loader image
7 Jun 2025, Sat 7:27:02 AM

ތަރުހީބު ބޮޑުވި ލައިސަންސް ބުރު ނިންމާލައިފި

ބަލާފައިވަނީ: 308
ކިޔުމަށް ހޭދަވާނީ:45 ސިކުންތު

މާއުނގޫދޫ ކައުންސިލާއި ށ އަތޮޅު ކައުންސިލް ގުޅިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބުރެއް ބާއްވައިފި

މި ލައިސަންސް ބުރު ކުރިއަށް ގެންގޮސްފައި ވަނީ 10 އަދި 11 ޖަނަވަރީ 2022 ވަނަ ދުވަހު ށ. ފުނަދޫ ގައެވެ. މި ލައިސަންސް ބުރުގައި ޖުމްލަ 31 ފަރާތެއް ބައިވެރިވެފައިވެއެވެ.

ލައިސަންސް ބުރުގައި ބައިވެރިވި 31 ބައިވެރިންގެ ތެރެއިން ޖުމްލަ 26 ފަރާތެއް އިމްތިހާނުތަކުން ފާސްވެ ލައިސަންސް ހާސިލުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

މި ލައިސަންސް ބުރުގައި ބައިވެރިވި ފަރާތްތައް ފުނަދުއަށް ދިއުމުގެ އިންތިޒާމާއި، ދުއްވުމަށް ބޭނުންވާ ވެހިކަލާއި، ހުރުމާއި ކެއުމުގެ އިންތިޒާމްތައް ވަނީ މާއުނގޫދޫ ކައުންސިލުން ހަމަޖައްސައިދީފައެވެ.

މި ލައިސަންސް ބުރާއި ގުޅޭގޮތުން މިކަމުގައި ބައިވެރިވި ފަރާތްތަކާއި ވާހަކަދައްކާ ލުމުން މިކަން މާއުނގޫދޫ ކައުންސިލުން އިންތިޒާމް ކޮށްފައިވާލެއް ފުރިހަމަކަން ފާހަގަކޮށް ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ. އެހެން ބައިވެރިއަކު ހާމަކުރެއްވި ގޮތުގައި ކައުންސިލެއް އޮތް ކަމުގެ އިހުސާސް މިއަދު ކުރެވިއްޖެއެވެ. މިފަދަ ފަސޭހަތައް މިކައުންސިލުން ފޯރުކޮށްދެމުންދާތީ އެރައްޔިތުންގެ އިތުބާރު ކައުންސިލަށް އޮތްކަން ބައިވެރިންގެ ވާހަކަ ތަކުން ފާހަގަކުރެވެއެވެ.

މި ލައިސަންސް ބުރާއި ގުޅޭގޮތުން ސުވާލުދެންނެވުމުން ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބާއި މެދު ކައުންސިލުން ހިތްހަމަޖެހޭކަމަށް ކައުންސިލުން ހާމަކުރެއްވި އެވެ. އަދި މިއަހަރުގެ ފަހު ކުއާޓާގައި އިތުރު ބުރެއް ބޭއްވުމަށް ވިސްނަމުންދާކަމަށްވެސް ހާމަކުރެއްވިއެވެ.

 

މި ލިޔުން ކިޔާލުމުން
+1
1
+1
0
+1
0
+1
6

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *