މާއުނގޫދޫ ސުކޫލްގެ ދަރިވަރުންގެ މެދުގައި ބާއްވާ އިންޓަރ ހައުސް ފުޓްސަލް މުބާރާތުގެ ސީނިއަރ އަދި ޖޫނިޔާ ބައިގެ ޗެމްޕިއަންކަން ކާނި ހައުސް ހޯދައިފި
މިއަދު ހަވީރު ކުޅެވުނު ފައިނަލްގެ ފުރަތަމަ މެޗު ގައި ބައްދަލުކުރީ ކާނި އަދި މަދޮށި ހައުސްގެ ސީނިއަރ ޓީމްއެވެ. މި މެޗު 5 ލަނޑު 9 ލަނޑުން ކާމިޔާބުކުރީ ކާނި ހައުސްއެވެ.
މެޗުފެށިގެން ވަރަށް ކުރީކޮޅު އެޓީމްގެ ޙަސަން ރީހާނު ވަނީ ލަނޑެއް ޖަހައި ކާނި ހައުސް އަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން މަދޮށި ހައުސްގެ ޢަލީ ފައްވާޒު ލަނޑެއް ޖަހައި ވަނީ ނަތީޖާ ހަމަ ކޮށްފައެވެ. އޭގެފަހުން ކާނި ހައުސްގެ ކުޅުން ރަނގަޅު ކޮށް އިތުރު ލަނޑުތަކެއް ޖަހައި ވަނީ ލީޑު ފުޅާކޮށް ފައެވެ. ފުރަތަމަ ހާފް ނިމުނީ 2 ލަނޑު 4 ލަނޑުން ކާނި ހައުސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން މަދޮށި ހައުސްގެ ކުޅުން އިތުރަށް ރަނގަޅު ކޮށް މެޗުގެ ފަރަގު ކުޑަ ކުރި ނަމަވެސް ކާނި ހައުސް އިންވަނީ ކުޅުން ވަރުގަދަކޮށް ލީޑު ފުޅާކޮށް މެޗުގެ ކޮންޓުރޯލް ހޯދާފައެވެ. މެޗު ގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކާނި ހައުސްގެ ޖާޒީ ނަންބަރ 11 ޙަސަން ހާއިދު އެވެ.
ޖޫނިޔާ ބައިގެ ފައިނަލް މެޗުގައިވެސް ބައްދަލު ކުރީ ކާނި ހައުސް އާއި މަދޮށި ހައުސް އެވެ. މި މެޗު 4 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ ކާނި ހައުސްގެ ޖޫނިޔާ ޓީމްއެވެ. މެޗުގެ ފެށިގެން 2 ވަނަ މިނެޓް ގައި ކާނި ހައުސް އަށް އެޓީމްގެ ކެޕްޓަން އިބްރާހިމް ޝާދު ގެ ބާރު ހަމަލާ އަކުން ކާމިޔާބު ކުރި ލަނޑުން އެޓީމަށް ލީޑު ނަގައިދިނެވެ. މަދޮށި ހައުސްގެ ކުޅުން އިތުރަށް ރަނގަޅު ކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން މަދޮށި ހައުސްގެ ޙުސައިން ޒާއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1 ލަނޑު 1 ލަނޑުން ދެޓީމް ހަމަހަމަވެގެންނެވެ.
ދެވަނަ ހާފް ގެ ކުޅުން ފެށިގެން ދިއުމާއެކު ކާނި ހައުސް އިން ކުޅުން އިތުރަށް ރަނގަޅު ކޮށް އިބްރާހިމް ޝާދު އިތުރު ލަނޑެއް ޖަހާ ވަނީ ލީޑު ނަގައިދީފައެވެ. އޭގެ އިރުކޮޅެއް ފަހުން އެޓީމްގެ ސާޢީ ސަލީމް އިތުރު ލަނޑެއް ޖަހައި މެޗުގެ ފަރަގު ބޮޑުކުރިއެވެ. ދެޓީމުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި އިތުރު ލަނޑުތަކެއް ޖެހުމަށް ކާނި ހައުސް އަށް ލިބުނު ފުރުޞަތު ތަކުގެ ހުރަހަކަށް ވެފައިވަނީ މަދޮށިހައުސްގެ ކީޕަރު އަޝާޒު ޢަލީ ޝަރީފްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކާނި ހައުސްގެ ޖާޒީ ނަންބަރ 11 އިބްރާހިމް ޝާދު އެވެ.
މުބާރާތުގެ ސީނިއަރ އަދި ޖޫނިޔާ ބައިގެ ޗެމްޕިއަން ޓީމުތަކަށް ވާދައިގެ ތަށި ހަވާލުކޮށް ދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން މާއުނގޫދޫ ސުކޫލްގެ ޕުރިންސިޕަލް އިބްރާހީމް ޞަލާހުއެވެ. މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމް ދިނުމަށް ފަހުގެ ތާރީހެއް ގައި ޙާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
Leave a Reply