ބަލާފައިވަނީ: 262 إن شاء الله ކިޔުމަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ. – maaungoodhoo.com
loader image

إن شاء الله ކިޔުމަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ.

      އެއްވެސް ކަމަކީ އަހަރެމެންގެ ބާރުގެ ދަށުގައި ވާ ކަންކަމެއް ނޫނެވެ. ހުރިހާ ކަމެއްވެސް އަހަރެމެންނަށް ކުރެވޭނީ މާތް ﷲ އެކަމެއް ކުރުމުގެ ތަޢުފީޤު އަހަރެމެންނަށް ދެންވީމައެވެ. އެކަލާނގެ އިރާދަފުޅާއި ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގާނެތެވެ. ކުޑަކުޑަ ޝަހަރެއްގައި ހުކުރު ދުވަހުގެ ޚުތުބާގައި ކަމެއްކުރަން ގަސްތުކުރާއިރު إن شاء الله (ﷲ ގެ އިރާދަފުޅުން) ކިއުމުގެ މުހިއްމުކަމާއި ބެހޭގޮތުން އަލިއެޅުއްވިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެދުވަހުގެ ޙުތުބާ އަޑުއެހުމަށް ހުރި ޒުވާނަކު ގެރިއެއް ގަތުމަށް ގަސްތުކޮށް ބާޒާރު…

By.

min read

5e5fc813e64d25f04e21ddd6b631ade8_L

ކިޔުމަށް ހޭދަވާނީ:1 މިނެޓް, 22 ސިކުންތު

އެއްވެސް ކަމަކީ އަހަރެމެންގެ ބާރުގެ ދަށުގައި ވާ ކަންކަމެއް ނޫނެވެ. ހުރިހާ ކަމެއްވެސް އަހަރެމެންނަށް ކުރެވޭނީ މާތް ﷲ އެކަމެއް ކުރުމުގެ ތަޢުފީޤު އަހަރެމެންނަށް ދެންވީމައެވެ. އެކަލާނގެ އިރާދަފުޅާއި ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގާނެތެވެ.

ކުޑަކުޑަ ޝަހަރެއްގައި ހުކުރު ދުވަހުގެ ޚުތުބާގައި ކަމެއްކުރަން ގަސްތުކުރާއިރު إن شاء الله (ﷲ ގެ އިރާދަފުޅުން) ކިއުމުގެ މުހިއްމުކަމާއި ބެހޭގޮތުން އަލިއެޅުއްވިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އެދުވަހުގެ ޙުތުބާ އަޑުއެހުމަށް ހުރި ޒުވާނަކު ގެރިއެއް ގަތުމަށް ގަސްތުކޮށް ބާޒާރު މައްޗަށް ނިކުތެވެ. މަގުމަތިން އެކުވެރިއަކާ ދިމާވެ, އެ ޒުވާނާ ދަނީ ކޮންތަނަކަށްހޭ އެ އެކުވެރިޔާ ސުވާލު ކުރިއެވެ. އެވަގުތު ތިމަންނާ މިދަނީ ގެރިއެއް ގަތުމަށް ކަމަށް އެޒުވާނާ ބުންޏެވެ.އެކަމަކު އެޒުވާނާ إن شاء الله  ނުކިޔައެވެ. އެވަގުތު އެ އެކުވެރިޔާ ޚުތުބާގެ މަތީން އޭނަގެ އެ ޒުވާން އެކުވެރިޔާއަށް ހަންދާންކޮށް ދިނެވެ. އެހެނަސް އެކަމަށް މާބޮޑު ފިކުރެއްނެތި ކީއްކުރާ إن شاء الله އެއްހޭ އަހަރެން މިދަނީ ގެރި ގައްނާށޭ، ލާރި އެބަހުއްޓޭ ، ގަންނަންދާނެހާ ހަކަތާއި ބާރުއެބަހުއްޓޭ ބުނުމަށް ފަހު އެޒުވާނާ ކުރިޔަށް ހިނގައިގަތެވެ. އޭނާއަށް ހީވެފައި އޮތީ  إن شاء الله އަކީ އަގެއްނެއް ބޭކާރު ލަފުޒެއްގެ ގޮތުގައެވެ.

ޒުވާނާއަށް އޭނަގެ މަންޒިލާ ހަމަޔަށް ދެވުނެވެ. ނަމަވެސް އޭނަގެ ފޮނި އުއްމީދުތައް ވިއްސިވިހާލިވެގެން ދިޔައެވެ. ގެރީގެ އަގު މާބޮޑެވެ. އޭނަގެ އަތުގައި އެހާ ފައިސާއެއް ނެތެވެ. ޒުވާނާ ވިޔަފާރިވެރިޔާގާތުން އަގު ކުޑަކޮށް ދިނުމަށް އެދި އާދޭސް ކުރިއެވެ. އެއްމެ ފަހުން އޭނާއަށް ގެރި އަގުހެޔޮކޮށްދޭން ވިޔަފާރިވެރިޔާ ނިންމިއެވެ. އުފަލުން ފުރިފައިވާ ޒުވާނާ ފައިސާ ނަގަން ބެލިއިރު ކަމަކުދާކަށް ނެތެވެ. ފައިސާ ދަބަހެއް ނެތެވެ. ފައިސާތައް ގެއްލިއްޖެއެވެ. މޮޅިވެފައިވާ ޒުވާނާ ލަދުވެތިކަމާއެކު ވިޔަފާރިވެރިޔާއަށް ބަލައިލިއެވެ. ސުވާލުން ފުރިފައިވާ ވިޔަފާރިވެރިޔާ ގެރިގަންނާނެތޯ ނުވަތަ ނޫންތޯ ސުވާލު ކުރިއެވެ. އެވަގުތު ޒުވަނާ إن شاء الله އަންނަ ހަފުތާގައި ގަންނާނަމޭ ބުނެ ހިނގައިގަތެވެ.

ގެއަށް ދެވުމުން ޒުވާނާގެ އަނބިމީހާ ގެރި ކޮބައިތޯ ސުވާލު ކުރިއެވެ. އެވަގުތު ކަންހިނގިގޮތް ޒުވާނާ ތަފްސީލުކޮށް ކިޔައި ދިނެވެ.   إن شاء الله އޭ ނުކިއުމުގެ ނަތީޖާ ކިޔައިދިނެވެ. އަދި ބުންޏެވެ. ” إن شاء الله އަހަރެން އެގެރި ގަންނަން ބޭނުމެވެ. إن شاء الله އަހަރެންގެ ލާރިކޮޅު ގެއްލުނެވެ. إن شاء الله އަހަރެން އެގެރި އަންނަ ހަފުތާގައި ގަންނާނަމެވެ.”

ފިރިމީހިގެ ވާހަކަ އަޑުއެހުމަށް ފަހު އަނބިމީހާއަށް  ބޭއިޚްތިޔާރުގައި ހެވެން ފެށިއެވެ. އަދި إن شاء الله  ކިޔަނީ ކުރިއަށް ކުރަން ގަސްތުކުރާ ކަންކަމުގެ ވާހަކަ ދައްކާއިރުގައި ކަމަށާއި ވެނިމިފައިވާ ކަންތައްތަކުގެ ވާހަކަ ދައްކާއިރު إن شاء الله ކިޔަން ނުޖެހޭނެ ކަމުގައި ބުނެ އޮޅުން ފިލުވައިދިނެވެ. އޭގެ ފަހުން އެޒުވާނާ ދުވަހަކުވެސް إن شاء الله ކިޔަން ހަނދާން ނައްތާނުލައެވެ…

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

Leave a Reply

Your email address will not be published. Required fields are marked *