ފުނަދޫ ސުކޫލްގެ 15 ކުލާސްރޫމް އިމާރާތުގެ މަސައްކަތް މިއަދު ބަޔަކާއި ހަވާލުކޮށްފި

ފުނަދޫ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ސުކޫލުގައި 15 ކުލާސްރޫމް އިމާރާތްކުރުމަށް މިއަދު ބަޔަކާއި ހަވާލު ކޮށްފިއެވެ.

މިއަދު އެކަމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކޮށްފައިވަނީ ސުވިފްޓް އިންޖީނިއަރިން ޕުރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތަށް ދައުލަތުން 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެއެވެ.

މިދިއަ ސަރުކާރުންވެސް ފުނަދޫ ސުކޫލްގައި ވަނީ 15 ކުލާސްރޫމްގެ 4 ފަންގިފިލާގެ އިމާރާތެއް އަޅާފައެވެ. ނަމަވެސް އެތަން އިމާރާތް ކުރުމުގައި ދަށްފެންވަރުގެ ސާމާނު ބޭނުން ކޮށްފައިވުމާއި، އިމާރާތް ކުރުމުގެ ފެންވަރު ދައްވުމުގެ ސަބަބުންނާއި ވިއްސާރަ ދުވަސްވަރެއްނަމަ ކުލާސްރޫމްތަކަށް ފެންވަނުމާއި ސީލިންގ އިން ފެންފޭބުންފަދަ ކަންކަމުގެ ސަބަބުން އެ އިމާރާތުގެ ބޭނުން ހިފޭގޮތްވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

އެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން މިހާރުވެސް ކިޔަވައިދެމުން ގެންދަނީ ދެދަންފަޅިއަށެވެ. މިއަދު އަލަށް މިހަވާލުކުރެވުނު މަޝްރޫޢާއި އެކު ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެކަމަށް މައުލޫމާތު ލިބެއެވެ.

 

Comments

One response to “ފުނަދޫ ސުކޫލްގެ 15 ކުލާސްރޫމް އިމާރާތުގެ މަސައްކަތް މިއަދު ބަޔަކާއި ހަވާލުކޮށްފި”

  1. bilitube.cc Avatar

    Whatt a information oof un-ambiguity annd preserveness of preciouhs familiarity about unexpected emotions.

    xnxx

Leave a Reply

Your email address will not be published. Required fields are marked *