loader image
22 May 2025, Thu

މާއުނގޫދޫ ކައުންސިލުން ލައިސަންސް ބުރެއް ބާއްވަނީ

ބަލާފައިވަނީ: 372
ކިޔުމަށް ހޭދަވާނީ:29 ސިކުންތު

މާއުނގޫދޫ ކައުންސިލާއި ށ އަތޮޅު ކައުންސިލް ގުޅިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

މާއުނގޫދޫ ކައުސިލުން ކޮށްފައިވާ ޢިއުލާނެއްގައި ވާގޮތުން މި ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 10 ވަނަދުވަހު ފުނަދޫ ގައެވެ. މި ލައިސަންސް ބުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9 ޖަނަވަރީ 2021 ވަނަ ދުވަހުގެ ކުރިން މާއުނގޫދޫ ކައުންސިލަށް ދުރުވެ ނަންނޯޓްކުރުމަށް ކައުންސިލުން އެދެއެވެ.

މި ލައިސަންސް ބުރުގައި ބައިވެރިވާ ފަރާތްތައް ފުނަދުއަށް ދިއުމުގެ އިންތިޒާމް މާއުނގޫދޫ ކައުންސިލުން ހަމަޖައްސައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ލައިސަންސް ބުރުގައި ބައިވެރިވާ ފަރާތްތަކުން ދުއްވުމުގެ އިމްތިހާނުގައި ބައިވެރިވާން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައްވެސް ވަނީ ކައުންސިލުން ހަމަޖައްސައިދޭގޮތަށެވެ. މިގޮތުން ދުއްވުމަށް ބޭނުންވާ ވެހިކަލް ވެސް އެފަރާތުން ހަމަޖައްސައިދޭނެކަމަށް މައުލޫމާތު ލިބެއެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
2

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *