ ސުކޫލްގެ 12 އަހަރުން ދަށުގެ ފުޓްސަލް ޓީމާއި ދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:15 ގައި މާއުނގޫދޫ ފުޓްސަލްދަނޑުގައެވެ. މާދަމާ 12 އަހަރުން ދަށުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިމެޗަށް ތައްޔާރު ވުމުގެ ގޮތުން މާއުނގޫދޫ ސުކޫލް ޓީމުން ވަނީ މީގެ ދެ ދުވަސް ކުރިން ޓީމް އެކުލަވާލައި ޕުރެކްޓިސް ކުރަން ވެސް ފަށާފައެވެ. ދާދި ފަހުން މާއުނގޫދޫ ސުކޫލްގެ އިންޓަހައުސް ޖޫނިއަރ ފުޓްސަލް މުބާރާތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެހެންކަމުން ކުޅުންތެރިންގެ ފެންވަރު ވެސް ރަނގަޅު ވާނެކަމަށް ޤަބޫލުކުރެވެއެވެ.
ފުނަދޫ ޔުނިޓީ ސުޕޯޓްސް އެކަޑަމީ އަކީ އެރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުޅިވަރު އެކަޑަމީއެކެވެ. ފުރިހަމަ ވާޞީލަތްތަކާއި ތަޖުރިބާކާރު ކޯޗުންގެ އެހީތެރިކަމާއިއެކު އަތޮޅުގެ ނިސްބަތުން މަތީފަންތީގައި ކުޅިވަރުގެ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ އެކަޑަމީ އެއް ކަން ފާހަގަކުރެވެއެވެ.
މާދަމާ ހަވީރު 4:15 ގައި ކުޅެވިގެންދާ މެޗަކީ ފޯރިގަދަ މެޗަކަށް ވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ. ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދުރުވެ ސަޕޯޓް ކޮށްދެއްވުމަކީ މާއުނގޫދޫ އިން އުވެމުންދާ ފުޓްބޯޅަ ފޯރި ގަދަ ކުރުމަށްޓަކައި ހަމަ ކޮންމެ ބޭފުޅަކަށް ވެސް ކުރެވިދާނެކަމެކެވެ.
Leave a Reply