ދިރިއުޅުމުގެ އުފާވެރިކަމުގެ ތަޅުދަނޑިއަކީ ކާވަނިހެއްޔެވެ؟

ސުވާލަކީ، ކޮށްލަން ވަރަށްވެސް ފަސޭހަ ސުވާލެކެވެ. ނަމަވެސް ސުވާލުގެ އަޑުއައިސް އަޅުގަނޑުގެ ކަންފަތުގައި ޖެހުމާއެކު، އަޅުގަނޑުގެ ލޭހިނގުން އަވަސްވެއްޖެއެވެ. ނުތަނަވަސްކަމާއި ހާސްކަން އިންތިހާ ދަރަޖައަށް ހިނގައްޖެއެވެ. އަޅުގަނޑުގެ ޚިޔާލަށް ރޭވިރޭވި ހުރި މަންޒަރު މުޅީން ބަދަލުވެއްޖެއެވެ. ހެދިހެދި ހުރި ޅަދޮޅު ގަސްތައް، މިލައިމޯޅިވަމުންދާ ކަހަލައެވެ. އާދޭހެވެ!ވަގުތީގޮތުން ނަމަވެސް، ޚިޔާލުގެ މަތިވެރި ޢިމާރާތްތަކާ އަޅުގަނޑަށް ވަކިވެވުނީއެވެ. މުޅިތަން ޒީނަތްކުރާ [އެލެކްޓްރިކް ބޮކި] ތައް ވެސް ނިވި، އަނދިރިކަމާއި ފަޅުކަން ވެރިވެގަތީއެވެ. މިބޮޑު ބަދަލު އަޅުގަނޑުގެ ދިރިއުޅުމަށް، ޔަޢުނީ (ޚިޔާލީ ދިރިއުޅުމަށް) ގެނައީ ކޮންއެއްޗެއްތޯއެވެ؟

މަތީގައިވާ ނުހަނު ބޭނުންތެރި މަޥްޟޫޢެވެ. އެބޮޑު ދަތި ސުވާލެވެ. ޖަވާބު ދިނުން އަޅުގަނޑަށް ދަތި މައްސަލައެވެ. ނަމަވެސް، މައްސަލަ ކިތަންމެ އުނދަގުލަސް، ޚިޔާލު ކިތަންމެ ހީކެރުވިޔަސް…..އާދެ! [ދިރިއުޅުމުގެ އުފާވެރި ކަމުގެ ތަޅުދަނޑިއަކީ، ކާވެނިހެއްޔޭ] ތޯއެވެ؟ އާހް! ޖަވާބު ދިނުން ހާދަހާ ދައްޗެވެ ! ހާދަހާ އުނދަގުލެވެ! އަޅުގަނޑަށް ހާދަހާ ނޭނގޭ މައްސަލައެކެވެ. ވިސްނާން ހާދަހާ ދަތި މައްސަލައެކެވެ. ނަމަވެސް، ކިރިޔާވެސް ކާމިޔާބީގެ ކައިރިފަށުންވެސް ދެވޭނީ، ހިންމަތާއެކުު މަސައްކަތް ކުރިއްޔާއެވެ. ނުވަތަ ކުރެވޭތޯ ބެލިއްޔާއެވެ. އެހެންކަމުން……އާދެ! އެހެންކަމުން ވިސްނުމުގެ މައިދާނަށް، ޤަލަމް މިދޫކޮށްލަނީއެވެ. ސީދާ ރާސްތާއިން ހިނގައްޖެނަމަ، ހަމަކަށަވަރުންވެސް ވާނީ ކާމިޔާބެވެ. ނޫންނަމަ…..އޮތީ ޝުކުރު ކުރުމެވެ.

އާދޭހެވެ ! އަޅުގަނޑު ހީކުރާގޮތުގައި، އަޅުގަނޑަށް ވިސްނޭގޮތުގައި، ކާވަންޏަކީ، ދިރިއުޅުމެވެ. އުފާވެރިކަމުގެ ތަޅުދަނޑިއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އަޅުގަނޑު ދެކޭގޮތުގައި، ދިރިއުޅުމުގެ ބިރުވެރިކަމުގެެ ތަޅުދަނޑިއަކީ…….އާދެ! ގިނަފަހަރަށް ކާވަންޏެވެ. އަޅުގަނޑު މިހެން ދެންނެވީމާ، ވަރަށްގިނަ މީހުން މިބަހާ އިންކާރުވާނޭކަން ނޭނގެއެވެ. ނަމަވެސް، އަޅުގަނޑުގެ ތަޖްރިބާއަކީ، އަޅުގަނޑުގެ އީމާނަކީ، އަޅުގަނޑުގެ ޚިޔާލަކީ، މިދެންނެވީއެވެ. އަޅުގަނޑަށް ފެންނަ ތަންތާނގައި ކާވަންޏަކީ، ދިރިއުޅުމުގެ އުފާވެރިކަމުގެ ތަޅުދަނޑި ކަމުގައި، ހަމަ ފަހަރެއްގައިވެސް ވެފައި އޮއްވައެއް އަދި ނުފެނެއެވެ. މުސްތަޤްބަލުގައި އެހެން ނުވާނޭ ކަމެއް ނޭނގެއެވެ.

ކޮންމެއަކަސް މިހާރު ވާގޮތަކީ، ވަމުންދާތީ ފެންނަގޮތަކީ، އެތައް ދުވަހަކުއްސުރެ ރާވަމުން އަންނަ ދިރިއުޅުން، ދުވަސްކޮޅަކުން ވިއްސިވިހާލިވެ ހިނގައިދެއެވެ. ނުލާހިކު ފުރިހަމަކޮށް އާރާސްތުކުރި ޢިމާރާތް ބިންގަލުންގުޑާ، މުގުރި ހަލާކުވެދެއެވެ. ކަން މިހެންް ހުރިއިރު، ދިރިއުޅުމުގެެ އުފާވެރިކަމުގެ ތަޅުދަނޑިއަކީ، ކާވަނި ކަމުގައި ވާނޭތޯއެވެ؟ ނޫންކަން ކަށަވަރެވެ. ޔަޤީނެވެ.

ކާވަންޏަކީ، ވަރަށް މާތް ގުޅުމަކުން އެތައް ގޮތަކުން ގުޅި ފުރިހަމަވުމަށްފަހު، އެގުޅުމަށް ގެނެސްގަންނަ ފުރިހަމަކަމެވެ. ޔަޢުނީ (ޝަރްޢީ ގޮތުން ގެންނަންޖެހޭ ގުޅުމެކެވެ.) ކުރިންވެސް ދެންނެވި ފަދައިން، މި މަޥްޟޫޢުގެ މައްޗަށް އިންޞާފް ނުކުރެވޭނޭކަންް ކަށަވަރެވެ. އަޅުގަނޑަކީ މަޢްލޫމާތު ވަރަށްވެސް ކުޑަ މީހެކެވެ. ތަޖްރިބާ ޢަމްދުން ނުލިބޭ މީހެކެވެ. މިހުރިހާ ސަބަބުތަކެއް ހުންނަނީ، އަޅުގަ ނޑުގެ ޤަލަމާއި ކަރުދާހާ ދެމެދަށް ހުރަސްް އަޅައަޅައެވެ.

އާދެ!……… ފަހަރެއްގައިވެސް މުޅި ދިރިއުޅުން އިޞްލާޙުވެ ހަރުދަނާ ބިންގަލެއްގެ މައްޗަށް ދިރިއުޅުން ބިނާވުމުގެ ސަބަބެއް ކަމުގައި (އެހެން މީހުންގެ ބަހުގައި) ކާވަނި ވެދާނެއެވެ. އެކަމަކު ޙަޤީޤަތަށް ވިސްނަވާށެވެ! އަޞްލަކީ ކޮން އެއްޗެއްތޯއެވެ؟ ސިއްރަކީ ކޮބައިތޯއެވެ؟ އެއްވެސް ވަސްވާހެއްނެތެވެ. އެކަމުގެ އަޞްލަކީ، [ކާވަންޏޭ] މިކިޔާ [ހަރުދަނާ] އެއްޗެއް ނޫނެވެ. ހަމައެކަނި، ތެދުވެރި ވަފާތެރި، ނުގުޑާފަދަ ލޯތްބެވެ. އަޅުގަނޑުމެން ތެރޭން ގިނަ މީހުންނަށް (އަޅުގަނޑަށް ހީވާގޮތުގައި އަދި ހަމައެކަކަށްވެސް ) އޭގެ ރަހަ ނުލިބޭ މަތިވެރި މާތް ލޯތްބެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި، އެދެމީހުންގެ ދިރިއުޅުމުގެ އަޞްލަކީ، ބިންގަލަކީ، އުފަލަކީ، ހިތުގެއާއި ސިކުނޑީގެ ތެދުވެރި ވަފާތެރި ލޯތްބެވެ. ގުޑުމެއްނާރާ ވަރުގަދަ ލޯތްބެވެ…….

އާދޭހެވެ! އާދޭހެވެ! މިދެމީހުންގެ ކާވަނީގެ އަގުހުރި ނަތީޖާއަށް ވިސްނަވާށެވެ! ޤައުމަށް ޚިދްމަތް ކުރާނޭ ނުލާހިކު މާތް ދަރީންތަކެއް އުފެދިއްޖެއެވެ. އެކުދީންގެ ހިތްވަނީ ސަލާމަތުންނެވެ. ސިކުނޑިއަށް އުނިކަމެއް ނާދެއެވެ. ފުރިހަމަ ޞިއްޙަތު ލިބިފައިވާ ހަރުދަނާ އަޚްލާޤުގެ މަތިވެރި ފަޚްރުވެރީންނެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރީންނެވެ. އެދެމީހުންގެ ދިރިއުޅުމުގެ ފަހު ދައުރުގައި، ލިބެނިވެގެންވާހާ އުފަލަކާއި ޝަރަފެއްގެ ޙައްޤުވެރީންނެވެ. އާދޭހެވެ ! ނަތީޖާއަށް ވިސްނައިލެވިއްޖެއެވެ. ސިއްރުތަކާއި އަޑިތައް އޮޅުންފިލައްޖެއެވެ. ދެން އަޅުގަނޑުމެންގެ ވިސްނުމުގެ އަލިކަން އަޅުވައިލާންވީ، އެހެން ފަރާތަކަށެވެ.

އާދޭހެވެ! ވިސްނާކަށް ދައްޗެއް ނޫނެވެ. އެހެރަ ދިމާއިންވެސް ފެންނަނީ އޭގެ މިސާލެކެވެ. މިހިރަ ދިމާއިންވެސް ފެންނަނީ އެއިގެ ނަމޫނާއެކެވެ. ހަފަރާތަށް ބަލާލުމުން ކުރާނޭކަ ބަޙުޘެއް، ހޯދާނޭކަ މަޢްލޫމާތެއް އޮތްކަމަކަށް ނުވިއެވެ. އެތައް ކާވަނިތަކެއްގެ، އެތައް ދެމީހުންނެއްގެ ސިއްރުތަކާއި އަޑިތައް އެހެރަދަނީ ފެންނަމުން ހާމަވަމުންނެވެ. ކުރިން ދެންނެވިފަދަ ގޮތުގައި ދެމިހުރީ ކިތައްް ކާވަނިތޯއެވެ؟ ނުވަތަ ނަތީޖާއަކަށްވީ، ކޮންކަހަލަ ފައިދާއެއްތޯއެވެ؟

ފުރަތަމަ ލިބުނު ކުޑަކުޑަ ދަރިފުޅަށް ވިސްނަވާށެވެ! ހިތަށާއި ސިކުނޑިއަށް ވެފައިހުރީ ކީއްތޯއެވެ؟ ފަހަރެއްގައި އެކުއްޖަކީ ޞިއްޙަތު ރަނގަޅު ކުއްޖަކަށް ވެދާނެއެވެ. ނަމަވެސް، ހިތަށާއި ސިކުނޑިއަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން، ނަތީޖާއެއްގެ ގޮތުން، އާޚިރުގައި ޞިއްޙަތަށްވެސް، އެގެއްލުންވެސް ނައިސް ނުދާނޭކަން ކަށަވަރެވެ. އަޅުގަނޑު ދަންނަ ގޮތުގައި، އެއްޗެއްގެ ރަނގަޅު ނުރަނގަޅުކަން ހިމެނިގެންވަނީ އަޞްލާ ގުޅިގެންނެވެ. އަނެއްކަމަކީ ތަރުބިއްޔަތެވެ. ފުރަތަމަ އިސްކޯލަކީ، މައިމީހާގެ އުނގެއް ނޫންތޯއެވެ؟ އާދެ ! މައިމީހާގެ އުނގެވެ. ކުޑަވެސް ޝައްކެއްނެތެވެ. މައިމީހާގެ އުނގޭ އެބުނާ ބަހަކީ، މާނައިން ފުރިގެންވާ ބަހެކެވެ…..އާދޭހެވެ! ފުރަތަމަ ކްލާހަކީ، ކުއްޖާ އުފެދެމުން އަންނައިރު އޮންނަ ތަނެވެ. އެއީ މައިމީހާގެ މާބަނޑެވެ. އެއުފެދެމުން އަންނައިރު، އެކުއްޖަކަށް ދެވޭ ތަރުބިއްޔަތުގެ ބިންގައު އެޅޭނީ، އެދުވަސްވަރުގައެވެ.

އިންސާނަކީ ދުނިޔޭގައިވާ ހުރިހާ ބާރުތަކެއް އެކުވެގެން ހެދިފައިވާ އެއްޗެކެވެ. އިންސާނަކަށް ވިސްނުން ލިބެނީ، އެހެންވެސް މަތިވެރި ބާރުތައް ލިބެނީ، އެކުއްޖަކު ވަކި ޢުމުރަކަށް އެޅުނީމައެކޭ ފަހަރެއްގައިވެސް އަޅުގަ ނޑުގެ ހިތަކަށް ނާރައެވެ. އެހެންކަމުން، އެއްވެސް ޖެހިލުމެއްނެތި ދަންނަވަމެވެ. އުފެ އްދެވުމުގައި ފުރާނަ އެޅުއްވުމާއެކު، ބުއްދިއާއި ވިސްނުމުގެ ބާރުތައް އުފައްދަވާފާނެއެވެ. މިދުވަސްވަރު އުފެދުމުގެ އަޞްލު ކަމުގައިވާ ދެމީހުންގެ ޙާލަތާ ނުގުޅިނުދާނޭކަން ކަށަވަރު ނޫންތޯއެވެ؟ އެދެމީހުންގެ ޙާލު ހުރިގޮތަކީ، ކޮބައިތޯއެވެ؟ އެކެއްގެ ހިތަކު އަނެކެއްގެ މައްޗަކަށް ކުޑަވެސް ހަމްދަރުދީއެއް ނެތެވެ. ލޯތްބެއް ނެތެވެ . ވަފާތެރިކަމެއް ނެތެވެ. ތެދުވެރިކަމެއް ނެތެވެ. ކުރިން ދެންނެވި ފަދައިން، އެތައްް ދުވަހަކުންސުރެ ރޭވި ރޭވުންތައް ވަނީ ވެއްޔާ މޮޑެވިފައެވެ. އެކެއްގެ މައްޗަށް އަނެކެއްގެ ހިތުގައި އަނދައަނދާ ހުންނާނީ ތަނާޛިޢުގެ އަލިފާނެވެ. މުޅި ދިރިއުޅުން ނާކާމިޔާބުވީ ނޫންތޯއެވެ؟ ހިތި ހިތާމައަކަށްވީ ނޫންތޯއެވެ؟ މިފަދަ ނުގުޅޭ ގޮތެއްގައި، އުފެދުނު ކުޑަކުޑަ ދަރިފުޅުގެ ހުރިހާ ބާރުތައް ހުންނާނީ، މަންމައާއި ބައްޕަގެ ލޭގައި ހުރި ހޫނުކަމަކާ ގުޅިފައިކަން ކަށަވަރެވެ. ބައްޕައަށްވުރެވެސް މައިމީހާގެ ޙާލަތާ ގުޅޭލެއް ބޮޑުވާނެއެވެ….ދެން ނިކަން ވިސްނަވާށެވެ! ކުއްޖާ އިންސާނެއްގެ ސޫރައިގައިވެގެން، މިދުނިޔެއަށް ފައުޅުވެދާނެއެވެ. އެއާދެވުނީ، އަޅުގަނޑުގެ ނަޒަރުގައި ދެވަނަ ކްލާހަށެވެ. ފަހެ މިގޮތުގައި، ކަންހުރި ބަޔަކަށް ދެންވެސް ދެވޭނީ ހަރުދަނާ ތަރުބިއްޔަތެއް ނޫނެވެ. ކޮންމެއަކަސް އެދުވަސްވަރަކީ، ކުއްޖާއަށް ލިބިހުރި ބާރުތަކަށް ޙަރަކާތްތެރިކަން ލިބޭން ފަށާ ދުވަސްވަރެވެ. ޔަޢުނީ، ޢަމަލުގެ ސިފަ އަންނަ ދުވަސްވަރެވެ. އަނެއްކާވެސް ކުއްޖާއަށް ހިފެމުންދާނީ ލޯބިވާ މަންމަގެ ބެލުމުގެ ދަށުގައި ދެވޭ ތަރުބިއްޔަތެވެ. މިފަހަރު ކާވަނީގެ ނަތީޖާއަކަށްވީ، ކޮން އެއްޗެއްތޯއެވެ؟

އާހް! ހިތާމަހުއްޓެވެ ! ހިތާމަހުއްޓެވެ. ކާވަނިވުމަކީ، އަޅުގަނޑުމެންތެރޭ (އަމުދުން ތަންކޮޅެއް ކުރީ ޒަމާނެއްގައި ) އަދި މާފަސޭހަކަމެކެވެ…..އާދޭހެވެ! މިކަމުގެ ހެކިތައް ސާބިތު ކުޅައުމުގައި، ވަގުތު ނަގާލުމުގެ ބޭނުމެއް އޮތެކޭ ހިއެއްނުވެއެވެ. އާދޭހެވެ! ކަންހުރިގޮތަކީ މިހިރީއެވެ. ހިތާމައިގެ ކޮޅެއް އެބައޮތްތޯއެވެ؟

ދަރިފުޅު ބޮޑުވާއިރު ކުއްޖާގެ ހިތަށާއި ސިކުނޑިއަށް ލިބިފައިވާ މިނެއްނެތް ގެއްލުންތަކުން ހިތާމަކުރާން ޖެހޭނީ، މައިންބަފައިން ނޫން ދެން ކޮންބަ އެއްތޯއެވެ؟ ފަހެ އެކުދީންގެ ފަރާތުން ފުރިހަމަ އުފަލެއް، އެމީހުންނަށް ލިބޭނޭތޯއެވެ؟ ފުރަތަމަ ލޯބިވާކަށްއެ ކުދީންނަކަށް ދަހެއްނުވެއެވެ. މަންމަ ދެކެވާންވީ ލޯތްބެއް، ބައްޕަދެކެ ވާންވީ ލޯތްބެއް، އޮޅުމެއް ނުފިލައެވެ. އޭގެ އަގު ވަޒަންކުރާކަށް ނޭނގެއެވެ. އެކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟ ކުޑަވެސް ޝައްކެއްނެތެވެ. ސިއްރަކީ، އަޞްލަކީ، އުފެދެމުން އައިއިރު، މަންމައާއި ބައްޕައާ ދެމީހުންގެ ލޯތްބަށް އައިސްފައިވާ އުނިކަމެވެ. އެދެމީހުންނަށް ނުދެތުމުން ނަމަވެސް ކުއްޖާއަށް އެދެވުނު ބޮޑު ގެއްލުން، ދުވަހަކު ފިލާނޭތޯއެވެ؟ ނޭނގި ތިބެ ޤައުމަށާއި، ވަޒަނަށް އެކުރެވުނީ ކިހާބޮޑު ޚިޔާނާތެއްތޯއެވެ؟ އެދެމީހުންގެ އުފަލަކީ ފަހެ ކޮބައިތޯއެވެ؟ އެންމެފަހުގެ ނަތީޖާއަކަށްވަނީ، އެއްކަލަ ލޯބިން ގެންގުޅުނު ދަރިފުޅާ ނުގުޅޭތަން އައުމެވެ. ދަރިފުޅުދެކެވާ ލޯބީގެ އެތައް ދަރަޖައެއް އުނިވެގެންދިއުމެވެ. ކަން މިހެން ހުރިއިރު، ”ދިރިއުޅުމުގެ އުފާވެރިކަމުގެ ތަޅުދަނޑިއަކީ ކާވަނި“ ކަމުގައި ވާނޭތޯއެވެ؟ ހަމަކަށަވަރުންވެސް އަޅުގަނޑުގެ ގާތަކު، އެއަކީ އެފަދަ ކަމެއް ނޫނެވެ. އެފަދަ އަގެއްހުރި، ހަރުދަނާ އެއްޗެއްވެސް ނޫނެވެ. ނަމަވެސް، ހަމަތަކެއްގެ މަތީން، ޤަވާޢިދެއްގެ މަތީން ކާވެންޏަކީ، ވަރަށްމާތް އަގުހުރި އެއްޗެކެވެ. އެއީ، އަޅުގަ ނޑު ކުރީން ދެންނެވި މިސާލުގައިވާ ފަދައިންނެވެ. ނަމަވެސް، އެނަޒަރުން ބަލާއިރުވެސް، ދިރިއުޅުމުގެ އުފާވެރިކަމުގެ ތަޅުދަނޑިއަކީ ކާވެނި ކަމަކަށްނުވެއެވެ.

އަޅުގަނޑަށް ވިސްނޭގޮތުގައި، ދިރިއުޅުމުގެ އުފާވެރިކަމުގެ ތަޅުދަނޑިއަކީ، ދިރިއުޅުމުގެ ކާމިޔާބުގެ ސިއްރަކީ، އަޞްލަކީ، ކުރިން ދެންނެވިފަދަ އަގުހުރި ތެދުވެރި ލޯތްބެވެ. ސިކުނޑިއާއި ހިތުގެ ވަފާތެރި ލޯތްބެވެ. އެއާނުލާ ނޫޅެވޭ ހުރިހާ ބާރުތަކެއް އެއްވެގެން އުފެދޭ ސާފު ޠާހިރު ލޯތްބެވެ. އަޅުގަ ނޑުމެންނަށް ޙަޤީޤަތުގައި ނުލިބޭ، ހުވަފެނުގެ ޢާލަމުން މިފެންނަ، ވަޒަން ނުކުރެވޭ ލޯތްބެވެ. އެއަށްވުރެ މަތިވެރި، އެއަށްވުރެ މާތް ބާރެއް މިދުނިޔޭގައިވޭބާވައެވެ؟ ކޮންމެއަކަސް އަޅުގަނޑުގެ ނަޒަރުގައި، އެއަށްވުރެ އެދެވޭ، އެއަށްވުރެ މާތް އެއްޗެއް ނުވެއެވެ. އާދޭހެވެ ! އާދޭހެވެ! ފުރިހަމަގޮތުގަ އި، އިންސާނަކަށް ތަރައްޤީވެވޭނީ، ފުރިހަމަ ގޮތުގައި އިންސާނަކަށް ތަރުބިއްޔަތު ލިބޭނީ، އިންސާނަކު އިންސާނަކަށް ވެވޭނީ، އޭގެ ބާރުންނެވެ. އޭގެ ސަބަބުންނެވެ. ހުރިހާ ގޮތަކުން ދިރިއުޅުން ބާއްޖަވެރިކުރަނިވި އަޞްލަކީ، ފުރާނައިގެ އުފަލަކީ، ހަމަ އެމަތިވެރި ލޯތްބެވެ. އެއިން ގުޅިގެން، އެއިން ތަރައްޤީވެވޭއިރު، އެމީހަކީ، ފުރިހަމަ ހަރުދަނާ އަޚްލާޤެއްގެ ފަޚްރުވެރިއެކެވެ. އާދޭހެވެ! ވަރަށް ހަނި ރޮނގަކުން މެނުވީ، އެދެމީހުންގެ ދިރިއުޅުން ފުރިހަމަވީއެވެ. އެރޮނގުން މެނުވީ، އުފާތަކާއި އަރާމުތައް ފުރިހަމަވީއެވެ. އާދޭހެވެ ! އެލޯތްބަށް ދެވޭ އެންމެބޮޑު ޝަރަފް ދެވޭނީ، އެރޮނގުން ފުރިހަމަވީމައެވެ. ދުނިޔެއާއި އާޚިރަތަށް ފައިދާހުރި، އެންމެ އެދެވޭ، އެންމެ މަތިވެރި ނަތީޖާއެއްގެ ގޮތުންނޫނީ، ނުނެރެވޭނެކަން ކަށަވަރެވެ. އެއީ ކާވަނީގެ އަގު މާތް ގޮށުން ގުޅުމެވެ. ކުޑަވެސް ޝައްކެއްނެތެވެ. ކާވަންޏާނުލަ އެދިރިއުޅުން އެންމެ ފުރިހަމައެއްނުވެވޭނެއެވެ. ހިތާމަހުރިކަމަކީ، އަޅުގަނޑުމެންނަށް އެލޯބި ދަސްނުވާކަމެވެ. އެލޯބީގެ ނަން ނޭނގޭކަމެވެ. އެލޯތްބަށް އިޙްތިރާމް ނުކުރެވޭކަމެވެ. ނޫންނަމަ، އަޅުގަ ނޑުމެންގެ ކާވަނިތައްވީހީ،އުފާވެރިކަމުގެ އެންމެ ވަރުގަދަ، އެއް [ތަނބު]ކަމުގައެވެ. ހިތި އަސަރުތަކެއް ކުރާކަށް ނުޖެހުނީހެވެ. ދުއްތުރާލެއް، ވޭނެއް، ކެކުޅުމެއް ނުލިބުނީހެވެ. އާދޭހެވެ! ކާވަންޏަކީ، ބޮޑުބަލާއަކަށް ނުވީހެވެ.

 

Comments

One response to “ދިރިއުޅުމުގެ އުފާވެރިކަމުގެ ތަޅުދަނޑިއަކީ ކާވަނިހެއްޔެވެ؟”

  1. web page Avatar

    Stripper honey dewFree online hawaii pornFree
    sex photo assBritish comedian fuck youFuck a post-op m2f trans womenCnn nude reporterDescribe vaginal fluid tasteFree teen porn girlBoy hairy leg xnxx Sexy latina sportscasters for
    soccerBreast cancer don’t want to fightMax hardcore felicityHave
    like nude pose sex stranger who womanVintage radio conversionsHaving sex too early
    in a relationshipFwhite boy rapp wet dreamComix erosXxx her first anielSoul calibur ii porn
    blog.jumpandread.com Sexy pictures packBlack bull fucks cuckNina estes
    cordova pornFree nude large breasted moviesAndy dick ivanka trump jimmy kimmelCum
    filled forced trannyDick brower udt navyFemdom sister imagefap xnxx Lyndsay lohan marilyn monroe
    nude picsButt slut hardcoreCheerleaders porno tubeWhy women want to have sexCourtney thorne-smith showing her breastsAddress
    email free no pornPic sex streetUlcerative colitis lick my anusPenises
    cut in halfCassie fake nudeStatistics teens sexualitySexual violence powered by phpbbFree
    homemade user uploaded porn communityBig cock brewingJustin myspace gay charlotteTwins
    penisSexy erika othenSmall teen fuck girlsOld senior fucking young
    women photosTeens with disabilities

Leave a Reply

Your email address will not be published. Required fields are marked *